އުރީދޫ މޯލްޑިވްސްއިން އެ ކުންފުނީގެ ކަސްޓަމަރުންނަށް ލަޔަންސްގޭޓް ޕްލޭ ތައާރަފްކޮށްފިއެވެ.

ލަޔަންސްގޭޓް ޕްލޭ އަކީ ބެލުންތެރިންނަށް ހިތްގައިމު އަދި ތަފާތު ޕްރިމިއަމް ކޮންޓެންޓްތަކެއް ގެނެސްދޭ ދުނިޔޭގެ މަޝްހޫރު ސްޓްރީމިން ޕްލެޓްފޯމެކެވެ.

Ad
rt

މި ޚިދުމަތަކީ މުނިފޫހިފިލުވުމުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ބެލުންތެރިންނަށް ތަފާތު އަދި ހިތްހަމަޖެހޭ ކޮންޓެންޓް ލިބިގެންދާނެ ޚިދުމަތެކެވެ. ބްލޮކްބަސްޓާ ފިލްމުތަކާއި އޮރިޖިނަލް ސީރީޒްތަކާއި އެކްސްކްލޫސިވް ކޮންޓެންޓްގެ މުއްސަނދި ލައިބްރަރީއަކާ އެކު ލަޔަންސްގޭޓް ޕްލޭ އަކީ މުނިފޫހިފިލުވުމަށް ޝައުގުވެރިވާ ފަރާތްތަކަށް ވަން ސްޓޮޕް ޑެސްޓިނޭޝަނެކެވެ.

ކޮލިޓީ، އިނޮވޭޝަން އަދި ސްޓޯރީޓޭލިންއަށް ޚާއްސަ ސަމާލުކަމެއް ދީގެން ލަޔަންސްގޭޓް ޕްލޭ އިން ރާއްޖެއަށް ތަފާތު ރަހަތަކެއް ފޯރުކޮށްދޭނެއެވެ. ކަސްޓަމަރުންނަށް ލަޔަންސްގޭޓް ޕްލޭ ޕެކް އެކްޓިވޭޓް ކުރެވޭނެ ކަމަށާއި އޭގެ ތެރޭގައި ލަޔަންސްގޭޓް ޕްލޭ ސަބްސްކްރިޕްޝަނާއެކު 100 ޖީބީ ހިމެނޭ ކަމަށާއި އެންމެ 250 ރުފިޔާއަށް ސްޓްރީމް ކުރެވޭނެ ކަމަށް އުރީދޫއިން ބުނެފައިވެއެވެ. އެކްޓިވޭޓް ކުރުމަށް ކަސްޓަމަރުންނަށް އުރީދޫ ސުޕައެޕް ބޭނުން ކުރެވޭނެއެވެ.

"ލަޔަންސްގޭޓް ޕްލޭ ރާއްޖެއަށް ތައާރަފްކޮށް، ބެލުންތެރިންނަށް ދުނިޔޭގެ ފެންވަރުގެ ސްޓްރީމިން އެކްސްޕީރިއަންސެއް ލިބުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް،"

އޭޝިއާގެ ލަޔަންސްގޭޓް ޕްލޭގެ ރައީސް ރޯހިތު ޖެއިން ވިދާޅުވި އެވެ.

އުރީދޫ މޯލްޑިވްސްއިން ބުނެފައިވަނީ، އެ ކުންފުންޏަކީ ކަސްޓަމަރުންނަށް އާ އަދި އިނޮވޭޓިވް ޚިދުމަތްތައް ފޯރުކޮށްދިނުމަށް މަސައްކަތް ކުރާ ކުންފުންޏެއް ކަމަށެވެ. އަދި އުރީދޫ ނެޓްވޯކްގައި ލަޔަންސްގޭޓް ޕްލޭ ތައާރަފްކުރުމުން މުނިފޫހިފިލުވުމުގެ ތަޖުރިބާ އިތުރަށް ފުރިހަމަވެ، ދުނިޔޭގެ ފެންވަރުގެ މުނިފޫހިފިލުވުން ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށެވެ.