ށ. ނޫމަރާ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ތެރެއިން %86 މަސައްކަތް ނިމިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެގޮތުން ނޫމަރާ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ 2023 ވަނަ އަހަރު ޖޫން މަހުގެ 22 ވަނަ ދުވަހު އެވެ. އަދި އެ ކުންފުނިން ބުނެފައިވަނީ މިހާރު މި މަޝްރޫޢުގެ %86 މަސައްކަތް ނިމިފައިވާއިރު މި މަސައްކަތުގެ ދަށުން މިވަގުތު ކުރިއަށް ދަނީ ހާބަރު ޕޭވްމަންޓް ހަރުކުރުމުގެ މަސައްކަތްކަމަށެވެ.
މި މަޝްރޫޢުގެ ދަށުން ބަނދަރު ތަރައްޤީކޮށް ނިންމާއިރު ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި 34،386 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި އާ ހާބަރ ބޭސިން ފުންކޮށް، 5،076 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި، 2920 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ނެރު ފުންކުރުން ހިމެނެއެވެ.
މީގެ އިތުރުން މިހާރު އޮތް އެއްގަމު ތޮށި މަރާމާތުކޮށް، 177 މީޓަރު ސަރަހައްދެއްގައި އެއްގަމު ތޮށިލައި، 303 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 64 މީޓަރުގެ ސަރަހައްދެއްގައި ރިވެންޓްމެންޓަ ޖަހައި، 120 މީޓަރު ދިގު ދެ މީޓަރު ފުޅާ ޖެޓީއެއް އެޅުމުގެ އިތުރުން، 11 މީޓަރު ދިހު 11 މީޓަރު ފުޅާ ރޭމްޕެއް ޤާއިމްކޮށް 1652 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް އެޅުމާއި އަދި ބަނދަރު ބައްތި ހަރުކޮށް މޫރިން ބޮއި ހަރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ.
އެމްޓީސީސީއާއި ހަވާލުކުރެވުނު މި މަޝްރޫޢުގެ މަސައްކަތުގެ ޖުމްލަ އަގަކީ 53.3 މިލިއަން ރުފިޔާ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!