ނ. ވެލިދޫ ޖޫނިއާ ކޮލެޖުގެ އިމާރާތް ކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ އެތެރެއާ ބޭރު ފާރުގެ މޭސަނަރީގެ މަސައްކަތެވެ. އެގޮތުން، ބޭރު ފާރުގެ މޭސަނަރީ މަސައްކަތްތައް މިހާރު ނިމިފައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ.
މީގެ އިތުރުން މިހާރު ކުރިއަށްދަނީ އެތެރެ ފާރުގެ މޭސަނަރީ މަސައްކަތްތައް ކަމަށް އެ ކުންފުނިން ބުންޏެވެ.
މި މަޝްރޫއުގެ ދަށުން، 10,276 އަަކަ ފޫޓުގެ އެއް ފަންގިފިލާ ހިމެނޭ އިމާރާތެއް ހެދުމުގެ މަސައްކަތް ހިމެނެއެވެ. މި އިމާރާތުގެ ތެރޭގައި 2 ކްލާސް ރޫމާއި، 1 އައިސީޓީ ލެބާއި، 1 ލައިބްރަރީއާއި 2 ވޯކްޝޮޕް އެޅުމުގެ މަސައްކަތް ހިމެނެއެވެ.
މިއީ 11.91 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!