އުރީދޫ މޯލްޑިވްސްއިން އެ ކުންފުނީގެ ވަރުގަދަ ނެޓްވޯކް ދައްކުވައިދޭ އައު ކެމްޕެއިނެއް ތަޢާރަފުކޮށްފި އެވެ.
މި ކެމްޕެއިންގައި ހިމެނެނީ ކުރު އަދި ހިތްގައިމު އިޝްތިހާރުތަކެއް ކަމަށްވާއިރު، އާންމުކޮށް ދިމާވާ ކަނެކްޓިވިޓީގެ މައްސަލަތައް މަޖާ ގޮތަކަށް ދައްކުވައިދީފައިވެ އެވެ.
މި ކެމްޕެއިންގެ މައިގަނޑު އަސާސް އަދި ކެރެކްޓަރުތައް ތައްޔާރުކޮށްފައިވަނީ ފިލްމީ ދާއިރާގެ ޒަމާނީ ޓެކްނޮލޮޖީތައް ބޭނުންކޮށްގެންނެވެ. އޭގެ ތެރޭގައި އޭއައި އަދި ފެންވަރު ރަނގަޅު ޕްރޮސްތެޓިކްސް ހިމެނެއެވެ. މި ކެރެކްޓަރުތަކަކީ އުރީދޫގެ މެސްކޮޓްތަކެއް ނޫން ކަމަށްވާއިރު، ނެޓްވޯކް ތަޖުރިބާ ދަށްވުމުން ކުރިމަތިވާ މައްސަލަތައް މަޖާކޮށް ދައްކުވައިދިނުމަށް ބޭނުންކުރާ ކެރެކްޓަރުތަކެކެވެ.
"ކަނެކްޓިވިޓީއަކީ މުނިފޫހިފިލުވުމާއި މަސައްކަތާއި ދިރިއުޅުމުގެ މައިބަދައަކަށް ވެގެންދާއިރު، އުރީދޫން އަންނަނީ ރަނގަޅު ނެޓްވޯކް ތަޖުރިބާއެއް ލިބުމުގެ މާނަ ދައްކުވައިދެމުން"
އުރީދޫގެ ގްރޫޕް ޗީފް ކޮންސިއުމާ އޮފިސަރު ބިލާލް ކަޒްމީ ވިދާޅުވި އެވެ.
މި ސިލްސިލާގެ ފުރަތަމަ އިޝްތިހާރު އަމާޒުކޮށްފައިވަނީ ގޭމިން ކޮމިއުނިޓީއަށެވެ. އުރީދޫއަކީ އެންމެ ރަނގަޅު ގޭމިން ނެޓްވޯކް ކަމުގައި ސިފަކޮށްދޭ މި އިޝްތިހާރުގައި، ގޭމް ކުޅޭ ފަރާތްތަކަށް ޚާއްޞަކޮށްފައިވާ އެ ކުންފުނީގެ ޕްރޮޑަކްޓްތަކާއި ޚިދުމަތްތައް ފާހަގަކޮށްފައިވެއެވެ.
ކޮންމެ މާކެޓެއްގައިވެސް މަޤްބޫލު ލޯކަލް އިންފްލުއެންސަރުން ހިމަނައިގެން ތައްޔާރުކޮށްފައިވާ މި އިޝްތިހާރުތަކުގައި، ނެޓްވޯކާ ގުޅޭ ދަތިތައް ހައްލުކޮށްދޭ ހީރޯގެ ގޮތުގައި އުރީދޫ ފާހަގަކޮށްފައިވެއެވެ.
މި ކެމްޕެއިންގައި އުރީދޫގެ އީޖާދީ އަދި ޒަމާނީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ގެންގުޅޭ ކަސްޓަމަރ ފަސްޓް އެޕްރޯޗް ވަނީ ފާހަގަކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!