ސެމްސަންގްގެ އެންމެ ފަހުގެ ގެލެކްސީ އެސް 20 އަދި ގެލެކްސީ އެސް 20 ޕްލަސް ޕްރީއޯޑާކުރުމަށް އުރީދޫ އިން ރާއްޖޭގައި ހުޅުވާލައިފިއެވެ.
ދިވެހިންނާއި ހަމައަށް އުރީދޫއިން މިފޯނުތައް ގެނެސްދޭއިރު، ކަސްޓަމަރުންނަށް ފޯނު ގަނެވޭނެ ޚާއްސަ ޕެކޭޖްތަކެއްވެސް އުރީދޫވަނީ އިން ތަޢާރުފުކޮށްފި އެވެ.
އެގޮތުން ތަޢާރުފު ކުރި ޕްލޭންތަކުގެ ތެރޭގައި އެންމެ ކުޑަ އަގެއްގެ ގޮތުގައި، މަހަކު 1،058.33ރ. ދެއްކެވުމަށްފަހު، އެންމެފަހުގެ ސެމްސަންގް ގެލެކްސީ އެސް 20 ގަނެވޭނެ އެއް އަހަރުގެ އިންސްޓޯލްމަންޓް ޕްލޭން ހިމެނެ އެވެ.
އުރީދޫން ބުނީ އެ އޮފާގެ ތެރެއިން ގަންނަ ކޮންމެ ސެމްސަންގް ގެލެކްސީ އެސް 20 ސީރީޒް ގެ ފޯނަކާއެކު، ކޮންމެ މަހަކު 2020 އެމްބީ ހިލޭ ޑޭޓާ މި އަހަރުގެ ނިޔަލަށް ލިބޭނެ ކަމަށެވެ. މީގެ އިތުރުން ޕްރީ އޯޑާކޮށްގެން ކޮންމެ ސެމްސަންގް ގެލެކްސީ އެސް 20 ޕްލަސްއަކާ އެކު ގެލެކްސީ ބަޑްސް ހިލޭ ދޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އުރީދޫ މޯލްޑިވްސް މެދުވެރިކޮށް ސެމްސަންގް ގެލެކްސީ އެސް 20 އަދި ގެލެކްސީ އެސް 20 ޕްލަސް ގަތުން ފަސޭހަކޮށްދިނުމުގެ ގޮތުން ހާއްސަ ޕޭމަންޓް ޕްލޭންތަކެއް ވެސް ވަނީ ތައާރަފްކޮށްފަ އެވެ.
އެގޮތުން ތަޢާރުފުކުރި ފުލް ޕޭމަންޓް ޕްލޭން މެދުވެރިކޮށް އުރީދޫގެ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ވެސް އެންމެ ރަނގަޅު އަގުގައި ފޯނުތައް ގަނެވޭއިރު، މި ޕެކޭޖްގެ ދަށުން، މަހަކު 2020 އެމް.ބީ ޑޭޓާ މިއަހަރުގެ ނިޔަލަށް ހިލޭ ލިބެ އެވެ. އެގޮތުން އެސް 20ގެ 128 ޖީބީގެ ފޯނެއް 15،499ރ. އަށް ވިއްކާއިރު އެސް 20 ޕްލަސް އެއް ވިއްކަނީ 17،199ރ. އަށެވެ.
ދެވަނަ ޕްލޭން މަންތްލީ އިންސްޓޯލްމަންޓް ޕްލޭންގައި ކޮންމެ މަހަކު އެންމެ 1،058.33 ރުފިޔާ، އެއް އަހަރު ދުވަހުގެ ތެރޭގައި ދައްކައިގެން ސެމްސަންގް ގެލެކްސީ އެސް 20 ގަތުމުގެ ފުރުސަތު މި ޕްލޭންގެ ދަށުން ކަސްޓަމަރުންނަށް ލިބެ އެވެ. މި ޕްލޭންގެ ދަށުން ވެސް ކޮންމެ މަހަކު 2020 އެމްބީ ހިލޭ ޑޭޓާގެ އިތުރުން އީސިމް އަށް ހިލޭ އަޕްގްރޭޑްކުރުމުގެ ފުރުސަތު ލިބެ އެވެ.
އުރީދޫ އެޕްގައި ހިމެނޭ އުރީދޫގެ އީކޮމާސް ޕްލެޓްފޯމް، މޫލީ މެދުވެރިކޮށް، ރާއްޖޭގެ ކޮންމެ ހިސާބަކަށް ވެސް ހިލޭ ޑެލިވަރީއާއި އެކު ސެމްސަންގް ގެލެކްސީ ގެ މި އާ ޑިވައިސްތަކަށް ޕްރީ އޯޑަރ ކުރެއްވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އުރީދޫއިން އިއްޔެވަނީ އުރީދޫގެ ޚިދުމަތްތައް 24 ގަޑިއިރު ލިބޭ ޑިޖިޓަލް ސެންޓަރެއް ރާއްޖޭގައި ޤާއިމުކޮށްފައިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!