ސްކޫލްގެ މިޑްޓަރމް ބަންދަށް ޚާއްސަ ޕެކޭޖުތަކެއް މޯލްޑިވިއަން އިން ތައާރަފުކޮށްފިއެވެ.
މޯލްޑިވިއަން އިން އައްޑޫއަށް ތައާރަފު ކޮށްފައިވާ "އައިލެންޑް ޓްއަރ އިން އައްޑޫ" ޕެކޭޖާއި ބެންކޮކަށް ފަސް ރޭގެ ހުރުމާއެކު ތައާރަފު ކޮށްފައިވާ ޕެކޭޖަކާއި ލ. އަތޮޅު ބަލައިލަން ދާން ބޭނުންވާ ފަރާތްތަކަށް ތައާރަފު ކޮށްފައިވާ ޚާއްސަ ޕެކޭޖެއް ތަޢާރަފްކޮށްފައެވެ.

އައްޑޫ ޕެކޭޖުގައި މީހަކަށް 5450ރ. ދައްކަން ޖެހޭއިރު، މި ޕެކޭޖު ނެގުމުން ހަތް ދުވަހުގެ ހުރުން ލިބޭނެއެވެ. ލާމު ޕެކޭޖު 4،080ރ. އަށް ވިއްކާއިރު، މި ޕެކޭޖުގައި ދެ އަހަރުން ދަށުގެ ކުދިންނަށް ހިލޭ ދަތުރު ކުރެވޭނެ ކަމަށްވެސް މޯލްޑިވިއަން އިން ބުނެއެވެ.

މީގެއިތުރުން ބެންކޮކް ޕެކޭޖު މީހަކަށް 555 ޑޮލަރު ނުވަތަ ގާތްގަނޑަކަށް 8،558ރ އަށް ހުރި އިރު، މި ޕެކޭޖު ނަގާ ފަރާތްތަކަށް ހަ ދުވަހުގެ ހުރުން ލިބެއެވެ. މި ޕެކޭޖު ނަގާ ފަރާތްތަކުން ތިބޭނީ ތްރީ ސްޓާރގެ ހޮޓަލެއްގައެވެ.

ހުރިހާ ޕެކޭޖުތަކެއްވެސް ނެގުމުގެ ފުރުސަތު އަންނަ މަހުގެ 29 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަަމަށްވެސް މޯލްޑިވިއަން އިން ވަނީ ބުނެފައެވެ.
މޯލްޑިވިއަން ހޮލިޑޭސްގެ އިން މީގެ ކުރިން ވެސް ބަންދުތަކާ ދިމާކޮށް ޚާއްސަ އަގުތަކެއްގައި ޓިކެޓު ވިއްކާ ޕެކޭޖުތައްވެސް ވިއްކާފައިވެއެވެ.
For bookings and further details, contact Maldivian Holidays at +960 3331282 or Viber +960 7915588 or email bookings@iasl.aero#MaldivianHolidays #Takesyouthere #SingaporeAirlines #BangkokPackage
— Maldivian Holidays (@MaldivianHol) January 27, 2020
މޯލްޑިވިއަން އިން ބުނީ މި ޕެކޭޖްތަކަށް ބަދަލު ގެނެސް އެކި ޚިދުމަތްތައް އެޑް ކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް އޮންނާނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!