މިހާރު ސޯޝަލް މީޑިއާގައި ގިނަ ކުންފުނިތަކަކުން މައާފަށް އެދުމުގެ ސްޓައިލް 'އޮފިޝަލް އެޕޮލޮޖީ ސްޓޭޓްމަންޓް' ޓްރެންޑަކީ ކަސްޓަމަރުންނާއި އެންގޭޖް ކުރުމަށް ބޭނުންކުރާ މަޤުބޫލު ޓްރެންޑެކެވެ. މި ޓްރެންޑުގައި އުރީދޫ މޯލްޑިވްސް އިން ވަނީ ބައިވެރިވެފައެވެ. އެއީ މި އަހަރުގެ ފަން ރަން ކިޓްތައް އުންމީދު ކުރި ވަރަށް ވުރެ ހަލުވި ސްޕީޑެއްގައި ވިކި ހުސްވުމާ ގުޅިގެން ކަސްޓަމަރުންގެ ކިބައިން މައާފަށް އެދުމުގެ ގޮތުގައެވެ.
އުރީދޫން މީސްމިޑިއާގައި ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރަޖިސްޓްރޭޝަން ނިމުމުގެ ކުރިން ކިޓް ނުލިބުމުގެ ސަބަބުން ކަސްޓަމަރުންގެ ކިބައިން މައާފަށް އެދޭ ކަމަށެވެ. މި ޕޯސްޓަށް ގިނަ ބައެއްގެ ސަމާލުކަން ލިބި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަން ރަން އަށް ލޯބިކުރާ މީހުންގެ މެދުގައި ވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިފަ އެވެ. މި ޓްރެންޑުގައި ބައިވެރިވުމަކީ ކްރިއޭޓިވް ޑިޖިޓަލް އެންގޭޖްމަންޓާއި މުޖުތަމައާ ގުޅުވާލައި، މަޖާކޮށް ކަސްޓަމަރުންނާއި މުއާމަލާތް ކުރުމަށް އެ ކުންފުނިން ދޭ އަހައްމިއްޔަތުކަން ދައްކުވައިދޭ ކަމެކެވެ.
އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވީ، "މި އަހަރުވެސް އުރީދޫ ފަން ރަން އަށް އޮތް ލޯބި ވަރަށް ބޮޑު. މައާފަށް އެދުމުގެ ޓްރެންޑާއެކު ކަސްޓަމަރުންނާއި އެކު މަޖާ ކޮށް އެންގޭޖް ވެލާނެ މަގެއް ލިބިގެން ދިޔައެވެ. އަދި މިއަދު 2 ޖަހާއިރު އޮންލައިންކޮށް ކުރިއަށޤގެންދާ ފްލޭޝް ސޭލްގެ ސަބަބުން ކަސްޓަމަރުންނަށް އިތުރު ފުރުސަތެއް ލިބުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް،" އެވެ.
އެ ބްރޭންޑުން ބުނީ އާންމުންގެ ޑިމާންޑަށް ބަލައި ފަން ރަން ކިޓްގެ ފްލޭޝް ސޭލް ނޮވެމްބަރު 25 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގައި ފަށާނެ ކަމަށެވެ. މިއީ ރާއްޖޭގައި ބާއްވާ އެންމެ އުފާވެރި 5ކޭ އަށް އާއިލާ އާއި ރަހުމަތްތެރިން އެއްތަނަކަށް އެއްތަނަކަށް އެއްކޮށްލައިގެން ބާއްވާ ފޯމް ޕާޓީތަކާއި، ކަލަރ ތްރޯތަކާއި، އިންފްލޭޓަބަލްސް އަދި ފެސްޓިވަލް ހަރަކާތްތައް ހިމެނޭ ހަރަކާތެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!