ޓެކްނޮލޮޖީ ދާއިރާގެ އެންމެބޮޑު އެއް ކުންފުނި ގޫގުލްއިން ޓައިވާނުގައި އިތުރު ސޯލާ ހަކަތަ އުފެއްދުމަށްޓަކައި ބްލެކްރޮކްއާއެކު އިންވެސްޓްކުރާ ކަމަށް ހޯމަ ދުވަހު އިޢުލާނުކޮށްފިއެވެ.
މިގޮތުން އާޓިފިޝަލް އިންޓެލިޖެންސް ދާއިރާ ކުރިއަރަމުންދާއިރު، އިތުރު ހަކަތަ އުފައްދައި ކާބަން ބޭރުކުރާ މިންވަރު މަދުކުރުމަށް މަސައްކަތްކުރާ ކަމަށް ގޫގުލްއިން ބުނެފައިވެއެވެ.
މި މަޝްރޫޢުގެ ދަށުން ޓައިވާނުގެ "ނިއު ގްރީން ޕަވަރ" ކުންފުންޏަށް ގޫގުލްއިން އިންވެސްޓްކުރުމަށް ވަނީ ނިންމާފައެވެ.
މިއީ ޓައިވާނުގައި ބޮޑެތި ސޯލާ ޕެނަލް ބަހައްޓައިގެން ހަކަތަ އުފައްދާ ކުންފުންޏެކެވެ. ނަމަވެސް މި އިންވެސްޓްމަންޓަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގެ ހުއްދަ އަދި ލިބިފައެއް ނުވެއެވެ.
މި މަޝްރޫޢުގެ ދަށުން އުފައްދާ ހަކަތައިގެ ތެރެއިން ބައެއް ބޭނުންކުރާނީ ޓައިވާނުގައި ގޫގުލްއިން ގާއިމުކޮށްފައިވާ ޑޭޓާ ސެންޓަރުތަކާއި ކްލައުޑް ސަރވިސްތަކަށް ކަމަށް ގޫގުލްއިން ބުނެފައިވެއެވެ.
މި މަޝްރޫޢުގެ ދަށުން ޖުމުލަ 1 ގިގަވޮޓުގެ ސޯލާ ހަކަތަ އުފެއްދުމަށް ވަނީ ރޭވިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!