މިއީ ދާދިފަހުން، ސްރީލަންކާ އާއި ބަންގްލަދޭޝްގެ އޮތޯރިޓީތަކުން ބުނާގޮތުން، އެ ޤައުމުތަކުގެ ފަސް ލައްކައެއްހާ މީހުންގެ އަތުން 2 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ ގިނަ ފައިސާ ވަގަށް ނެގި ޕިރަމިޑް ސްކީމެއްގެ ވާހަކަ އެވެ.

މެޓާވާރސް ފޮރިން އެކްސްޗޭންޖް ގްރޫޕް އިންކް (އެމްޓީއެފްއީ) ތަޢާރަފުކޮށްފައިވަނީ އިތުބާރުހުރި އޮންލައިން ޓްރޭޑިންގ ޕްލެޓްފޯމެއްގެ ގޮތުގައެވެ. މި ކުންފުނި ރަޖިސްޓްރީކޮށްފައިވަނީ މައި މަރުކަޒަކީ ކެނެޑާގެ އޮންޓޭރިއޯގެ މާކަމްގެ އެޑްރެހެއްގަ އެވެ. އައި އެއީ ދުބާއީ ބޭސް އެޕް އެއްކަމަށްވެސް ބައެއް ފަރާތްތަކުން ޕްރޮމޯޓް ކޮށްފައިވެއެވެ. އަދި ކެނެޑާގެ ޑިރެކްޓަރަކާއި ކެނެޑާގެ މަނީ ލޯންޑަރިންގ ވޮޗްޑޮގްގައި ރަޖިސްޓްރީވެފައިވެއެވެ.

Ad
rt

އިންވެސްޓަރުންނަށް ބަރާބަރަށް ފައިސާ ދެމުން އާންމުންގެ އިތުބާރު ހޯދަމުން އައީ ފާޅުގައި ސްޕޮންސަރކޮށް ބޮޑެތި އިވެންޓްތައް ބާއްވަމުންނެވެ. ލަންކާ އާއި ބަންގުލަދޭސް އަސްފަހު ނައިޖީރިއާއަށް ވެސް މި އެޕް ފޯރި އެވެ. ބައެއް ފަރާތްތަކަށް ޕްރޮމޯޓްކޮށްފައިވަނީ ޝަރީޢާއާ އެއްގޮތް ކްރިޕްޓޯކަރަންސީ، ފޮރެކްސް، މުދާ އަދި ހިއްސާގެ ޕްލެޓްފޯމެއްގެ ގޮތުގައި އާދަޔާ ޚިލާފު ފައިދާއެއް ލިބޭނެކަމުގެ ވަޢުދުތަކާއެކު އެވެ. އެއްވެސް ކަމެއް ކުރަން ނުޖެހި ދުވާލަކު އެއްފަހަރު ބަޓަނަކަށް ފިތާލުމުން އޭއައި މެދުވެރިކޮށް ޓްރޭޑްކޮށް އެއްވެސް ރިސްކެއް ނެތި ފައިދާ ލިބެމުން ގިނަބަޔަކަށް ފައިދާވަމުން ދިއައެވެ. ބައެއް ފަރާތްތަކުން މިކަމުން ލިބުނު މަންފާއިން އުމްރާއަށް ގޮސް ހަރަމް ފުޅު ކައިރީގައި ތިބެގެންވެސް މި އެޕް އަޅައި ފައިސާ ހޯދުމަށް އިސްތިހާރު ކުރަމުން ދިޔަ ވީޑިއޯތައްވެސް މީސްމީޑީއާގައި ދައުރުވެފައިއެވެ. ތެދެކެވެ. ހަމަ ފައިސާ ލިބެއެވެ. ޖަމާވެސް ވެއެވެ. ބައިނޭންސް އަށެވެ. ނެގެންވެސް ނެގެއެވެ.

MTFE Trading: Real Or Fake? : r/Forex

މިއީ ޕޮންޒީ ސްކީމެއްގެ ގޮތުގައި މަސައްކަތްކުރި، އައު މެމްބަރުން ގެނައުމުން ކުރީގެ މެމްބަރުންނަށް ބޯނަސް ދޭ ރެފަރަލް ޕްރޮގްރާމެއްގެ ސަބަބުން މަޤްބޫލުކަން ބޮޑުވިއެވެ. އޯގަސްޓް 17 ގައި އެންޑްރޮއިޑް އެޕް ހުއްޓުމަކަށް އައިސް، އެތައް ސަތޭކަ ހާސް މީހުންގެ ބެލެންސްތައް ވަނީ ފްރީޒްވެފައެވެ.

ގިނަބަޔަކަށް ލަނޑު ލިބުމާއި އެކު ތަހުޤީގު ފެށުން

އެއީ، 2023 ގެ އޯގަސްޓް މަހު މި ޕްލެޓްފޯމް ހުއްޓާލައި އިންވެސްޓަރުންގެ ފައިސާ ގެއްލިފައިވާކަމަށް ސްރީލަންކާގެ ކޯޓު ލިޔެކިޔުންތަކުން ދައްކައެވެ. ސްރީލަންކާގެ ސެންޓްރަލް ބޭންކުން މިހާރު އެމްޓީއެފްއީ ސިފަކޮށްފައިވަނީ ޕިރަމިޑް ސްކީމެއް ނުވަތަ ޕޮންޒީ ސްކީމެއްގެ ގޮތުގައެވެ.

ލޯކަލް މީޑިއާ ރިޕޯޓުތަކުން ދައްކާގޮތުން، ބަންގްލަދޭޝްގެ ފުލުހުން ބުނެފައިވަނީ އެމްޓީއެފްއީގައި ފަސް ލައްކައަށްވުރެ ގިނަ ރައްޔިތުންގެ ފައިސާ ގެއްލިފައިވާ ކަމަށެވެ.

އިންވެސްޓިގޭޓިވް ޖާނަލިޒަމް ފައުންޑޭޝަން އަދި ސީޓީވީ ނިއުސްގެ ތަޙުޤީޤުން ނެރުނު ރިޕޯޓުން ހާމަވެގެންދަނީ، މި ސްކީމް ހިންގުމަށް ކެނެޑާގެ ޝެލް ކުންފުނިތަކާއި ރަޖިސްޓްރީތައް ބޭނުންކޮށްފައިވާކަމަށެވެ. ގިނައަދަދެއްގެ ކޯޕަރޭޓް ފައިލިންގތަކާއި، މާހިރުންނާއެކު ކުރެވުނު އިންޓަވިއުތަކާއި، ޑޮމެސްޓިކް އަދި އިންޓަނޭޝަނަލް ކޯޓު ރެކޯޑުތަކުގެ މައްޗަށް ބިނާކޮށް ކުރެވުނު ތަޙުޤީޤުން ދައްކާގޮތުން، އެމްޓީއެފްއީ އަކީ މިފަދަ ކްރިޕްޓޯކަރަންސީ އިންވެސްޓްމަންޓް ސްކީމްތައް ވިއްކާ ގިނަ އަދަދެއްގެ ކެނެޑާގެ ޝެލް ކުންފުނިތަކުގެ ނެޓްވޯކެއްގެ ބައެކެވެ.

މި ކުންފުނިތަކުގެ ގިނަ ޑިރެކްޓަރުންނަކީ ބޭރު މީހުންނެވެ. އަދި މި ވާހަކައަށް އިންޓަވިއު ދިން މާހިރުން ޝައްކުކުރާގޮތުން ބައެއް މީހުން ބޭނުންކޮށްފައިވަނީ ދޮގު އައިޑެންޓިޓީތަކެވެ. އެގޮތުން ރިޗްމަންޑް، ބީ.ސީ ގައި އެޑްރެސް ލިސްޓްކޮށްފައިވާ އެމްޓީއެފްއީގެ ހަމައެކަނި ކެނެޑާގެ ޑިރެކްޓަރ، ރޭންޑީ މެތިއު ލޭން ހޯދުމަށް ކުރެވުނު މަސައްކަތްތައް ކާމިޔާބުނުވިއެވެ.

ކޯޕަރޭޓް ރެކޯޑުތަކުން ދައްކާގޮތުން ލޭން އަކީ އެމްޓީއެފްއީ ހިމެނޭގޮތަށް ކްރިޕްޓޯކަރަންސީ ނުވަތަ އެހެނިހެން މާލީ ޚިދުމަތްތައް ދޭ ކެނެޑާގެ 6 ކުންފުނީގެ ލިސްޓެޑް ޑިރެކްޓަރެކެވެ. އެމްޓީއެފްއީ ހިމެނޭގޮތަށް މީގެ 5 ރަޖިސްޓްރޭޝަންގައި އަނެއް ލިސްޓެޑް ޑިރެކްޓަރުގެ އެޑްރެސް އޮތީ ޗައިނާގައެވެ.

އައިޖޭއެފް އަދި ސީޓީވީ އިން މި ވާހަކައަށް ކޮމެންޓަށް އެދި ކޯޕަރޭޓް ރަޖިސްޓްރީ ހިންގާ ފެޑެރަލް ޑިޕާޓްމަންޓާ ގުޅުމަށްފަހު، މޭ މަހު ލޭންގެ 4 ކުންފުނި ކެނެޑާގެ އޮފިޝަލުން ވަނީ ޤަވާއިދާ ޚިލާފުވުމުގެ ސަބަބުން އުވާލާފައެވެ.

އާރްސީއެމްޕީ، މިނިސްޓްރީ އޮފް ފައިނޭންސް އަދި އޮންޓޭރިއޯ ސެކިއުރިޓީސް ކޮމިޝަން ފަދަ އޭޖެންސީތަކުން އެމްޓީއެފްއީ އާ ގުޅޭ ސުވާލުތަކަށް ނުވަތަ ކެނެޑާގެ އޮފިޝަލުން އެމްޓީއެފްއީ ތަޙުޤީޤުކުރަމުންދޭތޯ ސުވާލުކުރުމުން ޖަވާބުދޭން އިންކާރުކުރިއެވެ. ނަމަވެސް މި ވާހަކައަށް އިންޓަވިއު ދިން ކުރީގެ ލޯ އެންފޯސްމަންޓް އަދި އިންޓެލިޖެންސް އޮފިޝަލުން ހިމެނޭ މާހިރުން ބުނާގޮތުން، މި ތަޙުޤީޤުން ފާހަގަކުރެވެނީ ކެނެޑާގެ އެންފޯސްމަންޓްގައި ހުރި ނާާބިލު ކަންތައްތަކެވެ. އެކަމުގެ ސަބަބުން އެ ޤައުމަކީ މާލީ ކުށްތަކުގެ މަންޒިލަކަށް ވެފައިވެއެވެ.

އެމްޓީއެފްއީ ގެ ފަހަތުގައި

22 އަހަރުގެ އަރިފް (އަސްލުނަމެއް ނޫން) އަކީ ބަންގްލަދޭޝްގެ ޑާކާގައި ދިރިއުޅޭ ޒުވާނެކެވެ. 2023 ވަނަ އަހަރުގެ ޖެނުއަރީ މަހު މެޓަވާރސް ފޮރިން އެކްސްޗޭންޖްގައި އޭނާގެ ފުރަތަމަ އިންވެސްޓްމަންޓް ކުރިއެވެ. އެއިރު، އެމްޓީއެފްއީގެ ވެބްސައިޓުން ބުނެފައިވަނީ އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ބޭރު ފައިސާ ޓްރޭޑްކުރުމަށް، މަދު މަސައްކަތަކުން އަދި ކުޑަ ރިސްކަކާއެކު ހަމަޖެހޭ، މަޑުމަޑުން ކުރިއަރާ ފައިދާ ލިބޭނެ ކަމަށެވެ. އަރިފް ޝައްކުކުރި ނަމަވެސް، އެމްޓީއެފްއީ އަކީ ކެނެޑާގެ ކުންފުންޏަކަށްވާތީ އިތުބާރުކުރިއެވެ.

"އަހަރެން ހިތަށްއެރީ ކެނެޑާގައި ހަރުދަނާ ގަވާއިދުތަކެއް އޮންނާނެ ކަމަށާއި، ކުންފުނި އުފައްދައި ވިޔަފާރިކުރުމާ ގުޅޭ ރަނގަޅު ގަވާއިދުތަކެއް އޮންނާނެ ކަމަށް،"

އަރިފް ބުންޏެވެ.

A photo of a blue webpage for an investment company, featuring pictures of graphs on various electronic devices.2023 ވަނަ އަހަރުގެ މާރިޗު މަހު އެމްޓީއެފްއީގެ ވެބްސައިޓް ފެނުނު ގޮތުގެ ސްކްރީންޝޮޓެއް. މި ކުންފުނިން ބުނެފައިވަނީ އާޓިފިޝަލް އިންޓެލިޖެންސް މެދުވެރިކޮށް ބޭރު ފައިސާ ޓްރޭޑްކުރުމުގެ ޚިދުމަތް ދޭ ކަމަށެވެ. (ދަ ވޭބެކް މެޝިން)

2023 ވަނަ އަހަރުގެ އޯގަސްޓު މަހާ ހަމައަށް އަރިފް ގާތްގަނޑަކަށް 3,400 އެމެރިކާ ޑޮލަރު އިންވެސްޓްކޮށްފައިވެއެވެ. އޭގެ ގިނަބަޔަކީ އޭނާގެ މައިންބަފައިން އަތުން ދަރަންޏަށް ނެގި ފައިސާއެވެ.

"އަހަރެން އެ މީހުންނަށް ޔަގީންކަން ދިނިން އެއްވެސް ރިސްކެއް ނެތް ކަމަށާއި، އަހަރެމެންނަށް އެ ފައިސާ އަނބުރާ ލިބޭނެ ކަމަށް،"

އަރިފް ބުންޏެވެ.

"އެކަމަކު އެކަން ވެގެން ދިޔައީ އެހެނެއް ނޫން."

އެ މަހު، އެމްޓީއެފްއީގެ ވެބްސައިޓް ހުއްޓުނެވެ. އިންވެސްޓަރުންނަށް އެމީހުންގެ ފައިސާ ނެގޭގޮތް ނުވިއެވެ. އަދި ދެން، އެއްކޮށް ގެއްލުނެވެ.

ބަންގްލަދޭޝްގެ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން - ތަކުރާރުކޮށް ކޮމެންޓަށް އެދުމުންވެސް ޖަވާބު ނުދޭ

ލޯކަލް މީޑިއާއަށް ބުނެފައިވާ ގޮތުގައި އެ ޤައުމުގައި 500,000 އާ ގާތްކުރާ އަދަދެއްގެ މީހުން ގެއްލުން ވެދާނެއެވެ. ޑާކާ ޓްރިބިއުންގެ ރިޕޯޓުގައިވާ ގޮތުން ބަންގްލަދޭޝްގެ ފުލުހުން އަންދާޒާކުރާ ގޮތުގައި އިންވެސްޓަރުންނަށް 1.7 ބިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުން ވެފައިވެއެވެ. ސްރީލަންކާގައި، ސަންޑޭ ޓައިމްސްއިން އެ ޤައުމުގެ ސެންޓްރަލް ބޭންކް ޙަވާލާދީ ބުނެފައިވާ ގޮތުގައި އެ ޤައުމުގެ އިންވެސްޓަރުންގެ އަތުން 1 ބިލިއަން އެމެރިކާ ޑޮލަރު ވަގަށް ނަގާފައިވެއެވެ. މި މައްސަލައިގެ ތަޙްޤީޤު ހިނގަމުންދާތީ، ބޭންކުން މި ވާހަކައަށް ކޮމެންޓް ކުރަން ބޭނުން ނުވިއެވެ.

ސައިން އަޕް ވުމަށް، ޔޫސަރުން ކްރިޕްޓޯކަރަންސީ ގަނެ އެމްޓީއެފްއީން ބޭނުންކުރާ އެކި ޑިޖިޓަލް ވޮލެޓްތަކަށް ފޮނުވަން ޖެހުނެވެ.

ޒަމާނީ އެޕެއް މެދުވެރިކޮށް ޔޫސަރުންނަށް އެމީހުންގެ "އިންވެސްޓްމަންޓް" ތަކުގެ ޙާލަތު ދައްކައެވެ. މީގެ ތެރޭގައި ދުވަހުން ދުވަހަށް ލިބޭ ފައިދާއާއި ގެއްލުން ހިމެނެއެވެ. ފުރަތަމަ، ޔޫސަރުންނަށް ފައިސާ ނެގޭގޮތްވެސް ވިއެވެ. މިކަމުން އެމީހުން އިތުރަށް އިތުބާރުކުރަން މަޖުބޫރުވިއެވެ.

އަރިފް ފަދަ ގިނަ ބަޔަކަށް މި ކުންފުންޏާ ބެހޭ މަޢުލޫމާތު ލިބުނީ ރައްޓެއްސެއް މެދުވެރިކޮށެވެ. މިއީ އިއްތިފާގަކުން ވީކަމެއް ނޫނެވެ. އެމްޓީއެފްއީން އިތުރު އިންވެސްޓަރުން ގެނައުމަށް ޔޫސަރުންނަށް މާލީ އިނާޔަތްތައް ދިނެވެ. މިހާރު އަރިފްއަށް އެނގޭ ގޮތުގައި މިއީ ޕިރަމިޑް ސްކީމެއްގެ މުހިންމު ސިފައެކެވެ.

ސްރީލަންކާގެ ކޯޓު ރެކޯޑުތަކުން ދައްކާ ގޮތުގައި އެމްޓީއެފްއީއަށް ފައިދާވީ ލޯކަލް ޕާޓްނަރުން މެދުވެރިކޮށްވެސް މެއެވެ. އެމީހުން ޕްލެޓްފޯމް ޕްރޮމޯޓްކޮށްދިނީ ފައިދާގެ ބައެއް ލިބޭ ގޮތަށެވެ.

2023 ވަނަ އަހަރުގެ އޯގަސްޓު މަހު - ސްކީމް ފެއިލްވުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން - ސްރީލަންކާގެ ސެންޓްރަލް ބޭންކުން އެމްޓީއެފްއީ ޕްރޮމޯޓްކުރުމަށް އުފައްދާފައިވާ ލޯކަލް ކުންފުނިތަކުގެ ތަޙްޤީޤެއް ފެށިއެވެ.

ސްރީލަންކާގެ އޮތޯރިޓީތަކުން 2024 ގައި ތިން މީހަކު ހައްޔަރުކުރިއެވެ. އެމީހުންނާ ދެކޮޅަށް ކުރެވުނު ދަޢުވާއަކީ މި ޕިރަމިޑް ސްކީމްގައި ބައިވެރިވެ މަނީ ލޯންޑަރިންގ ކުރުމެވެ. މައްސަލައިގެ އަޑުއެހުންތައް އަލުން ފެށުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ސެޕްޓެމްބަރު މަހުއެވެ.

2023 ވަނަ އަހަރުގެ އޯގަސްޓު މަހުން ފެށިގެން، މި ސްކީމްގައި ބައިވެރިވެފައިވާ ކަމަށް ޝައްކުކުރެވޭ އިތުރު 10 މީހަކު ޤައުމުން ބޭރަށް ދިއުން ބޭންކުން މަނާކޮށްފައިވެއެވެ. އަދި 29 ކްރިޕްޓޯކަރަންސީ ވޮލެޓްގައި ހުރި ގާތްގަނޑަކަށް 900،000 އެމެރިކާ ޑޮލަރުގެ ފައިސާ ޖަމާކުރުމާއި ނެގުން މަނާކުރުމުގެ އަމުރު ނެރެފައިވެއެވެ.

ކޯޓަށް ހުށަހެޅި ލިޔެކިޔުންތަކުގައި، ތަޙުޤީޤުކުރާ ފަރާތްތަކުން ބުނާ ގޮތުގައި ލޯކަލް ޕްރޮމޯޓަރ ގްރޫޕްތަކަށް އެމްޓީއެފްއީ ޔޫސަރުން ކުރި އިންވެސްޓްމަންޓްތަކުގެ 60 އިން 70 ޕަސެންޓް ލިބިފައިވެއެވެ.

ބާކީ އޮތް ބައި، ތަޙުޤީޤުކުރާ ފަރާތްތަކުން ބުނާ ގޮތުގައި "ސަރވިސް ފީ" އެއްގެ ގޮތުގައި ކެނެޑާގައި ހުރި "ޕޭރެންޓް ކޮމްޕެނީ" އަށް ދީފައިވެއެވެ.

ތަޙުޤީޤުކުރާ ފަރާތްތަކަށް އެ "ޕޭރެންޓް ކޮމްޕެނީ" ފަހަތުގައި ތިބީ ކޮން ބައެއްކަން، ނުވަތަ ލޯކަލް ޕްރޮމޯޓަރުން އެމީހުންނާ ގުޅުން ބޭއްވީ ކިހިނެއްކަމެއް ނޭނގެއެވެ. ރެކޯޑްތަކުގައި ބުނެފައިވަނީ "މި ކޮމްޕިއުޓަރ ސޮފްޓްވެއަރ ސަރވިސް ހިންގާ އެއްވެސް ޖަމާއަތެއް ނުވަތަ އެ ސަރވިސް އުފެއްދި ނުވަތަ ހޯސްޓްކުރާ ފަރާތްތަކާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައެއް ނުވެއެވެ."

MTFE Sri Lanka #Address: Gemi Rasa521/B, Highlevel road, Panagoda,Sri Homagma.#MTFE - YouTube

ނަމަވެސް ކޯޓު ރެކޯޑްތަކުގައި ބުނެފައިވާ ގޮތުގައި ހައްޔަރުކުރެވުނު މީހުން ބުނެފައިވަނީ އެމީހުން އަމިއްލައަށް 100 މީހުން މި ސަރވިސްއަށް ރެކްރޫޓްކޮށްފިނަމަ 4،000 އެމެރިކާ ޑޮލަރުގެ ކްރިޕްޓޯކަރަންސީ އާއި މަހަކު 500 އެމެރިކާ ޑޮލަރުގެ އެލަވަންސެއް ލިބޭނެ ކަމަށެވެ.

އެ ގްރޫޕްތައް ވަރަށް ބޮޑުވެގެން ދިޔައެވެ. ތަޙުޤީޤުކުރާ ފަރާތްތަކުން ބުނާ ގޮތުގައި އޭގެ ތެރެއިން އެއް ގްރޫޕްގެ 42 ސަބް-ބްރާންޗް އެއަވަށުގައި ހުއްޓެވެ. އެއް ގްރޫޕް އެހާ ބޮޑުވެގެން ދިޔައީ ޖަފްނާ ކިންގްސް ކްރިކެޓް ޓީމަށް ސްޕޮންސަރ ކުރާ ހިސާބަށެވެ. އަނެއް ޕްރޮމޯޝަނަލް ގްރޫޕަކުން ކޮންސަޓެއްވެސް ބޭއްވިކަމަށް ކޯޓު ލިޔެކިޔުންތަކުގައި ބުނެފައިވެއެވެ.

Jaffna Kings වෙත දුන් අනුග්‍රහය MTFE SL GROUP විසින් හකුලා ගනී - MTFE සන්නාමය ගැන වැරදි සමාජ මාධ්‍ය ඔස්සෙ පතුරවන්නන්ට නීතිමය පියවර ගන්නා බවද ඔවුන් පවසයි ...

ތަޙުޤީޤުކުރާ ފަރާތްތަކުން ބުނާ ގޮތުގައި އާރިފް ފަދަ އިންވެސްޓަރުން ބޭނުންކުރި އެމްޓީއެފްއީ ސޮފްޓްވެއަރ، މި ތަޙުޤީޤު ފެށުމާއި އެކު ވަނީ ހުއްޓިފަ އެވެ.

އެމްޓީއެފްއީއާއެކު ގިނަ މުޢާމަލާތްތައް ހިނގާފައިވަނީ ކްރިޕްޓޯކަރަންސީ އެކްސްޗޭންޖެއް ކަމަށްވާ ބައިނަންސް މެދުވެރިކޮށެވެ.

ތަހުޤީގުގެ ބަޔާނެއްގައި ވާގޮތުން، ބައިނަންސްގެ ސްޕޯކްސްޕަރސަން ކެރޮލިނާ މަޓޯސް ބުނެފައިވަނީ "އޯގަސްޓް 2023 ގައި އަޅުގަނޑުމެންގެ އިތުބާރުހުރި ލޯ އެންފޯސްމަންޓް ޕާޓްނަރެއް މެދުވެރިކޮށް އެމްޓީއެފްއީ ސްކޭމްގެ މަޢުލޫމާތު ލިބުނު" ކަމަށެވެ. އޭނާ ބުނެފައިވަނީ "ހިނގަމުންދާ ތަޙުޤީޤުތަކާ ގުޅިގެން މައްސަލައިގެ ތަފްސީލުތައް ހިއްސާނުކުރެވޭނެ" ކަމަށެވެ.

މަޓޯސް ބުނެފައިވަނީ އެމްޓީއެފްއީ ޕާކިސްތާނާއި ނައިޖީރިއާގައިވެސް ހަރަކާތްތެރިވެފައިވާ ކަމަށެވެ. އޭނާ ފާހަގަކޮށްފައިވަނީ ކުންފުނިން ވަރަށް ވަރުގަދަ އޮންލައިން ޕްރެޒެންސްއެއް ގާއިމުކޮށް، އެޕަލް މޮބައިލް އެޕް ސްޓޯގައި ރަޖިސްޓްރީވުމަށްވެސް ކާމިޔާބުވެފައިވާ ކަމަށެވެ.

"މިއީ ރަނގަޅަށް ރޭވިފައިވާ ސްކީމްތަކަށް ތަޖުރިބާކާރު އަދި އާ އިންވެސްޓަރުން އެއްފަދައިން މަކަރުހެދުމަށް ބޭރުފުށުން ޤާނޫނީ ގޮތުން ހުއްދަ ކަމެއްގެ ގޮތުގައި ދެއްކިދާނެކަން ދައްކުވައިދޭ ކަމެކެވެ،"

މަޓޯސް ބުނެފައިވެއެވެ.

ޓެކްނޮލޮޖީގެ ދާއިރާގައި ތަޖުރިބާހުރި ޑާކާގެ ވަކީލެއް ކަމަށްވާ ނައުރީން އަހްމަދު ބުނާ ގޮތުގައި ބަންގްލަދޭޝްގެ ރައްޔިތުން މިފަދަ ސްކީމްތަކުގެ ޝިކާރައަކަށް ތަކުރާރުކޮށް ވެފައިވެއެވެ. ސަބަބެއްކަމުގައި ބުނެފައިވަނީ، ބަންގްލަދޭޝްގެ ރައްޔިތުންނަށް އިންވެސްޓްކުރުމަށް ޤާނޫނީ ގޮތުން ފުރުސަތުތައް މަދު ވެފައި އޮތުންކަމަށެވެ.

"މި ސްކޭމްގެ ޝިކާރައަކަށްވީ މީހުންނަށް، ބަންގްލަދޭޝްގައި އެއްވެސް އިންސާފެއް ބަދަލެއް ނުލިބުނު،" އަހްމަދު ބުންޏެވެ.

ކްރިޕްޓޯކަރަންސީ ގަތުމަކީ ބަންގްލަދޭޝްގައި ފަސޭހައިން ކުރެވޭ ކަމެއް ނަމަވެސް، އެއީ ކުށެއްގެ ގޮތުގައި ބެލެވިދާނެ ކަމެކެވެ.

ކެނެޑިއަން އޮފިޝަލުންނަށް އެމްޓީއެފްއީގެ މައުލޫމާތު އެނގުނެ

އޮންޓާރިއޯ ސެކިއުރިޓީސް ކޮމިޝަނުން 2023 ވަނަ އަހަރުގެ ޖުލައި މަހު ކުރު ބަޔާނެއް ނެރެ، އެމްޓީއެފްއީ އަކީ ސެކިއުރިޓީސް ވިޔަފާރީގައި ރަޖިސްޓްރީ ކުރެވިފައިވާ ތަނެއް ނޫންކަމަށް އިންޒާރު ދިނެވެ.

އޯއެސްސީގެ ތަރުޖަމާނު އެންޑީ މެކްނެއަރ-ވެސްޓް ބުނި ގޮތުގައި، އެ ކުންފުނީގެ ރަޖިސްޓްރޭޝަން ސްޓޭޓަސްއާ ބެހޭ ގޮތުން ލިބުނު ފޯނު ކޯލްތަކަށް ފަހު އެ ބަޔާން ނެރުނީއެވެ. ކޮމިޝަނުން ބަންގްލަދޭޝް ނުވަތަ އެހެން އަސަރުކުރި ގައުމުތަކުގެ އޮފިޝަލުންނާ ގުޅުނުތޯ، ނުވަތަ އޯއެސްސީން އެމްޓީއެފްއީ ތަހުގީގު ކުރަމުންދޭތޯ އޭނާ ނުބުނެއެވެ.

ކެނެޑާގެ ފެޑެރަލް ކޯޕަރޭޓް ރަޖިސްޓްރީގައި އެމްޓީއެފްއީ އަދިވެސް ހަރަކާތްތެރިވާކަމަށް ދައްކައެވެ. ނަމަވެސް އެއީ މިހާރު ގަވާއިދާ ހިލާފުވެފައިވާ ތަނެއްކަމަށް ފާހަގަކުރެވި، އުވާލުމުގެ މަރުހަލާގައި އޮތް ތަނެކެވެ.

"އޯއެސްސީގެ އިންޒާރު އިތުރު އިންވެސްޓަރުންނާ ހަމައަށް ފޯރާފައި އޮތްނަމަ، އަހަންނަށް ހީވަނީ އޯއެސްސީން ބަންގްލަދޭޝްގެ ސެންޓްރަލް ބޭންކާ ގުޅައި، މިއީ ގާނޫނީ ޖަމިއްޔާއެއް ނޫންކަމަށް ބުނެ ސަރކިއުލަރއެއް ނެރެފައި އޮތްނަމަ... އެއިން އެހީތެރިކަމެއް ލިބުނީސް ކަމަށް،"

ޓެކްނޮލޮޖީގެ ދާއިރާގައި ތަޖުރިބާހުރި ޑާކާގެ ވަކީލެއް ކަމަށްވާ ނައުރީން އަހްމަދު ބުންޏެވެ.

މަކަރާއި ހީލަތުގެ ތުހުމަތު އިތުރުވިވަރަކަށް، އެއަށް ދެވިހިފައި ވަންނަ މީހުންގެ އަދަދުވީ އިތުރު

އާރިފް އޭނާގެ އާއިލާގެ މުޅި އުމުރުގެ ރައްކާކުރި ފައިސާ ގެއްލުމުން އަމިއްލަ ނަފްސު ކުށްވެރި ކުރިއެވެ. އޭނާގެ މައިންބަފައިން އޭނާ ގެއިން ނެރެފާނެކަމުގެ ކަންބޮޑުވުން އޮތެވެ. އެންމެ އަނދިރި ވަގުތުތަކުގައި، އޭނާ ބުނާ ގޮތުގައި އެހީއަށް އެދި މަރުވާން އުޅޭ މީހުންގެ ހޮޓްލައިންތަކަށް ގުޅިއެވެ.

އާރިފް އޭނާގެ މައިންބަފައިންގެ ކިބައިން މަޢާފަށް އެދުނެވެ، އަދި އެމީހުން މަޢާފު ދިނެވެ. ނަމަވެސް އޭނާ އަދިވެސް އަމިއްލަ ނަފްސު ކުށްވެރި ކުރެއެވެ.

"އަހަރެންނަކީ ތަޢުލީމީ ގާބިލު ހަރަުދަނާ މީހެއްކަމަށް ދެކިގެން ހުރީ، އަދި މިކަހަލަ މަކަރަކަށް ނުޖެހޭނެ ކަމަށް ހީކުރިން،"

އާރިފް ބުންޏެވެ.

ކެނެޑިއަން ޝެލް ކުންފުނިތައް

އެމްޓީއެފްއީގެ ކާމިޔާބީގެ ސިއްރަކީ އެކުންފުނީގެ ކެނެޑިއަން ކްރެޑެންޝަލްސް ކަމުގައި އަހުމަދު ބުންޏެވެ. ނަމަވެސް ގާތުން ބަލާއިރު، އެ ކްރެޑެންޝަލްސްތަކުން އެމްޓީއެފްއީއާ ބެހޭގޮތުން އިތުރު ސުވާލުތަކެއް އުފެދެއެވެ. އަދި އެކުންފުނިއަށް ފުރަތަމަ ކެނެޑާގައި ހިންގުމުގެ ހުއްދަ ލިބުނު ގޮތާމެދުވެސް ސުވާލު އުފެދެއެވެ.

އެމްޓީއެފްއީގެ ކޯޕަރޭޓް އެޑްރެހަކީ މާކަމް، އޮންޓޭރިއޯގެ 500-7030 ވުޑްބައިން އެވެނިއުގައި ހުރި އޮފީސް ޓަވަރެއްގެ ފަސްވަނަ ފަންގިފިލާގައެވެ.

އެއްވަގުތެއްގައި މާކަމްގައި ހުރި މި އެއް އޮފީސް ޔުނިޓަކީ 97 ތަފާތު ފައިސާގެ ޚިދުމަތްދޭ ކުންފުނިތަކުގެ ވެސް އެޑްރެހެވެ. މީގެ ތެރޭގައި 95 ރަޖިސްޓަރީކޮށްފައިވާ ބޭރު ފައިސާ އެކްސްޗޭންޖް ހިމެނެއެވެ.

ނަމަވެސް އެތަނުގައި އެއިން އެއްވެސް ކުންފުންޏަކުން ވިޔަފާރިކުރިކަމުގެ ނުވަތަ އެތަނުގައި ކުއްޔަށް ތިބިކަމުގެ މާބޮޑު ހެއްކެއް ނެތެވެ. ޝެއާޑް އޮފީސް ސްޕޭސްގެ މެނޭޖަރެއް (ނަން ސިއްރުކުރެވިފައި) ސީޓީވީ ނިއުސްއަށް ބުނީ، "މި އެޑްރެސް ބޭނުންކުރާ ހުރިހާ ކުންފުނިތަކެއް ދެނެގަތުމަކީ އުނދަގޫ ކަމެކެވެ."

ޝެއާޑް އޮފީސް ސްޕޭސްގައި މާކަމް ލޮކޭޝަންގައި ރަޖިސްޓަރީކޮށްފައިވާ 650 ކްލައިންޓުން ވެއެވެ.

"(އަޅުގަނޑުމެންގެ ކްލައިންޓުންގެ) 90% އަކީ ރަނގަޅު ގާނޫނީ ވިޔަފާރިތައް، 10% އަކީ އެހެންނޫން، އަދި އެކަން އެނގޭ ހިސާބުން އަޅުގަނޑުމެން އެމީހުން ހުއްޓުވަން، އެމީހުންގެ ނަމުގައި މެއިލް ބަލައިނުގަނެ އެމީހުންގެ އެކައުންޓް ބަންދުކުރަން."

މެނޭޖަރު ސީޓީވީ ނިއުސްއަށް ބުނެފައިވެއެވެ.

ކެނޭޑިއަން މަނީ ސަރވިސަސް ބިޒްނަސް އެސޯސިއޭޝަންގެ އެގްޒެކެޓިވް ޑިރެކްޓަރު ޖޯސެފް އިއުސޯ ބުނާގޮތުގައި މިފަދަ "ކްލަސްޓަރ" ތަކަކީ ގިނަފަހަރަށް ފްރޯޑްގެ ނިޝާނެކެވެ.

މަނީ ސަރވިސަސް ބިޒްނަސް (އެމްއެސްބީ) އަކީ ވަޔަރ ޓްރާންސްފަރ، ކްރިޕްޓޯކަރަންސީ އެކްސްޗޭންޖް ނުވަތަ ބޭރު ފައިސާ އެކްސްޗޭންޖް ފަދަ މާލީ ޚިދުމަތްތައް ފޯރުކޮށްދޭ ވިޔަފާރިއެކެވެ. ގިނަ ކުންފުނިތަކަކީ ގާނޫނީ ކުންފުނިތަކެވެ، ނަމަވެސް މަނީ ލޯންޑްރިންގ އަށް ރިސްކް ބޮޑު ކުންފުނިތަކެއްގެ ގޮތުގައި ބެލެވޭތީ، އެމީހުން ކެނެޑާގެ މާލީ އިންޓެލިޖެންސް ޔުނިޓް ކަމުގައިވާ ފިނަންޝަލް ޓްރާންސެކްޝަންސް އެންޑް ރިޕޯޓްސް އެނަލިސިސް ސެންޓަރ އޮފް ކެނެޑާ (ފިންޓްރެކް) ގައި ރަޖިސްޓަރީ ކުރަންޖެހެއެވެ.

A man in a light blue shirt leans on an office desk.

ނަމަވެސް އިއުސޯ ބުނާގޮތުގައި ޤައުމުގައި ރަޖިސްޓަރީކޮށްފައިވާ 3،000 އެމްއެސްބީ އޯޑިޓްކުރުމުގެ މެންޑޭޓް އަދި ވަސީލަތްތައް ފިންޓްރެކްގައި ނެތެވެ.

އޭނާ ބުނާގޮތުގައި މަކަރުވެރިން މިކަމުގެ ބޭނުން ހިފާފައިވަނީ ކުންފުނިތައް އިންކޯޕަރޭޓްކޮށް، ދެން އެ ކުންފުނިތައް ފިންޓްރެކްގައި ރަޖިސްޓަރީކޮށް، އެއީ ގާނޫނީ ވިޔަފާރިތަކެއްގެ ގޮތުގައި ދެއްކުމަށެވެ.

"އޭގެ ތެރެއިން ގިނައީ ކްރިޕްޓޯ އަދި ފޮރިން އެކްސްޗޭންޖް އަދި އެހެނިހެން ހައި-ޔީލްޑް އިންވެސްޓްމަންޓްސް ނުވަތަ ހައި-ޔީލްޑް އިންވެސްޓްމަންޓް ޕްރޮޑަކްޓްތަކާ ގުޅުންހުރި ޕޮންޒީ ސްކީމްތައް،"

އިއުސޯ ބުންޏެވެ.

A man in a checkered shirt and a golf cap speaks to a reporter in a parking lot.

އިއުސޯ ބުނާގޮތުގައި އެމީހުން އެއްތަނެއްގައި އެއްވެއެވެ. ގިނަފަހަރަށް ގިނަ ކުންފުނިތަކުން ބޭނުންކުރާ އެޑްރެސްތައް، މިސާލަކަށް ވަކީލުންގެ އޮފީސްތައް ނުވަތަ ކޯޕަރޭޓް ސަރވިސް ޕްރޮވައިޑަރުންގެ އެޑްރެސްތައް ދެއެވެ.

ފިންޓްރެކްގެ ވެބްސައިޓްގައި ބަޔާންކޮށްފައިވާ ގޮތުގައި ރަޖިސްޓްރޭޝަން އަކީ ފިންޓްރެކްއިން އެ ވިޔަފާރިއެއް އެންޑޯސްކުރާކަން ނުވަތަ އެތަނުގެ ކޮމްޕްލަޔަންސް ކަށަވަރުކޮށްދޭކަން ދޭހަކޮށްދޭ އެއްޗެއް ނޫނެވެ. ނަމަވެސް އިއުސޯ ބުނާގޮތުގައި މިއީ ގިނަ އިންވެސްޓަރުންނަށް ނޭނގޭ ކަމެކެވެ.

"ފިންޓްރެކްގައި އެމްއެސްބީއެއްގެ ގޮތުގައި ރަޖިސްޓަރީކުރަނީ ގާނޫނީ ނިވާފަތްގަނޑަކަށް،" ފިންޓްރެކްގެ ކުރީގެ ޑެޕިއުޓީ ޑިރެކްޓަރު ޑެނިސް މިއުނިއަރ ބުންޏެވެ. "އަދި އެކަމުގެ ނަހަމަ ބޭނުން ހިފިދާނެ."

500-7030 ވުޑްބައިން އެވެނިއުގެ ޔުނިޓް ހިންގަނީ ރެގަސްގެ ނަމުގައި އޮފީސް ޚިދުމަތްތައް ފޯރުކޮށްދޭ ބްރިޓިޝް ހޯލްޑިންގ ކުންފުންޏެއް ކަމުގައިވާ އައިޑަބްލިއުޖީ ޕީއެލްސީއިންނެވެ. އެމީހުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 4،000 ލޮކޭޝަން ހިންގައެވެ.

އައިޑަބްލިއުޖީ ޕީއެލްސީއިން މި ވާހަކައަށް އިންޓަވިއުއެއް ދޭން އިންކާރުކުރިއެވެ. އައި.ޖޭ.އެފް އަދި ސީ.ޓީ.ވީ އިން ހޯދި ހޯދުންތައް ހުށަހެޅުމުން، ޕަބްލިކް ރިލޭޝަންސް އޭޖެންޓް ލިންޑާ ނޯތު އީމެއިލްއެއް ފޮނުވައި "އެމީހުން ޤަވާއިދުތަކާއި އެއްގޮތަށް ޢަމަލުކުރުމަށް ވަރަށް ސީރިއަސްކޮށް" ބަލާކަމަށް ބުނެފައިވެއެވެ.

ރެގަސްގެ މާކަމް ހިސާބުގެ މެނޭޖަރު ހިއްސާކުރި ގޮތުގައި "މަކަރުވެރިން ދަނޭ ބިޒްނަސް ސެންޓަރުތަކަކީ ފަސޭހައިން ޝިކާރައަކަށް ވެދާނެ ތަންތަން، އެއީ އެމީހުންނަށް އެޑްރެސް ބޭނުންކުރެވޭނެތީ ޤާނޫނީ ވިޔަފާރި އެޑްރެހެއްގެ ގޮތުގައި، އެކަމަކު (ކުށްވެރިން) އަޅުގަނޑުމެންގެ އެޑްރެސް (އެމީހުންގެ ކުންފުނިތަކަށް) ބޭނުންކުރުމަށް ފައިސާއެއް ނުދައްކާ އަދި އެޑްރެސް ބޭނުންކުރާ މީހުން ދެނެގަންނަން އަޅުގަނޑުމެންނަކަށް ނޭނގޭ."

ވުޑްބައިން އެޑްރެހުގައި މައްސަލައެއް އުޅޭކަން ފިންޓްރެކްއަށް އެނގިފައި އޮތުން އެކަށީގެންވެއެވެ. 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހާ ހަމައަށް، އެތަނުގައި ރަޖިސްޓްރީކޮށްފައިވާ 97 އެމް.އެސް.ބީގެ ތެރެއިން 86 އެމް.އެސް.ބީގެ ރަޖިސްޓްރޭޝަން ބާތިލުކޮށްފައިވެއެވެ. އެކަން އެގޮތަށް ކުރި ސަބަބު ފިންޓްރެކްއިން ނުބުނެއެވެ.

ނަމަވެސް 2022 ވަނަ އަހަރު މިނިސްޓަރ އޮފް ފައިނޭންސްއަށް ފޮނުވި ސިއްރު ރިޕޯޓެއްގައި އެޖެންސީއިން ބުނެފައިވަނީ އެ އަހަރު "އާދަޔާ ޚިލާފު ޓްރެންޑެއް" ފާހަގަކުރެވުނު ކަމަށެވެ. އެއީ އެއް އެޑްރެހެއްގައި ރަޖިސްޓްރީކޮށްފައިވާ 95 އެމް.އެސް.ބީ އާއި ގުޅޭގޮތުން "ތަކުރާރުކޮށް" ގުޅަން މަސައްކަތްކުރުމުންވެސް ގިނަ ފަރާތްތަކުން ޖަވާބުދީފައިނުވާ މައްސަލައެވެ.

އައި.ޖޭ.އެފް އަދި ސީ.ޓީ.ވީ އިން މަޢުލޫމާތު ހޯދުމުގެ ޤާނޫނުގެ ދަށުން ހޯދި ރިޕޯޓުގައި، ފިންޓްރެކްއިން މިނިސްޓްރީ އޮފް ފައިނޭންސްގައި އެދިފައިވަނީ "އިތުބާރު ގެއްލިފައިވާ އޮޕަރޭޓަރުން"ގެ ރަޖިސްޓްރޭޝަން ބާތިލުކުރުމަށާއި "ނަހަމަގޮތުގައި ބޭނުންކުރާކަމީ ދެރަކަމެއް" އެކަންކަން ރަނގަޅުކުރުމަށް އާ ވަސީލަތްތަކެއް ދިނުމަށެވެ.

2023 ވަނަ އަހަރުގެ ޖޫން މަހު، ފެޑެރަލް މިނިސްޓްރީ އޮފް ފައިނޭންސްއިން އެމް.އެސް.ބީ ރަޖިސްޓްރީކުރާ ފަރާތްތަކުގެ ޑިރެކްޓަރުންގެ ކުށުގެ ރެކޯޑު ހުށަހެޅުމަށް އައު ޝަރުތެއް ތަޢާރަފުކުރިއެވެ. ނަަމަވެސް، އެކަން އެގޮތަށް ކުރި ސަބަބު ނުބުނެ މިނިސްޓްރީގެ ތަރުޖަމާނު ތަކުރާރުކޮށް އިންކާރުކުރި އެވެ.

ފިންޓްރެކްއިން 2022 ވަނަ އަހަރުގެ ޖަނަވަރީ މަހު ގިނަ އެމް.އެސް.ބީތަކުގެ ރަޖިސްޓްރޭޝަން ބާތިލުކުރިއެވެ. ނަމަވެސް އެމް.ޓީ.އެފް.އީގެ ރަޖިސްޓްރޭޝަން ބާތިލުކުރީ 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު، ސްކީމް ނިމުނުތާ އެއްމަސް ފަހުންނެވެ.

އެމް.އެސް.ބީ ކަހަލަ ބޮޑެތި ބައިވަރު ކުންފުނިތައް

އެމް.ޓީ.އެފް.އީ ސްކޭމްގެ އަސްލު ފަހަތުގައި ތިބީ ކޮން ބައެއްކަން ސާފެއް ނޫނެވެ. ކުންފުނީގެ ރަޖިސްޓްރީކޮށްފައިވާ ޑިރެކްޓަރުންގެ ތެރެއިން އެކަކު ކަމުގައިވާ ހޮންގްބިންގ ވަންގ، ޗައިނާގެ އެޑްރެހެއް ލިޔެފައިވެއެވެ. ދެވަނަ ޑިރެކްޓަރު، ރޭންޑީ މެތިއު ލޭން، ލިޔެފައިވަނީ ރިޗްމަންޑް، ބީ.ސީގެ އެޑްރެހެކެވެ.

އައި.ޖޭ.އެފް އަދި ސީ.ޓީ.ވީ އިން އެ މީހުން ހޯދައި އިންޓަވިއުކުރަން މަސައްކަތްކުރި ނަމަވެސް ކާމިޔާބެއް ނުވިއެވެ.

ލިބެން ހުރި ކަރުދާސްތަކުގެ ދައްކަނީ ޤައުމުގެ އެހެން ހިސާބެއްގެ ވިޔަފާރިތަކެކެވެ. މިކަމަށް، އައި.ޖޭ.އެފް އަދި ސީ.ޓީ.ވީ އިން ބެލީ 500-7030 ވުޑްބައިން އެވެނިއުގައި ރަޖިސްޓްރީކޮށްފައިވާ 97 އެމް.އެސް.ބީގެ ހުރިހާ ކުންފުނި ފައިލިންގތަކެވެ.

އަޅުގަނޑުމެންނަށް ފެނުނީ އެ ކުންފުނިތަކުގެ ތެރެއިން 75 ކުންފުނީގެ ޑިރެކްޓަރަކު 150-10451 ޝެލްބްރިޖް ވޭ ބޭނުންކޮށްފައިވާކަން - އެއީ ލޭން ބޭނުންކުރި އެޑްރެހެވެ.

150-10451 ޝެލްބްރިޖް ވޭ އަކީ ވޭބެކް މެޝިންގެ އާކައިވްކޮށްފައިވާ ވެބްޕޭޖެއްގައިވާ ގޮތުން އެމް.ޓީ.އެފް.އީގެ ވެބްސައިޓުގައި ލިސްޓުކޮށްފައިވާ އެޑްރެހެކެވެ. އެޑްރެސް ބަދަލުކޮށްފައިވަނީ 2022 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ކުރިންނެވެ.

އެއީ ރޭޑްވެލް ކޮންސަލްޓިންގގެ އެޑްރެހެވެ. އެއީ ރިޗްމަންޑްގެ "ބިޒްނަސް ސަރވިސް ޕްރޮވައިޑަރ" އެއް އަދި އޭގެ ވެބްސައިޓުގައި "ވާރޗުއަލް އެޑްރެސްތައް" އަދި ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކަށް ޚާއްސަ ފޯނު ލައިންތައް މާކެޓްކުރެއެވެ.

ކުންފުނީގެ ޑިރެކްޓަރު، ޑީ ވަންގ، އައި.ޖޭ.އެފްއަށް ފޮނުވި އީމެއިލްއެއްގައި ލިޔެފައިވަނީ އޭނާގެ ކުންފުނިން އެމް.ޓީ.އެފް.އީ އަށް ނުވަތަ ރޭޑްވެލްގެ އެޑްރެސް ބޭނުންކުރި އެހެން އެއްވެސް ކުންފުންޏަކަށް މަސައްކަތްކޮށްދީފައި ނުވާ ކަމަށެވެ.

އެ އެމް.އެސް.ބީތަކުގެ ލިސްޓުކޮށްފައިވާ ފޯނު ނަންބަރުތަކަށް - އެއީ ހުރިހާ ނަންބަރުތަކަކީވެސް ބްރިޓިޝް ކޮލަމްބިއާގެ އޭރިއާ ކޯޑު ބޭނުންކޮށްފައިވާ ނަންބަރުތަކެއް - ގުޅުމުން ޖަވާބެއް ނުލިބުނެވެ.

އިއުސޯ ޝައްކުކުރަނީ ބައެއް ޑިރެކްޓަރުންނަކީ ހަޤީޤަތުގައި ނުވާ ބައެއް ކަމަށެވެ. "އެއީ ހުސް ދޮގު. ދޮގު، ދޮގު، ދޮގު،" އިއުސޯ ވިދާޅުވިއެވެ.

ފޮރުވިގެންތި ނުބައި ފަރާތްތައް

މި ވާހަކައަށް އިންޓަވިއު ކުރެވުނު ތަޖުރިބާކާރުން ބުނާ ގޮތުގައި މި ހޯދުންތަކުން ކެނެޑާގެ އެމްއެސްބީ ރެގިއުލޭޝަންތަކާ މެދު ސީރިއަސް ސުވާލުތަކެއް އުފައްދައެވެ.

އާރްސީއެމްޕީގެ ކުރީގެ ޑެޕިއުޓީ ކޮމިޝަނަރ އަދި ބްރިޓިޝް ކޮލަމްބިއާގައި މަނީ ލޯންޑަރިންގ އާއި ބެހޭ ދެ ރިޕޯޓެއްގެ މުސައްނިފު ޕީޓަރ ޖަރމަން ބުނާ ގޮތުގައި މި ހާދިސާއިން ފިންޓްރެކްގެ މެންޑޭޓް އަދި އޮތޯރިޓީގެ ހުދޫދުތައް ދައްކުވައިދެއެވެ.

"މި ރަޖިސްޓްރޭޝަން ޕްރޮސެސް އުފެއްދުމުން، ރަޖިސްޓްރީ ކުރާ ފަރާތްތަކަށް އެމީހުންނަށް ނުޙައްޤުން ލިބިދާނެ ވަކި ބާވަތެއްގެ ޝަރުޢީ ސިފައެއް އަލުން އުފައްދައެވެ. އަދި އެއީ އޮޅުވާލުމަކަށް ވެދާނެއެވެ،" ޖަރމަން ވިދާޅުވިއެވެ.

ބައެއް މީހުން ބުނާ ގޮތުގައި މިއީ ކުށްވެރިން ކެނެޑާގެ ރީތި ނަން އަދި ކޯޕަރޭޓް އިންފްރާސްޓްރަކްޗަރ ބޭނުންކޮށްގެން އެއްވެސް ނަތީޖާއެއް ނެތި އިސްތިޣްލާލު ކުރަމުންދާ ބޮޑު ޓްރެންޑެއްގެ ވާހަކައެވެ.

"ތިޔަ ބޭފުޅުންނަށް ފެނިވަޑައިގެންފައިވާ މި ގްރޫޕް (އެމްޓީއެފްއީ) އަދިވެސް ހިންގަމުންދާކަން އަޅުގަނޑަށް ޔަޤީން" އިއުސޯ ވިދާޅުވިއެވެ.

އެމްޓީއެފްއީ އާއި ބެހޭ ވަކި ސުވާލުތަކަށް ޖަވާބުދޭން ފިންޓްރެކްއިން އިންކާރުކުރިއެވެ.

ފައިނޭންސް މިނިސްޓަރ ކްރިސްޓިއާ ފްރީލޭންޑް ވެސް ފުރަތަމަ މި ވާހަކައަށް އިންޓަވިއު ދޭން އިންކާރުކުރެއްވިއެވެ.

މާރކަމްގައި ބޭއްވުނު މި މައްސަލައާ ގުޅުމެއް ނެތް އިވެންޓެއްގައި މި ތަޙްޤީޤުގެ ބައެއް ހޯދުންތަކާ ބެހޭ ގޮތުން ސުވާލުކުރެވުނު އިރު، އޭނާ މަނީ ލޯންޑަރިންގ ފަދަ ޙަރަކާތްތަކާ ދެކޮޅަށް ގެނެވުނު އައު ރެގިއުލޭޓަރީ ބަދަލުތަކަށް އަލިއަޅުވާލެއްވިއެވެ. ނަމަވެސް މިހާރުގެ ޙާލަތު ފުރިހަމައެއް ނޫންކަން އޭނާ ޤަބޫލުކުރެއްވިއެވެ.

"އަޅުގަނޑުމެން އަދިވެސް މިތާ ކެނެޑާގައި އިތުރު މަސައްކަތްތަކެއް ކުރަން އެބަޖެހޭ، ފްރޯޑް އަދި މަނީ ލޯންޑަރިންގ އާއި ދެކޮޅަށް މަސައްކަތްކުރުމަށް ބޭނުންވާ ވަސީލަތްތައް އަޅުގަނޑުމެންގެ އަތުގައި ހުރިކަން ޔަޤީންކުރުމަށާއި، އަދި ޤައުމުގެ އެންފޯސްމަންޓް އޭޖެންސީތަކުން އެމީހުންގެ މަސައްކަތް ކުރަމުންދާކަން ޔަޤީންކުރުމަށް،" ފްރީލޭންޑް ވިދާޅުވިއެވެ.

image?url=https%3A%2F%2Finvestigative-journalism-foundation.ghost.io%2Fcontent%2Fimages%2F2024%2F07%2FAdrian2.jpg&w=3120&q=75

ނަމަވެސް މި ބަދަލުތައް ޢާރިފް ފަދަ ޝިކާރައަކަށްވެފައިވާ މީހުންނަށް މާ ލަހެވެ. އޭނާ އަދިވެސް އޭނާގެ ދިރިއުޅުން އަނބުރާ ރަނގަޅު މަގަށް އަޅުވަމުންދަނީއެވެ.

އޭޕްރިލް މަހާ ހަމައަށް، ޢާރިފް ބުނާ ގޮތުގައި އެމްޓީއެފްއީ އިން ގެއްލުނު ފައިސާ އޭނާގެ މައިންބަފައިންނަށް އަނބުރާ ދައްކާ ވަނީ ހަލާސް ކޮށްފަ އެވެ. އެއީ ފަސޭހައިން ވީކަމެއް ނޫނެވެ: އޭނާ ހުރިހާ ޚަރަދުތަކެއް ހެން ކުޑަކުރަން ޖެހުނެވެ، އަދި އާންމުކޮށް ރައްޓެހިންނާއެކު ހޭދަކުރާ ވަގުތު މަދުކުރަން ޖެހުނެވެ.

އަދި އޭނާ އަލުން އިންވެސްޓް ކުރުމާމެދު ވަރަށް ފަރުވާތެރިވެއެވެ.

"މީހުން ނިކަމެތި ދިރިއުޅުމަކުން އަރައިގަނެ އެމީހުންނަށާއި އާއިލާއަށް ރަނގަޅު ދިރިއުޅުމެއް ހޯދަން އަބަދުވެސް މަސައްކަތްކުރާނެ، ގޮތެއް ފެނޭތޯ މިހެން އުޅޭއިރު ބޮނޑި ލިބި ހާލުގައި ޖެހޭ ފަހަރު އަންނާނެ،" ޢާރިފް ބުނެފައިވެއެވެ.

"މިހާރުވެސް، ކޮންމެ ދުވަހަކުވެސް، މީހުން އައު މަކަރު ތަކާއި ސްކޭމް ހީލަތްތަކުގައި އަންނަނީ ޖެހެމުން."

އެޑިޓަރުގެ ނޯޓު: މަތީގައިވާ ރިޕޯޓަކީ އިންވެސްޓިގޭޓިވް ޖާނަލިޒަމް ފައުންޑޭޝަން އާއި ސީޓީވީ ނިއުސް ގުޅިގެން ނެރުނު ރިޕޯޓެއްގެ ދިވެހި ތަރުޖަމާ އެވެ.

ތިރީގައި މިވަނީ ބަންގުލަދޭސްގެ "ދަ ޑެއިލީ ސްޓަރސް" އިން މިކަމާއި ގުޅޭގޮތުން ލިޔެފައިވާ ބައެއް ހަބަރުތަކުގެ ލިންކުތަކާއި ބައެއް ވީޑިއޯ ތަކެެވެ.

MTFE scam: Whose responsibility is it, anyway?

Caught in the ‘easy money’ scam

Around five lakh might be victims: CID

Ponzi trading app ‘MTFE’ shuts down