އާދީއްތަ ދުވަހުގެ މެންދަމުގެ ފަހުން ވައިޓް ހައުސް ކައިރީގައި ހަތިޔާރެއް ހިފައިގެންހުރި މީހަކަށް ޔޫ.އެސް. ސީކްރެޓް ސަރވިސްގެ އޮފިސަރުން ބަޑިޖަހައިފި ކަމަށް އެ އޭޖެންސީގެ ފަރާތުން ކަށަވަރުކޮށްދީފިއެވެ.

ސީކްރެޓް ސަރވިސްގެ ތަރުޖަމާނު އެންތޯނީ ގުގްލިއެލްމީ ބުނިގޮތުގައި މި ޙާދިސާ ހިނގީ މާރޗް 9 ވަނަ ދުވަހުގެ މެންދަމުގެ ފަހު 12 ގައި ވައިޓް ހައުސްގެ އައިޒެންހަވަރ އެގްޒެކެޓިވް އޮފީސް ޢިމާރާތުގެ ހުޅަނގު އުތުރު ކަންމަތީގައެވެ.

Ad
rt

ހޮނިހިރު ދުވަހު އިންޑިއާނާގެ ޕޮލިސް ޑިޕާޓްމަންޓުން ބުނީ، އަމިއްލަ ފުރާނައަށް ގެއްލުން ދިނުމަށް ވިސްނަމުންދާ މީހަކު ފެޑެރަލް ސަރަޙައްދަށް ދަތުރުކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ސީކްރެޓް ސަރވިސްއިން ފާހަގަކުރި ގޮތުގައި، މި މީހާގެ ކާރު ވައިޓް ހައުސްގެ ހުޅަނގު ސަރަޙައްދުގައި ޕާކުކޮށްފައި ވަނިކޮށް ފެނިފައިވެއެވެ.

ގުގްލިއެލްމީ ވިދާޅުވި ގޮތުގައި، "އޮފިސަރުން އޭނާއާ ކައިރިވިއިރު، އޭނާ ވަނީ ހަތިޔާރެއް ނެރެ ދައްކާފައެވެ. އެއަށްފަހު ހަމަލާ ބަދަލުކުރިއެވެ. މި ހާދިސާގައި ސީކްރެޓްސާވިސްގެ އޮފިސަރުން ވަނީ އޭނާގެ ގަޔަށް ބަޑި ޖަހާފައެވެ. އިތުރަށް ބުނިގޮތުގައި މި ހާދިސާގައި ސީކްރެޓް ސަރވިސްގެ އެއްވެސް މުވައްޒަފަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ވޮޝިންގްޓަން ޑީ.ސީ.ގެ މެޓްރޮޕޮލިޓަން ޕޮލިސް ޑިޕާޓްމަންޓުން މިހާރު ދަނީ މި ހާދިސާގެ ތަޙުޤީޤު ކުރިއަށް ގެންދަމުންނެވެ. އެއީ ޑިސްޓްރިކްޓް އޮފް ކޮލަމްބިއާގައި ބާރުގެ ބޭނުންކުރުމުގެ ހާދިސާތައް ބެލުމުގެ މައިގަނޑު ޒިންމާ އުފުލާ އިދާރާއަކީ މެޓްރޮޕޮލިޓަން ޕޮލިސް ޑިޕާޓްމަންޓް ކަމަށް ވާތީއެވެ.

މި ހާދިސާ ހިނގިއިރު ޕްރެޒިޑެންޓް ޑޮނަލްޑް ޓްރަމްޕް ވަނީ ފްލޮރިޑާގައި ހުންނަ އޭނާގެ މާރު-އަ-ލާގޯ ގޭގައެވެ. މީހާ ވޮޝިންގްޓަން އަށް އައި ސަބަބެއް މިވަގުތު އެނގިފައި ނުވާކަމަށް ވެސް ސީކްރެޓް ސަރވިސްއިން ބުންޏެވެ.