ދުނިޔޭގެ އަސްކަރީ ބާރުތަކުން ދެމުންދާ ހަމަލާތަކާއި އިންޒާރުތަކަށް ފަސްޖެހުމެއްނެތި ޔަމަނުގެ ޚޫތީން އިސްރާޢީލާ ދެކޮޅަށް ފަށާފައިވާ އަސްކަރީ އޮޕަރޭޝަންގެ ތެރެއިން ޔަމަނުގެ އަސްކަރީ ޤާބިލުކަން އިތުރުވެގެން ގޮސްފައިވާ މިންވަރު ހާމަވެގެން ގޮސްފައިވާ ކަމަށް ޗައިނާއިން ބުނެފިއެވެ.
ޔަމަނުން ބޭނުންކުރަމުންދާ އެންމެ ޒަމާނީ އަސްކަރީ ހަތިޔާރު ތަކުގެ ސަބަބުން އެމެރިކާގެ މަނަވަރުތައް ރަތްކަނޑުގައި ހަރަކާތްތެރިވުން ހުއްޓިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ދުރުރާސްތާ މިސައިލްތަކާއި ޒަމާނީ ޑްރޯން ހަމަލާތައް ރަތްކަނޑާއި އަރަބި ކަނޑުގެ އިތުރުން އިންޑިއާ ކަނޑަށް ފުޅާކޮށްފައިވާ ކަމުގެ އިންޒާރު ޚޫތީން ވަނީ ދީފައެވެ.
“ޔަމަނަކީ ދުނިޔޭގެ އެންމެ ބާރުގަދަ އަސްކަރީ 10 ޤައުމުގެ ތެރޭގައި ހިމެނޭ ޤައުމެއްގެ ގޮތުގައި ބަލައިގަންނަން ހައްޤު”.
ޗައިނާއިން ވަނީ ބުނެފައެވެ.
ޔަމަނުގެ ޚޫތީން ބުނެފައިވަނީ، އެމެރިކާއިން ޔަމަނަށް ބިރުދައްކާ ހަމަލާދީގެން ރަތްކަނޑުގެ އަމާންކަން ނުލިބޭނެ ކަމަށާއި، ރަތްކަނޑުގެ އަމާންކަން ބޭނުންނަމަ ޣައްޒާގައި އިސްރާޢީލުން ހިންގަމުންދާ ޤަތުލުއާއްމުތައް ވަގުތުން ހުއްޓާލުމަަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!