އުރީދޫ ފަން ރަން 2025 ގައި ބައިވެރިވާ ފަރާތްތަކަށް ހާއްސަ އިނާމުތަކެއް ހޯދުމުގެ ފުރުސަތު "ދަ ކޮފީ ބީން އެންޑް ޓީ ލީފް" މޯލްޑިވްސްގެ ފަރާތުން ހުޅުވާލައިފިއެވެ.

މި އިނާމުތައް ހިމެނޭ 250 ޓިކެޓު ވަނީ ފަން ރަންގެ ފަން ކިޓުތަކުގެ ތެރޭގައި ފޮރުވާފައެވެ. މި ހާއްސަ ޓިކެޓުތައް ހޯދައިގެން ގޯލްޑް، ޕާޕަލް ނުވަތަ ސިލްވަރ ޓިކެޓުގެ ވެރިވެ، އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ބައިވެރިންނަށް ލިބިގެންދާނެއެވެ.

Ad
rt

މި ޕްރޮމޯޝަންގެ ދަށުން އެންމެ ޚާއްސަ އިނާމަކީ އެއް ގޯލްޑެން ސްވިރލް ޓިކެޓްއެވެ. މި ޓިކެޓް ހޯދާ ފަރާތަކަށް ދަ ކޮފީ ބީން އެންޑް ޓީ ލީފްއިން އައިސް ބްލެންޑެޑް® ބުއިންތައް އެއް އަހަރު ދުވަހުގެ ސަޕްލައިއެއް ލިބިގެންދާނެއެވެ. މި އެވޯޑު ލިބޭ ފަރާތަކަށް 19 ޑިސެމްބަރު 2025 އިން 30 ނޮވެމްބަރ 2026 ގެ ނިޔަލަށް ކޮންމެ މަހަކު ދެ އައިސް ބްލެންޑެޑް® ބުއިން ހިލޭ ލިބޭނެއެވެ. މީގެ އިތުރުން ފަސް ޕާޕަލް ޓިކެޓް ހޯދާ ފަރާތްތަކަށް މެނޫގައި ހިމެނޭ ފަސް ހޭންޑްކްރާފްޓެޑް ބުއިން ހިލޭ ލިބޭނެއިރު، 244 ސިލްވަރ ޓިކެޓް ހޯދާ ފަރާތްތަކަށް ކޮންމެ ބެވަރޭޖްއަކަށް 5 ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭނެއެވެ.

މި ހާއްސަ އިނާމުތައް ހިމެނޭ ޓިކެޓްތައް ލިބޭނީ އުރީދޫ ފަން ރަންގެ ފަން ކިޓް ގަންނަ ފަރާތްތަކަށެވެ. ފަން ކިޓްގެ އަގަކީ 210 ރުފިޔާއެވެ. މި ކިޓުގައި ފަން ރަން ޓީޝާޓް، ރިސްޓްބޭންޑް، ކްލޯތު ބޭގް، އައިނު، މަލްޓި ޕާޕަސް ބަންޑަނާ އަދި ރީޔޫސަބަލް ފެންފުޅި ހިމެނެއެވެ. ސްޓޭންޑާޑް ކިޓް (110 ރުފިޔާ) ގައި ޓީޝާޓާއި ރިސްޓްބޭންޑް އަދި ރީޔޫސަބަލް ފެންފުޅި ހިމެނެއެވެ.

އުރީދޫ ފަން ރަން 2025 ގައި ރަޖިސްޓްރޭޝަން ކުރުމުގެ ފުރުސަތު 14 ނޮވެމްބަރ 2025 ވާ ބުދަ ދުވަހުގެ 23:59 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި މަޖާ ދުވުމުގައި ބައިވެރިވެ، ދަ ކޮފީ ބީން އެންޑް ޓީ ލީފްގެ ހާއްސަ އިނާމުތަކުގެ ވެރިވުމަށްޓަކައި، ބައިވެރިންނަށް މިހާރުން މިހާރަށް ރަޖިސްޓްރީވުމަށް އުރީދޫއިން ވަނީ އެދިފައެވެ. ރަޖިސްޓްރޭޝަނާއި އިތުރު މައުލޫމާތު https://ore.do/funrun-2025 މި ލިންކުން ލިބިވަޑައިގަންނަވާނެއެވެ.