ފޭސް ދެއެއްގެ ކަރަންޓު ވިއުގައަށް ދިމާވެފައިވާ ކްރިޓިކަލް މައްސަލަތަކެއް ހައްލުކުރުމަށް ސްޓެލްކޯއިން މަސައްކަތް ފަށައިފި އެވެ.
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން މިއަދު ހާމަކުރި ގޮތުގައި، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައަށް ދިމާވެފައިވާ ކްރިޓިކަލް މައްސަލަތަކެއް ހައްލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރު ފެށިގެން ކުރިއަށްދާކަމަށެވެ.
މި މަސައްކަތުގެ ތެރެއިން، ހިޔާ ފްލެޓްތަކުގެ 9، 10، 11 އަދި 12 ވަނަ ޓަވަރުތަކުގެ ކަރަންޓު މިއަދު މެންދުރުފަހު 13:30 އިން 15:30 އަށް ވަގުތީގޮތުން މެދުކަނޑާލެވޭނެ ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ. ނަމަވެސް، މަސައްކަތް ނިމުމާއެކު ވީހާވެސް އަވަހަކަށް ކަރަންޓުގެ ޚިދުމަތް އަލުން ފޯރުކޯރުކޮށްދެވޭނެ ކަމަށް އެ ކުންފުނިން ހާމަކޮށްފައިވެއެވެ.
ސްޓެލްކޯގެ ފަރާތުން މި މަސައްކަތް ކުރިއަށް ގެންދަނީ ކަސްޓަމަރުންނަށް މެދުނުކެނޑި، އެންމެ ފުރިހަމަ ގޮތުގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ކަމަށް ބުނެފައިވެއެވެ. އަދި މިފަދަ ޙާލަތްތަކުގައި ކަސްޓަމަރުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވާފައިވެއެވެ.
ސްޓެލްކޯއިން އިތުރަށް ބުނެފައިވަނީ، ކަރަންޓު ކަނޑާލަންޖެހުމުގެ ސަބަބުން ދިމާވާނެ ދަތިތަކަށް މަޢާފަށް އެދޭ ކަމަށެވެ. މި މަސައްކަތަކީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ކަރަންޓު ވިއުގައިގެ ދެމެހެއްޓެނިވި ކަން ކަށަވަރުކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށް ސްޓެލްކޯއިން ފާހަގަކޮށްފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!