ކުރީގެ އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒް ސުޕްރީމް ކޯޓަށް އައްޔަން ކުރަން ނުފެންނަ ކަމަށް ލަފާދީފި

983034F8-7D77-4C7D-839E-CEA8054DA1B1-679x400

ކުރީގެ އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒް ސުޕްރީމް ކޯޓަށް އައްޔަން ކުރަން ނުފެންނަ ކަމަށް ލަފާދީފި އެވެ.

ސުޕްރީމް ކޯޓުގައި ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަގާމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސެއިން އައްޔަން ކުރަން ނުފެންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ލަފާ އެރުވުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ނިންމާފަ އެވެ.

15 ޖަނަވަރީ 2020 ގައި ބޭއްވުނު އެ ކޮމިޝަންގެ 05/2020 ވަނަ ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަންގެ ރައީސްއަލްއުސްތާޛު ޙަސަން ޙުސެއިންއެވެ.

މިއަދުގެ ޖަލްސާގައި ނިންމާފައިވާ ކަންކަމަށް ބަލާއިރު:
• ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރުމަށާއި މި ކޮމިޝަނުގެ މަޝްވަރާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެދިވަޑައިގެންފައިވާ ހދ. ވައިކަރަދޫ ވައިޖެހޭގެ، އަލްއުސްތާޛު އަޙްމަދު ފާއިޒް ޙުސައިން އަކީ، އެބޭފުޅާ ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމާއި އަދި ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރުކަމުގެ މަޤާމު އަދާކުރެއްވިއިރު ސުޕްރީމް ކޯޓުން ނިންމާފައިވާ ޤާނޫނާ ޚިލާފު އަދި ސުޕްރީމްކޯޓުގެ އިޙްތިޞާޞުން ބޭރުން ދައުލަތުގެ އެހެން މުއައްސަސާތަކުގެ އިޙްތިޞާޞްގެ ތެރެއަށް ވަދެ ނިންމާފައިވާ ނިންމުންތަކުގައި ބައިވެރިވެވަޑައިގެންފައިވާ ބޭފުޅެއްކަމަށް، "އަލްއުސްތާޛު އަޙްމަދު ފާއިޒް ޙުސައިން ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމާއި ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރުކަން އަދާކުރެއްވިއިރު ޢަމަލުކުރެއްވި ގޮތާ ގުޅޭގޮތުން، "ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުން ނިންމާފައިވާ ޤާނޫނުއަސާސީއާ ޚިލާފް ނިންމުންތަކާ ގުޅޭ ރިޕޯޓު" އެކުލަވައިލި ދިރާސާ ކޮމިޓީގެ މަޝްވަރާ ރިޕޯޓު"ގައި ބަޔާންކޮށްފައިވާތީ، އެ މަޝްވަރާ ކޮމިޝަނަށް ބަލައިގަތުމަށާއި، މިހެންވެ، ހދ. ވައިކަރަދޫ ވައިޖެހޭގެ، އަލްއުސްތާޛު އަޙްމަދު ފާއިޒް ޙުސައިން، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަންކުރުމަށް ނުފެންނަކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާއެރުވުމަށް މި ކޮމިޝަނުން އިއްޔެ ނިންމެވިއެވެ.
• ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނުގެ 25 ވަނަ މާއްދާގެ (ބ)ގެ ދަށުން ދ.ޖުޑީޝަލް ދާއިރާގެ ދާއިރާ އިސްމެޖިސްޓްރޭޓް ޢަބްދުއްރައްޒާޤު މުޙައްމަދު ފަނޑިޔާރުކަމުގެ މަސައްކަތުން ވަގުތީގޮތުން ދުރުކުރުމަށް 07 ޖަނަވަރީ 2020 ގައި ނިންމަވާފައިވާތީ، ދ.ޖުޑީޝަލް ދާއިރާގެ، ހިންގުން ދ.ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް
އަލްއުސްތާޛު ޢަބްދުލްޤާދިރު އާދަމްއާ ޙަވާލުކުރުމަށް ކޮމިޝަނުން އިއްޔެ ނިންމެވިއެވެ.
• ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނުގެ 22.1 ވަނަ މާއްދާގެ (ބ) ގައި ވާ ފަދައިން، މައްސަލަ ބެލުމާއި މެދު ގޮތެއް ނިންމާ ކޮމިޓީއިން ބެލުމަށްފަހު، އިއްޔެ ކޮމިޝަންގެ ބައްދަލުވުމަށް ތާވަލުކުރެވުނު މައްސަލަތަކުގެ ތެރެއިން، އެކޮމިޓީން ބަލައިގަތުމަށް ނިންމާފައިވާ މައްސަލަތަކަށް ތަޙުޤީޤު ކޮމިޓީ އެކުލަވާލެވުނެވެ. މިގޮތުން ތަޙްޤީޤު ކޮމިޓީ އެކުލަވާލީ ތިރީގައިވާ ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަށް ބެލުމަށެވެ.
o ގއ.މާމެންދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓް އިސްމެޖިސްޓްރޭޓް އަލްއުސްތާޛު އަޙްމަދު ޝުކުރުގެ މައްސަލައެއް.
o. ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްފަނޑިޔާރު ޝުޖާއު އުސްމާންގެ މައްސަލައެއް
ފެމިލީކޯޓުގެ ޤާޟީ އަލްއުސްތާޛު ޢަބްދުﷲ ޢަދީބު

ޖުޑީޝަލް ސާވިސް ކޮމިޝަންއިން މަޢުލޫމާތު ހިއްސާކުރުމަށަ ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރުމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް އަޙްމަދު ފާއިޒް ހުސައިންގެ ނަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ފޮނުވާފައިވަނީ މިދިޔަ ޑިސެމްބަރ މަހުގެ 17 ވަނަ ދުވަހުގަ އެވެ.

ގާނޫނު އަސާސީ ބުނާގޮތުން ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރާނީ ޖޭއެސްސީގެ ލަފާގެ މަތިން ރައްޔިތުންގެ މަޖިލީހަށް ރައީސް ފޮނުއްވާ ނަންފުޅުތަކަކަށް ބިނާކޮށް މަޖިލީހުން ފާސްކޮށްގެންނެވެ.

ފާއިޒަކީ މިހާރުގެ ގާނޫނުއަސާސީގެ ދަށުން އެކުލަވާލީ ދާއިމީ ސުޕްރީމް ކޯޓުގެ ފުރަތަމަ އުއްތަމަފަނޑިޔާރެވެ. އެމަނިކުފާނު މަގާމުން ވަކިކުރީ، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ގެންގުޅުނު ސިޔާސީ މަގުސަދުތަކެއް ފުރިހަމަކުރުން މަގުސަދަކަށް ހަދައިގެން ކަމަށް، ގާނޫނީ ބައެއް ފަރާތްތަކުން ދެކެ އެވެ. އުއްތަމަ ފަނޑިޔާރު ކަމުގެ އިތުރުން ފާއިޒް ވަނީ މަދަނީ ކޯޓުގެ ޤާޟީކަމާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަންވެސް ކުރައްވާފައިވާފައެވެ.

ސުޕްރީމް ކޯޓުގައި މިހާރު ތިއްބެވީ، އުއްތަމަފަނޑިޔާރާއެކު ފަސް ފަނޑިޔާރުންނެވެ. އެއީ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން، ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު، ފަނޑިޔާރު އައިޝާ ޝޫޖޫން މުހައްމަދު، ފަނޑިޔާރު މަހާޒު އަލީ ޒާހިރު އަދި ފަނޑިޔާރު ހުސްނުއް ސުއޫދެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *