މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ އީޓުކުރި އިންޓަރނޭޝަނަލްއިން އާ އަހަރާ ދިމާކޮށް ޚާއްޞަ ޕްރޮމޯޝަނެއް ފަށައިފިއެވެ.
އީޓުކުރިން ވިދާޅުވީ، މި ޕްރޮމޯޝަންގެ ދަށުން މިމަހުގެ 31 އާ ހަމައަށް ގެންނަ މުދަލުގެ ބަރުދަނުން ނަގާ ޗާޖުން 25 އިންސައްތައިގެ ޑިސްކައުންޓެއް ލިބޭނެކަމަށެވެ.
އެމެރިކާގެ އޮންލައިން ފިހާރަތަކުން މިވަގުތު ކުރިއަށްދާ "ނިއު އިއަރ ސޭލް" އަދި "ހޮލިޑޭ ސޭލް" ފަދަ ބޮޑެތި ޑިސްކައުންޓް ސޭލްތަކާ ދިމާކޮށް އިއުލާންކޮށްފައިވާ މި ޕްރޮމޯޝަނަކީ، ވިޔަފާރިވެރިންނާއި އަމިއްލަ ބޭނުމަށް އޮތެންޓިކް ތަކެތި ގަންނަން ބޭނުންވާ ފަރާތްތަކަށް ލިބޭ މުހިންމު ފުރުސަތެކެވެ.
މި ޕްރޮމޯޝަންގެ ފައިދާ ހޯދުމަށް "ETUKURI25OFF" ޕްރޮމޯޝަން ކޯޑް ބޭނުންކުރަންޖެހޭނެއެވެ. އަދި ގިނަ ތަކެތި ގެންނަ ފަރާތްތަކަށް އިތުރު ފައިދާ ހޯދުމަށް، އެތަކެތި އެއް ޝިޕްމެންޓަކަށް އެއްކޮށްލުމުގެ އިޚްތިޔާރުވެސް ލިބިގެންވެއެވެ.
އީޓުކުރި އިންޓަރނޭޝަނަލްގެ ޚިދުމަތް މެދުވެރިކޮށް ގެންނަ ތަކެތި ފަސޭހަކަމާއެކު ޓްރެކްކުރެވޭނެއެވެ. އަދި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޑެލިވަރީގެ ޚިދުމަތް ފޯރުކޮށްދެއެވެ.
މޯލްޑިވްސް ޕޯސްޓުން ދެމުންގެންދާ މި ޚިދުމަތަކީ އިތުބާރާއި ޔަގީންކަމާއެކު ފޯރުކޮށްދެވޭ ޚިދުމަތެއްކަން ފާހަގަކޮށްލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!