އޮލިމްޕިކްސް އަށް ދިޔަ ސަމޯއާގެ ބޮކްސިން ކޯޗް ހާޓްއެޓޭކެއް ޖެހިގެން މަރުވެއްޖެއެވެ.
ދެކުނު ޕެސިފިކްގެ ޖަޒީރާ ގައުމެއް ކަމަށްވާ ސަމޯއާގެ ބޮކްސިންގ ކޯޗް ލަޔަނެލް އެލީކާ މަރުވީ އޮލިމްޕިކްސް ހުޅުވުމުގެ ރަސްމިއްޔާތު ފެށުމަށް ކުޑަ ވަގުތު ކޮޅަކަށް ވެފައި ވަނިކޮށް ހުކުރު ދުވަހުއެވެ.

އޮފިޝަލުންނާ ހަވާލާދީ އޭއެފްޕީ އިން ބުނެފައިވަނީ އޭނާ އަށް އިމެޖެންސީ ކޮށް ފަރުވާ ދިން ނަމަވެސް ފުރާނަ ސަލާމަތް ކުރެވޭ ގޮތް ނުވި ކަމަށެވެ.

Ad
rt

މި އަހަރުގެ އޮލިމްޕިކްސްގެ ބޮކްސިން އިވެންޓްތައް ފެށުނީ ހޮނިހިރު ދުވަހުއެވެ.

ސަމޯއާ އިން މި އަހަރުގެ އޮލިމްޕިކްސް އަށް 24 އެތުލީޓުން ފޮނުވާފައިވާއިރު ބޮކްސިންގ ގައި ބައިވެރިވަނީ އެންމެ އެތްލީޓެކެވެ.