އެމްޓީސީސީއަށް ހަވާލުކޮށްފައިވާ ޕީ.އައި.އެސް.ޕީ މަޝްރޫޢުތަކަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ބަލްކު ޝިޕްމަންޓް ރާއްޖެ ގެނެސްފި އެވެ.

Ad
rt

އެމްޓީސީސީ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މިއީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، 2025 ވަނަ އަހަރު ނިމުމުގެ ކުރިން 2.5 މިލިއަން ޓަނުގެ ބޮޑުހިލަ ރާއްޖެއަށް ގެނައުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ދާކަމަށެވެ. މިއީ އެމްޓީސީސީއަށް ހަވާލުކޮށްފައިވާ ޕީ.އައި.އެސް.ޕީ މަޝްރޫޢުތައް އަވަހަށް ނިންމުމަށް ބޭނުންވާ ޖުމުލަ އަދަދެވެ.

އިއްޔެ ގެނައި މި ޝިޕްމަންޓްގައި 56,450 ޓަނުގެ ބޮޑުހިލަ ރާއްޖެއަށް އެތެރެކުރެވިފައިވާކަމަށްވެސް އެމްޓީސީސީ އިން ބުނެއެވެ.

މި ޝިޕްމަންޓުން ގެނެވިފައިވާ ބޮޑުހިލަ އެންމެ ފުރަތަމަ ފޯރުކޮށްދެވިފައި ވަނީ ބ. މާޅޮހު ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުއަށެވެ. މީގެ އިތުރުން، ބ. ރ. އަދި ޅ. އަތޮޅުގެ އެހެނިހެން މަޝްރޫޢުތަކުގެ މަސައްކަތްތަކަށް ވެސް މި ބޮޑުހިލައިގެ ޝިޕްމަންޓުން ހިލަ ފޯރުކޮށްދެވޭނެއެވެ.

ފާހަގަކޮށްލެވޭ ކަމެއްގެ ގޮތުގައި، ވޭތުވެދިޔަ 44 އަހަރުތެރޭ އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގައި ކާމިޔާބުކަމާއެކު ނިންމައިފައެވެ. 1980 ވަނަ އަހަރު އުފެދުނު މި ކުންފުނިން، ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.

މި މަޝްރޫޢުތައް ނިމިގެންދިޔުމާއެކު، ރައްޔިތުންނަށް އެތައް ލުއިފަސޭހަތަކަކާއެކު ޢާންމު ދިރިއުޅުމަށް އެކަށީގެންވާ ހެޔޮ ބަދަލުތަކެއް ލިބިގެންދާނެކަމަށް ބެލެވެއެވެ.