ނެއްލައިދޫ ފާތިމަތު މޫސާ (އަސަރީމާގެ ހދ.ނެއްލައިދޫ) އަކީ ދެ ކިޑްނީ ފެއިލްވެ ރާއްޖެއިން ބޭރުން ފަރުވާ ހޯދަން ޖެހިފައިވާ ފަރާތެކެވެ.
އިތުރު ފަރުވާ ހޯދަން ރާއްޖެއިން ބޭރަށް ދާން ޖެހިފައިވި ނަމަވެސް، މިކަމަކީ ބޮޑު ޚަރަދެއް ހިނގާނެ ކަމަކަށްވާތީ ފާތިމަތު މޫސާއަށް ތިޔަ ލޮބުވެތި އެންމެހާ އަޚުންނާއި އުޚުތުންގެ އެހީތެރިކަން އާއިލާއިން ވަނީ ބޭނުން ވެފައެވެ.
ފާތިމަތު މޫސާއަށް އެހީ ހޯދުމަށް ނެއްލައިދޫ ކަނބަލުން އިސްނަގައިގެން ބާއްވާ ޙަރަކާތެއް ބުރާސްފަތި ދުވަހު (5 މާރިޗް 2020) ގައި ނެއްލައިދޫ ބަނދަރު ސަރަހައްދުގައި އޮންނާނެކަމަށް އެކަން އިންތިޒާމް ކުރާ ފަރާތްތަކުން މަޢުލޫމާތުދީފައި ވެއެވެ. މިޙަރަކާތް ކުރިއަށްދާނީ ހަވީރު 16:00 އިން ފެށިގެން ނެވެ. މިޙަރަކާތުގައި ތަފާތު ވައްތަރުގެ ހެދިކާ ކަޕް ކޭކް މިނީ ޕިއްޒާ ޕޮޕް ކޯން ލިބެން ހުންނާނެ ކަމަށް އެފަރާތުނަ ބުނެފައިވެއެވެ.
އުމުރުން 76 އަހަރުގެ ފާތިމަތު މޫސާ އަކީ ހދ. ނެއްލައިދޫ އަސަރީމާގެ އަލްމަރްޙޫމް ޢަބްދުއް ޞަމަދު ޢަލީ (ޞަމަދުބެ) އަންހެނުންނެވެ.

އެހީތެރިކަމެއް ދޭން ބޭނުންވާ ފަރާތްތަކަށް އޮންލައިންކޮށް
ފައިސާ ފޮނުވުމުގެ އިންތިޒާމްވަނީ ހަމަޖެހިފައެވެ.
ފައިސާ ފޮނުވުމުގެ އިންތިޒާމްވަނީ ހަމަޖެހިފައެވެ.
އިތުރު މަޢުލޫމާތު:
ޒާހިދާ އަބްދުލް ސަމަދު 9886211 (ދަރި)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!