ޓްވިމްބިޓް ޓެލެކޮމް އެވޯޑްސް 2025 ގައި އުރީދޫ މޯލްޑިވްސް އަށް ޓެލްކޯ އޮފް ދަ އިޔާ - ސްމޯލް މާކެޓްސްގެ ޝަރަފު ވިދި ވިދިގެން ދެވަނަ އަހަރު ލިބިއްޖެއެވެ.
މި އެވޯޑަކީ ތަފާތު މާކެޓް ސެގްމެންޓްތަކުގައި އިނޮވޭޝަން، ކަސްޓަމަރުންގެ ތަޖުރިބާ އަދި ޑިޖިޓަލް ޓްރާންސްފޯމޭޝަންގައި މޮޅު ޓެލެކޮމިއުނިކޭޝަން އޮޕަރޭޓަރުން ފާހަގަކުރާ އެވޯޑެކެވެ.
ސްމޯލް މާކެޓްސް ކެޓަގަރީގައި ވާދަކުރަނީ އާބާދީ 2 މިލިއަން ހަމަ ނުވާ ގައުމުތަކުގެ ޓެލްކޯ އޮޕަރޭޓަރުންނެވެ. މިއަހަރުގެ މުބާރާތުގައި އުރީދޫ މޯލްޑިވްސް އަށް މި ވަނަ ލިބިފައިވަނީ ދިރާގު (ރާއްޖެ)، ޑީއެސްޓީ (ބްރޫނާއީ)، ބޫޓާން ޓެލެކޮމް ފަދަ ނަން މަޝްހޫރު ކުންފުނިތަކާ ވާދަކޮށްގެންނެވެ.
މި ވާދަވެރި ކެޓަގަރީގައި އުރީދޫ މޯލްޑިވްސްގެ ޑިޖިޓަލް އިނޮވޭޝަން، އިންކްލޫސިވް ސަރވިސަސް އަދި ރާއްޖޭގެ ޑިޖިޓަލް މާހައުލު ބަދަލުކުރުމަށް ކުރަމުންދާ މަސައްކަތް ވަނީ ޚާއްޞަ ގޮތެއްގައި ފާހަގަކޮށްފައެވެ. "ޑިޖިޓަލް މޯލްޑިވްސް" ތަސައްވުރުގެ ދަށުން 5ޖީ ފުޅާކުރުމާއި، އެމް-ފައިސާ މެދުވެރިކޮށް ފިންޓެކް އިނޮވޭޝަން، އޭއައި ޑްރިވެން ޑިޖިޓަލް އެކްސްޕީރިއަންސް އަދި މާނަހުރި ކޮމިއުނިޓީ އިނިޝިއޭޓިވްސްއަށް އެ ކުންފުނިން ކުރާ ސްޓްރެޓެޖިކް އިންވެސްޓްމަންޓްތަކަށް މި އެވޯޑުން އަލިއަޅުވާލާފައިވެއެވެ.
އުރީދޫ މޯލްޑިވްސްގެ ސީއީއޯ ޚާލިދު އަލް ހަމާދީ ވިދާޅުވެފައިވަނީ ޖެހިޖެހިގެން ދެވަނަ އަހަރަށް މި އެވޯޑް ލިބުމަކީ ކުންފުނީގެ ޓީމަށް ލިބުނު ފަޚުރެއް ކަމަށާއި، މިއީ ހަގީގަތުގައި ވެސް ދިވެހިރާއްޖެ ޑިޖިޓަލީ ކުރިއަރުވަން އެ ކުންފުނިން ކުރަމުން އަންނަ މަސައްކަތުގެ ހެއްކެއް ކަމަށެވެ.
"އަޅުގަނޑުމެން މި އަގު ވަޒަންކުރަނީ އަޅުގަނޑުމެންގެ ހީވާގި މުވައްޒަފުންނާއި އަގުހުރި ކަސްޓަމަރުންނާއި ޕާޓްނަރުންނަށް، އެ ފަރާތްތަކުގެ ސަބަބުން އަޅުގަނޑުމެން ދެމުން އަންނަ ޚިދުމަތްތައް އިހުނަށްވުރެ ރަނގަޅުކޮށް، މިހާރަށްވުރެ ބޮޑަށް ގުޅިފައިވާ ޑިޖިޓަލް މޯލްޑިވްސްއެއް އުފެއްދުމަށް އަބަދުވެސް ހިތްވަރު ދޭތީ."
އަލް ހަމާދީ ވިދާޅުވިއެވެ.
އުރީދޫ މޯލްޑިވްސްއިން މި އެވޯޑާއެކު، ޑިޖިޓަލް ފަރަގުތައް ނައްތާލުމާއި، ޓެކްނޮލޮޖީގެ ޒަރިއްޔާއިން އާންމު ދިރިއުޅުމުގެ ތަޖުރިބާތައް ރަނގަޅުކުރުމާއި، ގައުމީ ކުރިއެރުމުގެ މައި ކުންފުންޏެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ އަޒުމުގައި ދެމިއޮންނާނެ ކަމަށް ބަޔާންކޮށްފައިވެއެވެ. މި އެވޯޑަކީ އުރީދޫ މޯލްޑިވްސްގެ އިނޮވޭޓިވް އަދި ކަސްޓަމަރ-ސެންޓްރިކް އެޕްރޯޗްގެ ހެއްކެއްގެ ގޮތުގައި ބެލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!