ކޮރޯނާ ވައިރަހަކީ ވައިރަސްތަކެއްގެ ބޮޑު އާއިލާއެއްގެ ވައިރަހެކެވެ. މި ވައިރަހުގެ ސަބަބުން އާދައިގެ ހުމުންފެށިގެން ނުރައްކާތެރި ނިއުމޯނިއާ އަދި މާސް އާއި ސާސް ޖެހެއެވެ.
އާންމު މަޢުލޫމާތު
- ހުންއައުން
- 2 ދުވަހާއި 7 ދުވަހާއި ދޭތެރޭ ހިކިކެއްސުމަކަށް ބަދަލުވުން
- ބަލި ޖެހުމާއިއެކު ނޭވާލާން އުނދަގޫވުން
- ބަނޑުގައި ވައި ހެދުމުގެ މައްސަލަތައް ކުރިމަތިވުން
- ބޭރަށް ހިންގުން
- ގައިގައި ރިއްސުން
ނުރައްކަލުގެ އަލާމަތްތައް
- ގަދަ ހުންއައުން (10.4 ޑިގްރީއިންފެށިގެން މަތި)
- ނިއުމޯނިއާ ޖެހުން
- ކިޑްނީ ފެއިލްވުން
- މަރުވުން
ބަލި ފެތުރޭގޮތް
- ބަލި ޖެހިފައިވާ މީހާ ކެއްސުމުންނާއި ކިނބިހި އެޅުމުން ފެތުރޭ ވައިރަހުގެ ސަބަބުން ނުވަތަ ބަލީގެ ޖަރާސީމު ހުރިތަނެއްގައި އަތްލެވުމުގެ ސަބަބުން
ސަމާލުވާންވީ ކަންކަން
- ދޫނި ސޫފާސޫފި ޖަނަވާރު ގެންގުޅެ، ވިއްކާ އަދި ކަތިލާ ތަންތަނަށް ނުދިއުން
- ރައްކާތެރިކަމުގެ ފިޔަވަޅު ނާޅައި، ބަލިމީހުންނާއި ކައިރީގައި ނޫޅުން
- ގިނަގިނައިން ސައިބޯނިލައިގެން އަތްދޮވުން
- ކެއްސާ ކިނބިހިއަޅާއިރު ޓިޝޫ އަކުން، އަނގައާއި ނޭފަތް ނިވާކުރުން
- ބިސް އަދި އެއްގަމު މަސް ރަނގަޅަށް ކައްކައި ރޯފިލުވުން
ބަލި ފެތުރޭ ހިސާބުތަކަށް ދަތުރުކުރުމަށްފަހު ހުންއައިސް، ނޭވާލާން އުނދަގޫވާފަދަ ކަމެއް ފާހަގަވާނަމަ:
- މާސްކް އަޅައިގެން އުޅުން.
- ސިއްހީ ހިދުމަތް ހޯދަން ނޫން ގޮތަކަށް ބޭރަށް ނުދިއުން.
- އަވަހަށް ފަރުވާ ހޯދުން.
- ވޭތުވެދިއަ 14 ދުވަހުގެތެރޭގައި ދަތުރުކޮށްފައިވާ ތަންތަނުގެ މައުލޫމާތު ކަމާއިބެހޭ ފަރާތްތަކާއި ހިއްސާކުރުން.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!