މޯލްޑިވްސް ކަސްޓަމްގައި ރަޖިސްޓްރީ ނުކުރާ ފްރައިޓް ފޯވާރޑިން ކުންފުނިތަކަށް ތަކަށް ޚިދުމަތް ދިނުން ހުއްޓާލަން އެކުންފުނިން ނިންމައިފި އެވެ.
ކަސްޓަމްސް ސަރވިސްއިން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ، އޯގަސްޓް މަހުގެ 31 ވަނަ ދުވަހުން ފެށިގެން ކަސްޓަމްސްގައި ރަޖިސްޓްރީ ނުކުރާ ފްރައިޓް ފޯވާޑިންތަކަށް ޚިދުމަތް ދިނުން ހުއްޓާލާނެކަމަށެވެ.
ކަސްޓަމްސްއިން ބުނި ގޮތުގައި، ފްރައިޓް ފޯވާޑަރެއްގެ ގޮތުގައި ރަޖިސްޓްރީ ވުމަށް ބޭނުންވާ ފަރާތްތަކުން "އެޕްލިކޭޝަން ފޯ ރެޖިސްޓްރޭޝަން އެންޑް ކެންސަލޭޝަން" ފޯމު (އެމްސީއެސް-155) ހުށަހަޅަންވާނެއެވެ. މި ފޯމު ހުށަހެޅުމުން، އެ ފަރާތްތައް ފްރައިޓް ފޯވާޑަރެއްގެ ގޮތުގައި ރަޖިސްޓްރީ ކުރެވޭނެއެވެ.
މިއީ ވަކި ހިދުމަތެއްގެ ގޮތުގައި 2020 ވަނަ އަހަރު ވެސ،ް ޓްރޭޑް މިނިސްޓްރީގައި ވެސް ރަޖިސްޓްރީ ކުރަން ފެށުނު ކަމެވެ.
މި ނިންމުމަކީ، ކުރިން ގަވާއިދުގެ ތެރެއިން ނުބެލެހެއްޓި ހުރި ކަންކަން ގަވާއިދުގެ ތެރެއަށް ފެއްތުމަށް ކަސްޓަމްސްއިން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން އެޅި ފިޔަވަޅެއް ކަމަށް ބެލެވެއެވެ.
މި ނިންމުން ތަންފީޒު ކުރަން ފެށުމުގެ ސަބަބުން ފްރައިޓް ފޯވާޑިންގ ޚިދުމަތް ދިނުމުގައި އިތުރު ހަރުދަނާކަމެއް އަންނާނެ ކަމަށް ބެލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!