ސިވިލް ސަރވިސް ކޮމިޝަނުގެ 3 މެންބަރެއްގެ މުއްދަތު ހަމަވުމާ ގުޅިގެން، އެ މަޤާމުތަކަށް މެންބަރުން އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ފުރުޞަތު ހުޅުވާލައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުނު އިޢުލާނުގައިވާ ގޮތުން، މި މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މިއަދުން ފެށިގެން 2025 ވަނަ އަހަރުގެ ޖުލައި މަހުގެ 20 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށެވެ.

Ad
rt

މި މަޤާމުތަކަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ފޯމު ބަލައިގަންނާނީ ރަސްމީ ބަންދު ދުވަސްތައް ފިޔަވައި އެހެން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރު 12:00 އާ ހަމައަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.

އަދި މި މަޤާމުތަކަށް ކުރިމަތިލުމަށް ބޭނުންވާ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށް އެ އޮފީހުން މަޢުލޫމާތު ދީފައިވެއެވެ.

ސިވިލް ސަރވިސް ކޮމިޝަނަކީ ދިވެހި ސިވިލް ސަރވިސްގެ އެންމެހައި ކަންތައްތައް ބެލެހެއްޓުމަށް ޤާނޫނުއަސާސީގެ ދަށުން އުފައްދާފައިވާ މިނިވަން މުއައްސަސާއެކެވެ. މި ކޮމިޝަނުގެ މެންބަރުން އައްޔަންކުރަނީ ރައީސުލްޖުމްހޫރިއްޔާގެ ނަންފުޅުތަކެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން، މަޖިލީހުގެ ރުހުން ލިބޭ ބޭފުޅުންނެވެ.