ވާވޭ ޓެކްނޮލޮޖީސް ކޯޕަރޭޝަންގެ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޤާބިލިއްޔަތު އިތުރުވަމުންދާތީ އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުންނާއެކު ބޭއްވުނު ބައްދަލުވުމެއްގައި އެންވިޑިއާގެ ސީއީއޯ ޖެންސެން ހުއާންގ، ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި މަޢުލޫމާތު ހާމަކޮށްފައިވަނީ އެމެރިކާގެ ކޮންގްރެސްގެ ސީނިއަރ ކޮމިޓީ މުވައްޒަފެކެވެ.

ބުރާސްފަތި ދުވަހު ބޭއްވުނު މި ސިއްރު ބައްދަލުވުމުގައި، އެންވިޑިއާގެ އިސްވެރިންނާއި އެމެރިކާގެ ރައްޔިތުންގެ މަޖިލީހުގެ ފޮރިން އެފެއާޒް ކޮމިޓީގެ މެންބަރުން ބައިވެރިވިއެވެ. މި ބައްދަލުވުމުގައި މަޝްވަރާކުރެވުނު ކުރެވުނު މައުޟޫތަކުގެ ތެރޭގައި ވާވޭގެ އާޓިފިޝަލް އިންޓެލިޖެންސް ޗިޕްތަކާއި، ޗައިނާއަށް އެންވިޑިއާގެ ޗިޕްތައް ވިއްކުމަށް ގެނެވިފައިވާ ހަނިކުރުންތަކުގެ ސަބަބުން އެކުންފުނީގެ ޗިޕްތައް ވާދަވެރި ބާޒާރުގައި އިތުރަށް ވަރުގަދަވެދާނެ ކަމުގެ ކަންބޮޑުވުން ހިމެނެއެވެ.

Ad
rt

"ޑީޕްސީކް އާރު1 އަކީ ވާވޭގެ ޗިޕްތަކުގައި ތަމްރީނުކުރެވިފައިވާ މޮޑެލެއް ކަމުގައިވާނަމަ، ނުވަތަ މުސްތަޤުބަލުގައި ވާވޭގެ ޗިޕްތަކަށް އެންމެ އެކަށީގެންވާގޮތަށް އޮޕްޓިމައިޒްކުރެވިފައިވާ އޯޕަން ސޯސް ޗައިނީޒް މޮޑެލެއް ތަޢާރަފުކުރެވިއްޖެނަމަ، އެކަމުގެ ސަބަބުން ވާވޭގެ ޗިޕްތަކަށް ދުނިޔޭގެ ބާޒާރުގައި ޑިމާންޑް އުފެދުމުގެ ނުރައްކާ އެބައޮތް،" ކަމަށް ސީނިއަރ ސްޓާފް މަސްދަރު ބުނެފައިވެއެވެ.

އެންވިޑިއާގެ ތަރުޖަމާނު ޖޯން ރިޒޯ ދީފައިވާ ބަޔާނެއްގައި ބުނެފައިވަނީ "ޖެންސެން ހައުސް ފޮރިން އެފެއާޒް ކޮމިޓީއާ ބައްދަލުކުރެއްވީ އާޓިފިޝަލް އިންޓެލިޖެންސްގެ ސްޓްރެޓެޖިކް މުހިންމުކަމާއި، އެމެރިކާގެ މެނުފެކްޗަރިންގ ދާއިރާއަށް އިންވެސްޓްކުރުމުގެ މުހިންމުކަމާ ބެހޭގޮތުން މަޝްވަރާކުރުމަށެވެ. އަދި "އެމެރިކާގެ ޓެކްނޮލޮޖީއާއި މަޞްލަޙަތުތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރިއެރުވުމަށް ސަރުކާރުން ކުރާ މަސައްކަތްތަކަށް އެންވިޑިއާއިން ފުރިހަމައަށް ތާއީދުކުރާ ކަން އޭނާ އަލުން ޔަޤީންކޮށްދެއްވި" ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.