ޣައްޒާ ސިޓީގައި ހުރި އދގެ ސްކޫލަކަށް އިސްރާއީލުގެ ސިފައިން ހަމަލާދިނުމުގެ ސަބަބުން މަދުވެގެން ފަލަސްތީނު 2 ރައްޔިތަކު މަރުވެއްޖެއެވެ. މިއީ ފަހުގެ ދުވަސްތަކުގައި އިސްރާއީލުން ހަމަލާދިން 9 ވަނަ އދ ސްކޫލެވެ. މި ހަމަލާގައި މަރުވި މީހުންނަކީ އެތަނުގައި ހިމާޔަތް ހޯދަމުން ދިޔަ ގެދޮރުގެއްލިފައިވާ މީހުންނެވެ.

އަލްޖަޒީރާގެ ނޫސްވެރިޔާ ރިޕޯޓުކުރި ގޮތުގައި، މެދު ޣައްޒާގައި ހުރި ބުރެއިޖް ރެފިއުޖީ ކޭމްޕްގެ ގެއަކަށް އިސްރާއީލު ސިފައިން ހަމަލާދިނުމުގެ ސަބަބުން މަދުވެގެން 5 މީހުން މަރުވެފައިވެއެވެ.

Ad
rt

24 ގަޑިއިރުގެ ތެރޭގައި ހިޒްބުﷲގެ ދެވަނަ ކޮމާންޑަރަކު އިސްރާއީލުގެ ހަމަލާއަކުން މަރުވެފައިވާކަމަށް ލެބަނަނުގެ އެ ޖަމާއަތުންނާއި އިސްރާއީލު ސިފައިން ބުނެފައިވެއެވެ. އަދި ލެބަނަނުގައި ހަމާސްއާ ގުޅުންހުރި ހަތިޔާރުއެޅި ޖަމާއަތެއްގެ އިސް ކޮމާންޑަރަކުވެސް އިސްރާއީލުން ވަނީ އަވަހާރަކޮށްލާފައެވެ.

އޮކްސްފަމްގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން، އިސްރާއީލުން ވަނީ ޣައްޒާއަށް ލިބޭ ފެނުގެ މިންވަރު 94 އިންސައްތަ މަދުކޮށްފައެވެ. މިކަމުގެ ސަބަބުން "ސިއްހީ ކާރިސާއެއް" ކުރިމަތިވެފައިވާ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

އިސްރާއީލުގެ ހަނގުރާމައިގައި މިހާތަނަށް މަދުވެގެން 38،848 މީހުން މަރުވެ، 89،459 މީހުން ޒަޚަމްވެފައިވެއެވެ.