އެޕަލްގެ އައިފޯން 17 ސްލިމް ނިކުންނާނީ ފަހަތުގައި އެންމެ ކެމެރާއަކާއެކު ކަމަށް އިންޑަސްޓްރީގެ އިންސައިޑަރެއް ބުނެފިއެވެ.
އެޕަލްގެ އައިފޯން 17 އާ ބެހޭ ގޮތުން އަދިވެސް ގިނަ މަޢުލޫމާތުތަކެއް ހާމަވެފައި ނުވި ނަމަވެސް، މި ފޯނާ ބެހޭ ގޮތުން އެކި ވާހަކަތައް ދެކެވެން ވަނީ ފަށައިފައެވެ. މިގޮތުން އެންމެ ފަހުން އަޑުއިވެމުންދާ ވާހަކައަކީ އައިފޯންގެ ޑިޒައިން އަލުން މާނަކުރުމަށް ގެނެވިދާނެ "އަލްޓްރާ-ސްލިމް" މޮޑެލްއެއްގެ ވާހަކައެވެ. ނަމަވެސް މި ތުނި ޑިޒައިނާއެކު އަންނާނީ ހައިރާންކުރުވަނިވި ބަދަލެކެވެ. އެއީ ފަހަތުގައި ހަމައެކަނި އެއް ކެމެރާ ހުރުމެވެ. ނަމަވެސް ބައެއް މަސްދަރުތަކުން އެއީ ކަށަވަރު ނޫން މައުލޫމާތެއް ކަމަށް ވެސް ވަނީ ބުނެފައެވެ.
އެހެންނަމަވެސް، އިންޑަސްޓްރީގެ އިންސައިޑަރެއް ކަމަށްވާ މިންގް-ޗި ކޫ ވަނީ އައިފޯން 17 ސްލިމްގެ ވާހަކަ ދައްކައި، މިކަމާ ގުޅޭ ގޮތުން ޝައުޤުވެރިކަން އުފައްދާލާފައެވެ. މި މޮޑެލްގައި ފަންކްޝަންގެ ބަދަލުގައި އިސްކަން ދޭނީ ފޯމަށް ކަމަށާއި، 6.6 އިންޗީގެ ޑިސްޕްލޭއަކާއި ވަރުގަދަ އޭ19 ޗިޕެއް ހުންނާނެ ކަމަށް ބުނެއެވެ. ޓައިޓޭނިއަމް-އެލުމިނިއަމް ފްރޭމަކުން ޕްރީމިއަމް ފީލިންގއެއް ދޭނެ ކަމަށް ބުނާއިރު، އެންމެ ބޮޑަށް ސަމާލުކަން ދެވެނީ ކެމެރާ ސެޓަޕަށެވެ.
އައިފޯން އެކްސްއާރުން ފެށިގެން އެޕަލްވަނީ އައިފޯންތަކުގައި ގިނަ ކެމެރާތަކެއް ބޭނުންކޮށްގެން ފޮޓޯގްރަފީގެ ޤާބިލުކަން އިތުރުކޮށްފައެވެ. އެހެންކަމުން އައިފޯން 17 ސްލިމްގައި އެންމެ ކެމެރާއަކަށް ތިރިކުރުމަކީ މިހާތަނަށް އައި ކުރިއެރުމާ އަޅާބަލާއިރު ވަރަށް ބޮޑު ބަދަލެކެވެ.
އެޕަލްއިން މިފަދަ ފަހަތަށް ޖެހުމެއް ގެންނަނީ ކީއްވެގެންތޯއެވެ؟ ޑިޒައިނަށް އިސްކަންދިނުމުން ދޭހަވަނީ އައިފޯން 17 ސްލިމް އަމާޒުކުރަނީ ފޮޓޯގްރަފީއަށްވުރެ ފަންކްޝަން ތަކަށް އިސްކަންދޭ ފަރާތްތަކަށް ކަމެވެ. އެޕަލްއަށް މި ޑިވައިސް ފެޝަން ސްޓޭޓްމަންޓެއްގެ ގޮތުގައި އިޝްތިހާރުކުރެވިއްޖެނަމަ މިއީ ކާމިޔާބު ނިންމުމަކަށްވެދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!