ސަބާ މޯލްޑިވްސް ކޯޕަރޭޓިވް ސޮސައިޓީއަށް ދިވެހި ކާބޯތަކެތީގެ އުފެއްދުންތައް ފޯރުކޮށްދޭނެ މެމްބަރުން ހޯދަން އެސޮސައިޓީއިން އިޢުލާންކޮށްފިއެވެ.
ދިގުމުއްދަތަށް ބެހެއްޓޭ ދިވެހި ކާބޯތަކެތީގެ އުފެއްދުންތައް ފޯރުކޮށްދިނުމަށް ޝަޢުޤުވެރިވެލައްވާ ސަބާ މޯލްޑިވްސްގެ މެންބަރުން، 05 މާރިޗު 2020ވާ ބުރާސްފަތިދުވަހުގެ 14:00 ގެ ކުރިން އެސޮސައިޓީއިން ކުރި އިޢުލާނާއި އެކުގައިވާ އެޕްލިކޭޝަން ފޯމް ފުރުއްވުމަށްފަހު، އެ ސޮސައިޓީގެ އޮފީހަށް (03 ވަނަ ފަންގިފިލާ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑެވެލޮޕްމެންޓް، ބޮޑުތަކުރުފާނުމަގު) ނުވަތަ އަތޮޅުތެރެއިން ނަމަ އެރަށެއްގެ ކައުންސިލް މެދުވެރިކޮށް ނުވަތަ އެ ސޮސައިޓީގެ އީމެއިލް (info@sabah.mv) މެދުވެރިކޮށް ފޯމް ހުށަހެޅުއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް 7220077، 3003018 ނަންބަރަށް ގުޅުއްވުން އެ ސޮސައިޓީއިން އެދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!