ރ. އުނގޫފާރުގައި އެމްއާރުއައި ހިދުމަތް ފަށަން ތައްޔާރުވެއްޖެއެވެ.

މި ހިދުމަތް ދިނުމަށް އެ ރަށަށް މިހާރު ވަނީ އެމްއާރުއައި މެޝިން ގެންގޮސްފައެވެ. މިހާރު ކުރިއަށްދަނީ މެޝިން އިންސްޓޯލް ކުރުމުގެ މަސައްކަތެވެ.

Ad
rt

މި މެޝިން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ބަހައްޓަނީ އެސްޓީއޯގެ އެހީގައެވެ.

އެސްޓީއޯ އިން ބުނި ގޮތުގައި އެ ކުންފުނީގެ ބައޯމެޑިކަލް އިންޖިނިއަރުން މިހާރު ދަނީ މެޝިން އިންސްޓޯލް ކުރުމުގެ އެންމެ ފަހުގެ މަސައްކަތްތައް ކުރަމުންނެވެ.

ބޭސްފަރުވާއަށް މާލެއަށް އައުން ހުއްޓުވުމަށް ރީޖަނަލް ހޮސްޕިޓަލުތައް ތަރައްގީކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. އެގޮތުން، ރީޖަނަލް ހޮސްޕިޓަލްތަކުން ދޭ ހިދުމަތްތައް ފުޅާކުރުމުގެ މަސައްކަތްތައް މިހާރު ދަނީ ކުރަމުންނެވެ.