އުރީދޫ ނޭޝަންގެ ފުރަތަމަ އިންޓަރ އޮފީސް އީ-ސްޕޯޓްސް ޗެމްޕިއަންޝިޕް ވަނީ ކާމިޔާބު ކަމާއެކު ނިންމާލާފައެވެ.
މި މުބާރާތުގައި ރާއްޖޭގެ އީ-ސްޕޯޓްސް ކޮމިއުނިޓީގެ ތެރޭގައި މަގުބޫލު ތިން ގޭމު ކަމަށްވާ ޕަބްޖީ މޮބައިލް، މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް އަދި އީއޭއެފްސީ ހިމަނައިގެން ގިނަ އޮފީސްތަކުން ބައިވެރިވެފައިވެއެވެ.
މިމަހުގެ 13 އިން 18 އަށް ކުރިއަށް ގެންދިޔަ މި މުބާރާތުގައި 33 އޮފީހަކުން ބައިވެރިވެފައިވެއެވެ. މި މުބާރާތަކީ ޓީމް ސްޕިރިޓާއި ރަހުމަތްތެރިކަމާއި ވާދަވެރިކަން އިތުރުކޮށް، އީ-ސްޕޯޓްސް ކޮމިއުނިޓީގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ހާއްސަ ޕްލެޓްފޯމެއްގެ ގޮތުގައި މަސައްކަތް ކުރި މުބާރާތެކެވެ.
މުބާރާތުގެ ޗެމްޕިއަން ޓީމުތަކަށް ފައިސާގެ އިނާމުތައް ހަވާލުކުރެވުނީ 17 އޮގަސްޓްގައި އުރީދޫ ހެޑްކުއާޓާސްގައި ބޭއްވުނު ރަސްމިއްޔާތެއްގައެވެ.

ޕަބްޖީ މޮބައިލް މުބާރާތުގައި ޗެމްޕިއަން ޓީމަކަށްވީ ބޭންކް އޮފް މޯލްޑިވްސް އެވެ. މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް މުބާރާތުގެ ޗެމްޕިއަން ޓީމަކީ މޯލްޑިވްސް ނޭޝަނަލް އެއަރ ޓްރެފިކް ސަރވިސަސް އެވެ. އަދި އީއޭއެފްސީ މުބާރާތުގެ ޗެމްޕިއަނަކަށް ވެފައިވަނީ ކޭ އެންޑް އެފް ހޯލްޑިންގްސްގެ ޖަނާން މުޙައްމަދެވެ.
މި މުބާރާތުގެ ސަބަބުން ރާއްޖޭގެ އީ-ސްޕޯޓްސް ދާއިރާ އިތުރަށް ކުރިއަރައި، އޮފީސްތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެގެން ދާނެ ކަމަށް ބެލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!