ރޭގެ ވަގުތެއްގައި ރާއްޖެއިން ކޮރޯނާ ވައިރަސް އަަސަރުކޮށްފައިވާކަމަށް ޝައްކު ކުރެވޭ މީހަކު ފެނިގެން ކަރަންޓީނު ކުރެވިފައިވަނިކޮން ރާއްޖޭގެ މަޝްހޫރު ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަދި އޭޑީކޭ ހޮސްޕިޓަލުގެ ޗީފް މެޑިކަލް އޮފިސާ ޑރ. އަބްދުﷲ ނިޔާފް މިވަނީ ޓުވިޓަރ މެދުވެރިކޮން މިކަމުގައި އަމަލު ކުރަންވީ ގޮތުގެ ކުޑަ އިރުޝާދެއް ދެއްވާފައެވެ.

އެންމެ ފުރަތަމަ ޑރ ނިޔާފްގެ ޓުވީޓުގަައި ބުނެފައިވަނީ ޗައިނާގެ ހުރިހާ ޕްރޮވޮންސް އަކުން ކޮރޯނާވައިރަސް މިހާރު ފެނިފަ ވުމާއިއެކު, ހުމާ, ރޯގާ, ކެއްސުން, ނޭވާކުރުވުން ފަދަ އަލާމާތެއް ޗައިނާއިން ފުރިތާ 14 ދުވަސްތެރޭ ފެނިއްޖެނަމަ ހޮޓްލައިން 7377004 އަށް ގުޅާ ހަދަންވީގޮތުގެ މައުލޫމާތު ހޯދުމަށެވެ.

Ad
rt

ގުޅާ އެންގުމަކާނުލާ މަރުކަޒު/ހޮސްޕިޓަލަށް ނުދޭ!

މީގެ އިތުރުން ބުނެފައިވަނީ ޗައިނާއިން ފުރިތާ 14 ދުވަސްތެރޭ ބަލީގެ އަލާމާތެއް ފެނިއްޖެނަމަ:

  • އަތް ރަގަޅަށް ދޮވެ ސާފުކުރޭ. ގޭގަ ތިބިމީހުންވެސް.
  • މީހުންތެރެޔައް ނުނިކުމޭ.
  • ބަލިމީހާ އަވަހަށް މާސްކު އަޅާ.
  • ހޮޓްލައިން 7377004 އަށް ގުޅާ. ހަމަޖައްސާ އަންގާ ގޮތައް ހަދާ.

މީގެއިތުރުން ކެއްސާ ކިބިހި އަޅާނަމަ މިކަންކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެދިފައިވެއެވެ.

  • ނޭފަތާ އަގަ ޓިށޫއަކުން ރަގަޅައް ނިވާކުރޭ.
  • ބޭނުންކޮށް ނިމުމާއި އެކު ޓިށޫ ރައްކާތެރިކޮށް ޑަސްބިން އަށްލާ.
  • އަނެއްކާވެސް އަތް ސާފުކުރޭ.
  • ރޯގާ ވެސް ޓިށޫއައް ފޮޅާ.
  • އެ ޓިށޫވެސް ރައްކާތެރިކޮށް ބިންއަށްލާ.
  • އާންމު ތަންތަނަށް ރޯގާފޮޅާ,
  • ކުޅުޖަހާ ނުހަދާ.

ޑރ ނިޔާފްވަނީ ތަކުރާރުކޮން ހޮޓްލައިން 7377004 އަށް ގުޅަން ހަނދާން ބަހެއްޓުމަށް އިރުޝާދު ދެއްވާފައެވެ.

‏މި ބައްޔަށް ވުމުގެ ފުރުސަތެއް ކުޑަކޮށް އޮތް ނަމަވެސް, ގުޅާ އެންގުމަކާ ނުލާ މަރުކަޒު, ހޮސްޕިޓަލް, ކުލިނިކު ފަދަ ތަނަކަށް ނުދާތި. ބަލި ފެތުރުމުގެ ފުރުސަތު ކުޑަކުރަން އެއްބާރުލުން ދީ.

ގުޅާ އެންގުމަކާ ނުލާ މަރުކަޒު, ހޮސްޕިޓަލް, ކުލިނިކު ފަދަ ތަނަކަށް ނުދިއުމަށް ތަކުރާރުކޮން އެދިފައިވެއެވެ.

ބަައްޔަށް ޝައްކު ކުރެވޭ, ނުވަތަ ބަލިހުރިކަމަށް ޔަގީން ކުރެވިފަވާ ފަރާތަކާ އެކު ދިރިއުޅޭ, ބަންދު ކޮޓަރިއެއް ނުވަތަ އެނޫންވެސް އެފަދަ ތަނެއްގައި އެއްކޮށް ވަގުތު ހޭދަކޮށްފަ ވާފަރާތެއްގެ ކިބައިންބަލީގެ އަލާމާތެއް ފެނިއްޖެނަމަ ހޮޓްލައިން 7377004 އަށް ގުޅާ!!

ޑރ ނިޔާފްގެ މި ޓުވީޓުތަކުންވެސް ހޮޓްލައިން އާއި ގުޅަައިގެން މަޢުލޫމާތު ސާފުކޮށް މަޢުލޫމާތު ހިއްސާ ކުރުމުގެ މުހިންމުކަން ހާމަވެއެވެ.