ޑެންމާކުގެ ބޮޑުވަޒީރު މެޓް ފްރެޑެރިކްސަންއަށް ހުކުރު ދުވަހު ކޯޕަންހޭގަންގައި ހަމަލާދީފި ކަމަށް އޭނާގެ އޮފީހުން ބުނެފިއެވެ.

ޑެންމާކުގެ ވެރިރަށް ކުލްޓޯވެޓްގައި ފްރެޑްރިކްސަންއަށް މީހަކު ހަމަލާދީފައިވަނީ އޭނާގެ ކައިރިއަށް ގޮސް އޭނައިގެ ގައިގައި ޖަހައިގެން ކަމަށް ޑެންމާކްގެ އެންވައިރެމެންޓް މިނިސްޓަރ މެގްނަސް ހިއުނިކް އެކްސްގައި ބުނެފައިވެއެވެ.

Ad
rt

އަދި އެ މާރާމާރީ އަކީ ހުތުރު އަދި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ސިފަކުރެއްވި އެވެ.

ކޯޕަންހޭގަން ފުލުހުން ވެސް އެކްސްގައި ކުރި ޕޯސްޓުން މިކަން ވަނީ ކަށަވަރުކޮށްދީފައެވެ.

މިހަމަލާގައި ބޮޑުވަޒީރަށް ލިބުނު އަނިޔާގެ ތަފްޞީލެއްވެސް ހާމަކޮށްފައެއް ނުވެއެވެ.

ފްރެޑްރިކްސަންއާ ގުޅޭ ހާދިސާއެއް ހިނގާފައިވަނީ ކުލްޓޯވެޓްގައި ކަމަށް ފުލުހުން ބުނެފައި ވީނަމަވެސް އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

ހަމަލާދިން މީހާ ހައްޔަރުކޮށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.