ދިވެހި ފޯކްލޯރގެ ޝަހްސިއްޔަތުތަކާ އޭ.އައި ޗެޓްބޮޓު މެދުވެރިކޮށް ވާހަކަ ދައްކާލެވޭނެ އިންޓަރެކްޓިވް ތަޖުރިބާއެއް ތައާރަފުކޮށްފައިވާއިރު މި ނޮވެމްބަރ މަހު އުރީދޫގެ 2025 ވަނަ އަހަރުގެ ކަލަންޑަރުގެ މައިގަނޑު ޝަހްސިއްޔަތަކީ ދޮން ހިޔަލައެވެ.
މި އަހަރުގެ ކަލަންޑަރުގެ ބިނާކުރެވިފައިވަނީ ދިވެހި ފޯކްލޯރ ވާހަކަތަކުގެ އެކި ޝަހްސިއްޔަތުތަކަށެވެ. އަދި އޭ.އައި ޓެކްނޮލޮޖީ ބޭނުންކޮށްގެން މި ޝަހްސިއްޔަތުތަކާ ސީދާ ވާހަކަ ދައްކާލުމުގެ ފުރުސަތު ކަސްޓަމަރުންނަށް ވަނީ ފަހިކޮށްދީފައެވެ.
ދޮން ހިޔަލައަކީ އާދަޔާ ޚިލާފު ރީތިކަމެއް ލިބިފައިވާ ފަތްމިންޏެކެވެ. އޭނާގެ މައިންބަފައިން އޭނާ ގެންގުޅުނީ އެމީހުންގެ ރަށް ބުރުނީގައި ފޮރުވައިގެންނެވެ. ނަމަވެސް ހުޅުދެލީގެ ހިތްވަރުގަދަ ޒުވާނެއް ކަމަށްވާ އަލީ ފުޅު އޭނާ ދެކެ ވަރަށް ލޯބިވެއެވެ. އެ ދެމީހުން ކައިވެނި ކުރި ނަމަވެސް، އެމީހުންގެ އުފާވެރިކަމަށް ރަސްގެފާނު ޙަސަދަވެރިވެ، ދޮން ހިޔަލައާއި އަލިފުޅުގެ ލޯތްބާއި މިނިވަންކަމަށް ބޮޑު އިމްތިހާނެއް ކުރިމަތިވިއެވެ. އުރީދޫގެ އޭ.އައި ޗެޓްބޮޓު މެދުވެރިކޮށް މިފަދަ ޝަހްސިއްޔަތުތަކުގެ ވާހަކަތައް އިތުރަށް ދެނެގަތުމުގެ ފުރުސަތު މިވަނީ ލިބިފައެވެ.
މި ކަލަންޑަރުގައި ޒަމާނުއްސުރެ އަޑުއަހަމުން އައި ފުލޯކު ވާހަކަތަކުގެ 12 ކެރެކްޓަރ ހިމެނެއެވެ. އޭގެ ތެރޭގައި "ފޫޅުދިގު ހަންޑި" އާއި "ސަފަރު ކަތްދަ" ފަދަ ޝަހްސިއްޔަތުތައް ހިމެނެއެވެ. މި ވާހަކަތަކަކީ ދިވެހިންގެ ސަގާފަތާއި ތަރިކައިގެ މުހިންމު ބައެކެވެ. އުރީދޫއިން ތައާރަފުކުރި މި އިންޓަރެކްޓިވް އެކްސްޕީރިއަންސްގެ ސަބަބުން، އެޑްވާންސް އޭއައި ޗެޓްބޮޓް ޓެކްނޮލޮޖީ މެދުވެރިކޮށް ކަސްޓަމަރުންނަށް މި އައިކޮނިކް ކެރެކްޓާތަކާ ސީދާ ވާހަކަދައްކާލެވޭނެއެވެ. ކޮންމެ ކެރެކްޓާއަކުން ވެސް ވާހަކަތައް ހިއްސާކޮށް، ސުވާލުތަކަށް ޖަވާބު ދީ، އެ މީހުންގެ ދުނިޔެއާ ބެހޭ ގޮތުން މައުލޫމާތު ފޯރުކޮށްދޭނެއެވެ. ކޮންމެ މަހަކު ވެސް ކަސްޓަމަރުން ޗެޓް ކުރުމަށް އާ ކެރެކްޓާއެއް އަންލޮކް ވެގެންދާނެއެވެ.
އުރީދޫއިން މި މަސައްކަތް ކުރަނީ ދިވެހި ތަރިކަ ހިމާޔަތްކޮށް، ޓެކްނޮލޮޖީ ބޭނުންކޮށްގެން ޖީލުތަކުގެ މެދުގައި ގުޅުން ދަމަހައްޓާ ޑިޖިޓަލް މޯލްޑިވްސްއެއް ބިނާކުރުމަށެވެ. މިއީ އިހުގެ ވާހަކަތަކާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ބައްދަލުވާ މުހިންމު ދަތުރެކެވެ.
އުރީދޫގެ އޭ.އައި ޗެޓްބޮޓް މެދުވެރިކޮށް މި ޝަހްސިއްޔަތުތަކާ ވާހަކަ ދައްކާލުމަށް ބޭނުންވާ ފަރާތްތަކަށް https://ore.do/aifolktales މި ލިންކް މެދުވެރިކޮށް ދޮން ހިޔަލައާ ވާހަކަ ދައްކާލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!