އުރީދޫ މޯލްޑިވްސްއިން ކުރިއަށްގެންދިޔަ "5ޖީ ލިބޭ" ކެމްޕެއިންގެ އެންމެ އަގުހުރި އިނާމު ކަމުގައިވާ ހޮންޑާ ރިބެލް 300 ސައިކަލް، އިބްރާހިމް އަފްރާއަށް ލިބިއްޖެއެވެ.
މި އިނާމު އަފްރާއާ ހަވާލުކުރެވުނީ ހުޅުމާލޭގައި ބޭއްވުނު ކުލަގަދަ ޝޯވއެއްގައެވެ.
ރާއްޖޭގެ އެންމެ ވަރުގަދަ އަދި އެންމެ ބޮޑު 5ޖީ ނެޓްވޯކް ކަމަށްވާ އުރީދޫ މޯލްޑިވްސްއިން ކުރިއަށްގެންދިޔަ މި ޕްރޮމޯޝަން ނިމުމަކަށް އައީ 31 ޑިސެމްބަރު 2024 ގައެވެ. މި ޕްރޮމޯޝަނުގެ ދަށުން ޖުމްލަ 30 ކަސްޓަމަރަކަށް 30 ސައިކަލު ވަނީ ދޫކޮށްލެވިފައެވެ.
އުރީދޫ އިން ފަރާތުން މަޢުލޫމާތު ދެއްވި ގޮތުގައި، މި ޕްރޮމޯޝަނުގައި ކޮންމެ ތިން ދުވަހަކުން އެއްފަހަރު ނަސީބުވެރި ކަސްޓަމަރަކަށް ސައިކަލެއް ލިބުނެވެ. މީގެ ތެރޭގައި ހިމެނެނީ އެއާ ބްލޭޑް 125 އާއި 160 ގެ ސްޓޭންޑަޑް އެޑިޝަން (ރަތް ކުލަ) އަދި ޕީސީއެކްސް160 (ކަޅު ކުލަ) އެވެ.
މި ޕްރޮމޯޝަނުގައި ބައިވެރިވުމަށް އުރީދޫގެ ކަސްޓަމަރުން 30 ދުވަހުގެ ތެރޭގައި 250 ރުފިޔާއަށް ވުރެ މަތިން ބިލް ދައްކައި، ރީޗާޖު ކޮށް ނުވަތަ އެޑް-އޮން އެއް ބޭނުންކުރަން ޖެހުނެވެ. އަދި އުރީދޫއާ އަލަށް ގުޅުނު ކަސްޓަމަރުން 400 ރުފިޔާއިން މަތިން ބިލް ދައްކައި، ރީޗާޖު ކޮށް ނުވަތަ އެޑް-އޮން އެއް ބޭނުންކުރަން ޖެހުނެވެ.

މި ޕްރޮމޯޝަނަކީއުރީދޫގެ 5ޖީ ލިބޭ ކެމްޕެއިންގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުޖުތަމައުތަކަށް ހަލުވި ސްޕީޑާއި ލެޓެންސީ ދަށްކޮށް، ކަނެކްޓިވިޓީ އިތުރުކޮށްދޭ އުރީދޫގެ ޒަމާނީ 5ޖީ ޓެކްނޮލޮޖީ ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދާ ގޕްރޮމޯޝަނެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!