އުރީދޫ މޯލްޑިވްސްއިން ފުރަތަމަ ފަހަރަށް ބާއްވާ "އުރީދޫ ނޭޝަން އިންޓަރ ކޮލެޖް އީ-ސްޕޯޓްސް ޗެމްޕިއަންޝިޕް 2025" އަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ރާއްޖޭގައި ބާއްވާ މިފަދަ ފުރަތަމަ ޤައުމީ ފެންވަރުގެ ކޮލެޖިއޭޓް އީސްޕޯޓްސް މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 29 ވަނަ ދުވަހުއެވެ. މުބާރާތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ކޮލެޖް ޓީމުތަކަށް ދައުވަތު ދެނީ ތިން އީސްޕޯޓް ޓައިޓަލެއްގައި ވާދަކުރުމަށެވެ. އެއީ މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް، ޕަބްޖީ މޮބައިލް އަދި އީއޭއެފްސީ 25 އެވެ.
މުބާރާތުގައި ބައިވެރިވެވޭނެ ގޭމްތަކަކީ:
1. މޯބައިލް ލެޖެންޑްސް: ބޭންގް ބޭންގް
- މުބާރާތް ފެށޭ ތާރީޚް: 29 މެއި 2025 (އޮންލައިން)
- ޓީމް އެކުލެވިގެންވާންޖެހޭނީ މަދުވެގެން 4 ކޮލެޖް ދަރިވަރުންގެ މައްޗަށް
- ރަޖިސްޓްރޭޝަން ލިންކް: ore.do/inter-college-mlbb
2. ޕަބްޖީ މޮބައިލް
- މުބާރާތް ފެށޭ ތާރީޚް: 29 މެއި 2025 (އޮންލައިން)
- ޓީމް އެކުލެވިގެންވާންޖެހޭނީ މަދުވެގެން 3 ކޮލެޖް ދަރިވަރުންގެ މައްޗަށް
- ރަޖިސްޓްރޭޝަން ލިންކް: ore.do/inter-college-pubgm
3. އީއޭއެފްސީ 25
- މުބާރާތް ފެށޭ ތާރީޚް: 30 މެއި 2025 (ފިޒިކަލް އިވެންޓް)
- ޓީމް އެކުލެވިގެންވާންޖެހޭނީ ހަމައެކަނި ކޮލެޖް ދަރިވަރުންގެ މައްޗަށް
- ރަޖިސްޓްރޭޝަން ލިންކް: ore.do/inter-college-eafc
މުބާރާތުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރުމުގެ ސުންގަޑިއަކީ 25 މެއި 2025 ވާ ބުރާސްފަތި ދުވަހުގެ ރޭ 23:59 އެވެ. ކޮންމެ ޓައިޓަލްއަކަށް ރަޖިސްޓްރޭޝަން ފީގެ ގޮތުގައި 100 ރުފިޔާ ދައްކަންޖެހޭނެއެވެ.
މުބާރާތުގެ ކޮންމެ ޓައިޓަލްއަކަށް 10،000 ރުފިޔާގެ އިނާމު ޕޫލެއް ވަނީ ކަނޑައަޅާފައެވެ. މި އިނިޝިއޭޓިވްއަކީ ޒުވާނުން ބާރުވެރިކުރުވުމަށާއި ޑިޖިޓަލް ބައިވެރިވުމަށް ބާރުއަޅާ، އީސްޕޯޓްސްގެ ދާއިރާއިން ހަރުދަނާ މުޖުތަމައުތައް ކުރިއެރުވުމަށް އުރީދޫ މޯލްޑިވްސްއިން ކުރަމުން ގެންދާ މަސައްކަތުގެ ތެރެއިން ފާހަގަކޮށްލެވޭ އިނިޝިއޭޓިވްއެކެވެ.
ޓީމުތަކުން ރަޖިސްޓަރ ކުރާއިރު، ކޮލެޖުން ބައިވެރިވުމަށް ކަނޑައެޅިފައިވާ ދަރިވަރުންގެ ރިކުއަމަންޓް ފުރިހަމަ ކުރަންޖެހޭނެކަމަށް އުރީދޫއިން ބުނެފައިވެއެވެ.
އުރީދޫ މޯލްޑިވްސްގެ ފަރާތުން މި މުބާރާތް ބޭއްވުމުގެ މަޤްޞަދަކީ ރާއްޖޭގައި އީސްޕޯޓްސްގެ ކުރިއަރަމުން އަންނަ އެތުލީޓުންނަށް ޕްލެޓްފޯމެއް ޤާއިމުކޮށްދީ، އެފަރާތްތައް ބާރުވެރިކޮށް އާ މަގުތައް ފަހިކޮށްދިނުމެވެ.
މުބާރާތުގެ މުބާރާތްތައް އުރީދޫ ނޭޝަންގެ ޔޫޓިއުބް ޗެނަލުން ލައިވްކޮށް ދައްކާނެ ކަމަށާއި، މުބާރާތާ ގުޅޭ ތަފްސީލާއި ޓީމް ސްޓޭންޑިންގްތައް އުރީދޫ ނޭޝަންގެ ސޯޝަލް މީޑިއާ ޗެނަލްތަކުން ލިބެން ހުންނާނެ ކަމަށްވެސް އުރީދޫއިން ބުނެފައިވެއެވެ.
މި މުބާރާތަކީ ރާއްޖޭގައި އީސްޕޯޓްސްގެ ދާއިރާ ކުރިއެރުވުމަށާއި، ޒުވާނުންގެ ޑިޖިޓަލް ހުނަރުތައް ތަރައްޤީކުރުމަށް މުހިންމު ފިޔަވަޅެއް ކަމަށް ބެލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!