މުޙައްމަދު ދިބިރޯވްއަކީ ޤުރުއާން ކިޔެވުމުގެ ދާއިރާއިން މިހާރު ވަރަށް މަޝްހޫރުވވަމުން އަންނަ ޒުވާން ޤާރީއެކެވެ.
އޭނާގެ ރީތި އަޑާއި ފަންނުވެރި ކިޔެވުމުގެ ސަބަބުން ޓިކްޓޮކް ފަދަ މީސްމީޑިއާގެ ޕްލެޓްފޯމްތަކުގައި ގިނަ ބަޔަކު އޭނާއަށް ފޮލޯކުރަމުން އާދެއެވެ. އޭނާގެ ކިޔެވުންތައް އަޑުއަހަމުންދެއެވެ.
މުޙައްމަދު ދިބިރޯވް ރާއްޖޭގައި ހޭދަކުރަމުންދާ ދުވަސްތަކުގައި، ރާއްޖޭގެ ގޮނޑުދޮށްތަކާއި ތުނޑީގައި ނަގާފައިވާ ވީޑިއޯތަކަށް ވަނީ ގިނަ ބައެއްގެ ސަމާލުކަން ލިބިފައެވެ.
އެގޮތުން، މީގެ 4 ދުވަސް ކުރިން ރާއްޖޭގެ ރީތި ތުނޑިއެއްގައި ނަގާފައިވާ ވީޑިއޯއަކަށް 1.3 މިލިއަން ވިއު އަދި ގޮޑުދޮށުގައި ނަގާފައިވާ ވީޑިއޯއަކަށް މިލިއަނެއްހާ ވިއުސް ލިބިފައިވެއެވެ.
View this post on Instagram
A post shared by Muhammad Dibirov - محمد ديبيروف (@muhammad.dibirov_official)
އޭނާގެ އިންސްޓަގްރާމް އެކައުންޓުގައި ރާއްޖޭގެ ރީތި މަންޒަރުތަކުގެ ފޮޓޯތައް ހިއްސާކޮށްފައިވާކަން ފާހަގަކުރެވެއެވެ. ނަމަވެސް، އޭނާ ޗުއްޓީ ހޭދަކުރަމުންދަނީ ވަކި ކޮން ރިސޯޓެއްގައިކަން އަދި ސާފުވެފައެއް ނުވެއެވެ.
މުޙައްމަދު ދިބިރޯވްގެ ޤުރުއާން ކިޔެވުމުގެ ދަތުރު ފެށުނީ އޭނާގެ ޅަ އުމުރުގައެވެ. އަޒަރުބައިޖާނުގެ ރަށު މިސްކިތެއްގައި އުމުރުން 5 އަހަރުގައި ޤުރުއާން ކިޔަވަން ފެށިއެވެ.
@muhammaddibirov_official وما لنا ألا نتوكل على الله وقد هدانا سبلنا❤️
ކުޑައިރުއްސުރެ ގިނަ ޤާރީންގެ ކިޔެވުން އަޑުއަހައި، އެ ބޭކަލުންގެ ކިޔެވުމާ އެއްގޮތަށް ކިޔަވަން މަސައްކަތްކުރަމުން ދިޔައެވެ. އެންމެ ކުޑައިރުން ސުރެއް އޭނާގެ އަމާޒަކަށްވީ އިމާމަކަށްވުމެވެ. އެގޮތުން މިހާރު ދުބާއީގެ މިސްކިތްތަކުގައި އިމާމުކަން ކުރުމާއި ތަރާވީޙް ނަމާދު ކުރުވުމުގެ ފުރުޞަތު ހޯދާފައިވެއެވެ.
@muhammaddibirov_official ﴿ ياعبادي الذين آمنوا إن أرضي واسعة فإياي فاعبدون﴾
މީގެ އިތުރުން ގިނަ ގާރީންތަކެއްގެ އޯޑިއޯ ހިއްސާކުރަމުން އަންނަ "ސޫރަޤުރުއާން.ކޮމް" ގައިވެސް މުޙައްމަދު ދިބިރޯވްގެ ބައެއް ކިޔެވުންތައް ހިއްސާކޮށްފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!