ބޮޑުތަކުރުފާނު މަގާއި ކޮއިމަލާ ހިނގުން ގުޅޭ ކަންމަތީގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި 21 އަހަރުގެ ޒުވާނާ ގދ. ގައްދޫ، މުހައްމަދު ލީވާން ނިޔާވެއްޖެ އެވެ.
މިރޭ 2 ޖަހާކަށްހާއިރު އެޒުވާނާ ނިޔާވެފައިވަނީ އައިޖީއެމްއެޗުގެ ވެންޓިލޭޓަރުގައި ފަރުވާދެމުން އަންނަނިކޮންނެވެ. މަޢުލޫމާތު ލިބިފައިވާގޮތުން، ޑޮކްޓަރުން އުންމީދު ކަނޑާލައިފައި އޮންނަތާ ދެ ދުވަސް ވެއްޖެ އެވެ.
ފުލުހުން މީގެ ކުރިން މީޑިޔާތަކަށް މަޢުލޫމާތުދެމުންބުނެފައިވަނީ، އެ އެކްސިޑެންޓު ހިނގީ މިދިޔަ ބުދަ ދުވަހުގެ ރޭ 12:53 ހާއިރު، ބޮޑުތަކުރުފާނު މަގާއި ކޮއިމަލާ ހިނގުން ގުޅޭ ކަންމަތީގައި ޓެކްސީ އަކާއި ސައިލެއް ޖެހިގެންކަމަށެވެ.
އަވަސް ފަރުވާ ދިނުމަށް އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޭނާގެ މޫނުން ވަރަށް ބައިވަރު ލޭ ފައިބަމުން ދިޔަތަން ފެނެއެވެ. އަދި ގައިގެ އެކިތަންތަން ވަނީ މަށައިގެންގޮސް ފަ އެވެ.
އެކްސިޑެންޓްވި ޓެކްސީގެ ކުރީ ދޮރުފަތާ ދިމާލުން ސައިލަކު ޖެހުމުން ޓެކްސީއަށާއި ސައިކަލަށްވެސް ބޮޑެތި ގެއްލުންތަކެއްވެފައިވާ ކަމަށް އޭނާ ބުންޏެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މެންދަމު ހުޅުމާލޭގައި ހިނގި ނުރައްކާތެރި ހާދިސާގައި ސްޕޯޓްސް ކާރަކާއި ސައިކަލެއް ޖެހި، 23 އަހަރުގެ ޒުވާނަކު ވެސް ވަނީ ނިޔާވެފަ އެވެ. ނިޔައުވިކަން ކުރިން ވަނީ އަންގާފައެވެ.
ފުލުހުންގެ ތަހުގީގުން ހާމަވެފައިވާ ގޮތުގައި، ކާރު ދުއްވި ފަރާތުގެ އަތުގައި ޑްރައިވިންގ ލައިސަންސް ނެތްކަން ފާހަގަކުރެވިފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!