ބެސްޓް ބަޑީއިން ތަފާތު ކޮލިޓީ ރަނގަޅު އޮފީސް ފަރުނީޗަރު ހެޔޮ އަގެއްގައި ފޯރުކޮށްދޭން ފަށައިފިއެވެ.
މިގޮތުން އޮފީސް މޭޒާއި ކޮންފަރެންސް ޓޭބަލްގެ އިތުރުން ތަފާތު އެކި ޑިޒައިންތަކުގެ އޮފީސް ވޯކްސްޓޭޝަން ބޭނުންވާ ކުލައަކުން، ބޭނުންވާ ސައިޒަކަށް ކަސްޓަމައިޒްކޮށް ތައްޔާރުކޮށް ރާއްޖެ ގެނެސްދޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
މިހާރު ރާއްޖޭގެ އެކި ކައުންސިލްތަކާއި ސްކޫލްތަކުގެ އިތުރުން އޮފީސްތަކަށްވެސް މި ފަރުނީޗަރު ސަޕްލައި ކުރެވިފައިވާ ކަމަށް ބެސްޓް ބަޑީއިން މަޢުލޫމާތު ދީފައިވެއެވެ. އަދި ޕްރީ އޯޑަރ ކުރެއްވުމުން މޮޑަން ކޮމާޝަލް އޮފީސް ފަރުނީޗަރު ގެނެސްދެވޭނެ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.

މީގެ އިތުރުން، ބެސްޓް ބަޑީ އަކީ، އެކި ސައިޒުގެ ރަށު ޕިކަޕާއި އެކި ބާވަތްތަކުގެ ބެޓެރީ ވެހިކަލްގެ އިތުރުން ކުޑަކުދިންނާއި ބޮޑެތި މީހުންގެ އެކި ސައިޒްގެ ބައިސްކަލް އަދި ވަޑާން ސާމާނާއި، ޗައިނާގެ އެމްޕީޓީ (މޯސްޓް ޕްރޮފެޝަނަލް ޓޫލްސް) ބްރޭންޑްގެ ޓޫލްސްވެސް ވިއްކަމުންދާ ފިހާރަ އެކެވެއެވެ.

ބެސްޓް ބަޑީގެ އައު ފިހާރައެއް ދާދިފަހުން މާލޭގެ މަޖީދީ މަގުގައި ހުޅުވާފައިވާއިރު، މާލޭގެ އިތުރުން ކުޅުދުއްފުށި ސިޓީގައިވެސް އެ ކުންފުނީގެ ފިހާރަތައް ހިންގަމުންދެއެވެ. އަދި މާލެ އާއި ކުޅުދުއްފުށީގައިވެސް ބަނދަރުގައި އޮންނަ ބޯޓަށް ނުވަތަ ގެޔަށް ހިލޭ ގެންގޮސް ދިނުމުގެ އިންތިޒާމް ހަމަޖައްސައިދޭނެ ކަމަށްވެސް އެ ކުންފުނިން ހާމަކޮށްފައިވެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ނުވަތަ އޯޑަރ ކުރެއްވުމަށް 9417856 ނަންބަރު ފޯނަށް ގުޅުއްވުމަށް އެދިފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!