5ޖީ ސްޕީޑް ދައްކާލައިގެން އޮކިއުލަސް ކުއެސްޓް 3 އެއް ލިބުމުގެ ފުރުޞަތު އުރީދޫ މޯލްޑިވްސް އިން ހުޅުވާލައިފި އެވެ.
މުޅި ރާއްޖެއަށް 5ޖީ ފުޅާކުރުމުގެ މަސައްކަތުގެ ދަށުން، މިހާރު ރާއްޖޭގެ 60 ޕަސެންޓަށް އުރީދޫ 5ޖީ ލިބޭކަމަށް އެ ކުންފުނިން މިފަހުން ވަނީ ހާމަކޮށްފަ އެވެ.
މި ފުރުޞަތުގައި ބައިވެރިވުމަށް، ކޮންމެ ޑިވައިސްއަކުން ވެސް އުރީދޫ 5ޖީ ސްޕީޑްގެ ސްކްރީންޝޮޓެއް ނަގައި، 5GJassaalaa# ހޭޝްޓެގް އާއި އެކު ooredoomaldives@ ޓެގް ކޮށް ސޯޝަލް މީޑިއާގައި ޕޯސްޓް ކުރަން ޖެހެއެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ 20 އޮކްޓޯބަރ އެވެ.
މި މުބާރާތަކީ އުރީދޫ ގެ 5ޖީ ޚިދުމަތް އިތުރަށް ފުޅާކުރުމާއި ގުޅިގެން ބާއްވާ ޚާއްޞަ މުބާރާތެކެވެ. މީގެ ސަބަބުން ގިނަ ބަޔަކަށް 5ޖީގެ ސްޕީޑް ތަޖުރިބާކުރުމުގެ ފުރުޞަތު ލިބި، އަދި އެންމެ ފަހުގެ ވާރޗުއަލް ރިއަލިޓީ ހެޑްސެޓެއް ކަމަށްވާ އޮކިއުލަސް ކުއެސްޓް 3 އެއް ލިބުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.
އުރީދޫގެ 5ޖީ ނެޓްވޯކުން ގިނަ ފައިދާތަކެއް ލިބިގެންދާއިރު، އޭގެ ތެރޭގައި މޮބައިލް ބްރޯޑްބޭންޑްގެ ހިދުމަތް އިތުރަށް ރަގަޅުވުމާއި، ހައި ޑެފިނިޝަން ކޮންޓެންޓް މެދުނުކެނޑި ސްޓްރީމްކުރުން ހިމެނެއެވެ. ޓެކްނޮލޮޖީގެ މި ކުރިއެރުމަކީ ޑިޖިޓަލް މޯލްޑިވްސްއަކަށް އުރީދޫ ކުރަމުންދާ މަސައްކަތުގައި ފުރިހަމަވި ބޮޅެކެވެ.
އާބާދީގެ 60 އިންސަތަ އަށް ލިބޭ ގޮތަށް 5ޖީ ތައާރަފްކުރުމަކީ ޑިޖިޓަލް އިންގިލާބުގެ ފައިދާ ކޮންމެ ރަށަކަށް ވެސް ލިބޭނެ މަގު ފަހިކޮށްދީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 5ޖީގެ ހިދުމަތް ފުޅާކުރުމަށް އުރީދޫއިން ރާވާފައިވާ ފުޅާ ޕްލޭންގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެކެވެ.
އުރީދޫގެ 5ޖީ ނެޓްވޯކް ފުޅާކުރަމުން އަންނައިރު، ޑިޖިޓަލް އިންކްލޫޝަން ޑްރައިވްކޮށް، އެންމެންނަށް ގުޅިފައިވާ މުސްތަގުބަލެއް ބިނާކުރުމަށް އެ ކުންފުނިން އަންނަނީ މަސައްކަތް ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!