މަޝްހޫރު ސްނެޕްޗެޓް އެޕްލިކޭޝަންގެ ފަހަތުގައި ވާ ކުންފުނި ސްނެޕް އިން އާ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޓެކްނޮލޮޖީ ތައާރަފްކޮށްފިއެވެ.
އެ ޓެކްނޮލޮޖީ ބޭނުންކުރާ ފަރާތްތަކަށް އިތުރު ރިއަލިސްޓިކް އަދި ލައިފްލައިކް އޮގްމެންޓެޑް ރިއަލިޓީ (އޭއާރް) އިފެކްޓްސް ގެނެސްދޭނެ މިބަދަލަށް ބަލާއިރު، އޭއާރް އަކީ ފިލްޓަރު، އެނިމޭޝަން ނުވަތަ ތްރީޑީ އޮބްޖެކްޓް ފަދަ ޑިޖިޓަލް އެލިމެންޓްތައް ކެމެރާއެއް މެދުވެރިކޮށް ހަގީގީ ދުނިޔޭގެ މާހައުލުތަކަށް އޯވަލޭކުރާ ޓެކްނޮލޮޖީއެކެވެ.
ސްނެޕްޗެޓަކީ މި ދާއިރާގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ކުންފުންޏެއް ކަމަށްވާއިރު، މި ދާއިރާއިން ޔޫޒަރުންގެ ފޮޓޯތަކާއި ވީޑިއޯތަކަށް އެޕްލައި ކުރެވޭނެ މަޖާ އަދި ހިތްގައިމު އޭއާރް ފިލްޓަރުތަކާއި ލެންސްތައް ފޯރުކޮށްދެއެވެ.
އާ އޭއައި ޓޫލްތަކާއެކު ސްނެޕްގެ އަމާޒަކީ މި އޭއާރް ތަޖުރިބާތައް އިތުރު ހަރުފަތަކަށް ގެންދިއުމެވެ. ޑިޖިޓަލް އެލިމެންޓްތައް ހަގީގީ ދުނިޔެއާ މިހާރަށްވުރެ ގުދުރަތީ އަދި ރިއަލިސްޓިކް ގޮތެއްގައި މެދުކެނޑުމެއް ނެތި އިންޓަގްރޭޓް ކުރެވޭނެ އޭއައި ޕަވާޑް ލެންސްތައް ޑިވެލޮޕަރުންނަށް މިހާރު އުފެއްދޭނެ އެވެ.
މިސާލަކަށް ހަމައެކަނި މީހެއްގެ ބޮލުގައި ސްޓެޓިކް ހެޓެއް ބެހެއްޓުމުގެ ބަދަލުގައި، އާ އޭއައި ލެންސްތަކުން ހެޓް ހަރަކާތްކޮށް، މީހާގެ ހަރަކާތްތަކާއި ލައިޓިންގެ ހާލަތަށް އެޑްޖަސްޓްކޮށް، އެއީ ހަގީގީ، ޖިސްމާނީ އެއްޗެއް ހެން ހީވެއެވެ.
ސްނެޕްޗެޓާއި އެހެނިހެން އެޕްލިކޭޝަންތަކަށް އާޓިސްޓުންނާއި ޑިވެލޮޕަރުންނަށް އޭއާރް ފީޗާތައް އުފެއްދޭނެ ޕްލެޓްފޯމެއް ކަމަށްވާ ލެންސް ސްޓޫޑިއޯ ވެސް ސްނެޕް އިން ވަނީ އަޕްގްރޭޑްކޮށްފަ އެވެ. އާ ވާޝަންގައި އެޑްވާންސް އޭއައި ޓޫލްސް ހިމެނޭއިރު، އުފެއްދުމުގެ މަރުހަލާ ވަރަށް ބޮޑަށް ހަލުވިކޮށް، އިތުރަށް ކޮމްޕްލެކްސް އޭއާރް އިފެކްޓްސް އަށް މަގުފަހިކޮށްދެ އެވެ.
އެންމެ ހިތްގައިމު އެއް ފީޗާއަކީ ސުވާލުތަކަށް ޖަވާބު ދީ، ޑިވެލޮޕަރުންނަށް އިރުޝާދު ދެވޭނެ އޭއައި އެސިސްޓެންޓެކެވެ. އެހެން ޓޫލަކުން 3ޑީ މޮޑެލްތައް އުފެއްދުމުގެ ފުރުސަތު ފަހިކޮށްދެނީ ހަމައެކަނި ޕްރޮމްޕްޓެއް ޓައިޕްކޮށްގެން، ކޮމްޕްލެކްސް ތްރީޑީ މޮޑެލިންގެ ބޭނުން ސްކްރެޗުން ނައްތާލައިގެންނެވެ.
ސްނެޕްގެ ޗީފް ޓެކްނޮލޮޖީ އޮފިސަރު ބޮބީ މާފީ ވިދާޅުވި ގޮތުގައި މި ވަސީލަތްތަކުގެ ސަބަބުން އޭއާރް ޑިވެލޮޕަރުންނަށް "ކްރިއޭޓިވް ސްޕޭސް ސްޓްރެޗް" ވެގެންދާނެ ކަމަށާއި އަލަށް ތައާރަފުވާ ފަރާތްތަކަށް ވެސް ވަރަށް އަވަހަށް ތަފާތު ތަޖުރިބާތަކެއް އުފެއްދުމަށް ފަސޭހަވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މުސްތަގުބަލުގައި ސްނެޕް އިން އޭއައި ބޭނުންކޮށްގެން ފުލް ބޮޑީ އޭއާރު ގެ ތަޖުރިބާތައް އުފައްދަން ނިންމާފައިވާ އިރު، މުޅި ވާޗުއަލް އައުޓްފިޓްތައް ނުވަތަ ހަގީގީ ދުނިޔެއާ މެދުކެނޑުމެއްނެތި އެއްކޮށްލެވޭ މާހައުލެއް އުފައްދަން ވެސް ސްނެޕް އިން ވަނީ ނިންމައިފަ އެވެ.
މި ބޮޑު އަޕްގްރޭޑާއެކު ސްނެޕްޗެޓްގެ އަމާޒަކީ އެންމެ އެޑްވާންސް އަދި ހިތްގައިމު އޭއާރް ތަޖުރިބާތައް ބޭނުންކުރާ ފަރާތްތަކަށް ފޯރުކޮށްދިނުމުގެ ރޭހުގައި މެޓާ (ފޭސްބުކް) ފަދަ ވާދަވެރިންނަށް ވުރެ ކުރީގައި ތިބުމެވެ. އޭއައި ގެ ބޭނުން ހިފައިގެން ސްނެޕްގެ އުއްމީދަކީ އިނޮވޭޓިވް އަދި އިމަރސިވް އޭއާރް ކޮންޓެންޓާއެކު އެ ކުންފުނީގެ ޕްލެޓްފޯމަށް ގިނަ ފަރާތްތައް ޝައުގުވެރިކުރުވުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!