މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދިރާގުގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ ދިރާގު ފިންޓެކް ޕްރައިވެޓް ލިމިޓެޑަށް ޕޭމެންޓް ހިދުމަތް ދިނުމުގެ ލައިސެންސް މިއަދު ދޫކޮށްފިއެވެ.

އެމްއެމްއޭ އިން މިކަން އިއުލާނުކުރަމުން ބުނެފައިވަނީ ގައުމީ ޕޭމަންޓް ސިސްޓަމްގެ ގާނޫނުގެ ދަށުން، ދިރާގު ފިންޓެކް ޕްރައިވެޓް ލިމިޓެޑަށް ރާއްޖޭގައި އިލެކްޓްރޯނިކް މަނީ އިޝޫކުރުމުގެ ހިދުމަތް ދިނުމަށް ބޭނުންވާ ޕޭމަންޓް ހިދުމަތް ދިނުމުގެ ލައިސަންސް ދޫކޮށްފައިވާ ކަމަށެވެ.

Ad
rt

މި ލައިސަންސް ދޫކުރުމާ ގުޅިގެން، ދިރާގުން މިހާރު ދެމުން އަންނަ އިލެކްޓްރޯނިކް މަނީ އިޝޫކުރުމުގެ ހިދުމަތް ދިރާގު ފިންޓެކް ޕްރައިވެޓް ލިމިޓެޑްގެ ދަށަށް ބަދަލުކުރެވޭނެ ކަމަށް އެމްއެމްއޭއިން މައުލޫމާތު ދީފައިވެއެވެ.

ދިރާގުން މީގެކުރިން ވަނީ ދިރާގުޕޭގެ ނަމުގައި ޑިޖިޓަލް ވޮލެޓެއްގެ ހިދުމަތް ތައާރަފުކޮށްފައެވެ.

މި ލައިސަންސް ދޫކުރުމާއެކު، ރާއްޖޭގައި ޑިޖިޓަލް ޕޭމަންޓް ހިދުމަތްތައް އިތުރަށް ފުޅާވެގެންދާނެ ކަމަށް ބެލެވެއެވެ.