ޖޫން މަހު އަތޮޅު ދުވުން ކުޅެގެން ލީޑަރބޯޑުގެ އެއްވަނައިގައި ހިމެނޭ ފަރާތަށް އެލް މޮބައިލްގެ ފަރާތުން ނިންޓެންޑޯ ސްވިޗު އޯލެޑް މޮޑެލްއެއް ހުށައަޅާފައިފިއެވެ.
"އަތޮޅު ދުވުން" ގޭމަކީ، ހުރިހާ އުމުރުފުރާއަކަށް ބައިވެރިވެވޭ ގޮތަށް ދިވެހިރާއްޖޭގައި ތައްޔާރުކުރެވިފައިވާ ފުރަތަމަ އެންޑްލަސް ރަނަ ގޭމެވެ. އުރީދޫ މޯލްޑިވްސްގެ އެންމެ ފުރަތަމަ އިސްތިހާރު ކަމަށްވާ، "ހަސަނަށް ފޯނެއް"ގެ ދަތުރުގައި މިފަހަރު ރާއީ ދުވެފައި ދަނީ ރާއްޖޭގެ އުތުރުން ދެކުނަށް، ކޮންމެ މަހަކު ރާއްޖޭގެ އެއް ރަށަށް ނުވަތަ ލެވަލެއް އަންލޮކް ވެގެން ދާނެއެވެ.
ގޭމްގެ ޖޫން އަޕްޑޭޓް މިހާރު އެޕަލް އެޕްސްޓޯރުންނާއި ގޫގުލް ޕްލޭސްޓޯރުން ވެސް ލިބިގެންދާނެއެވެ.
އަތޮޅު ދުވުމުގެ ޖޫން މަހުގެ ޕާޓްނަރަކީ އެލް މޮބައިލެވެ. މި ޕާޓްނާޝިޕުގެ ދަށުން އުރީދުއާ ގުޅިގެން މިމަހުގެ ލީޑަބޯޑުގެ އެއްވަނައަށް ދާ ފަރާތަކަށް ނިންޓެންޑޯ ސްވިޗް އޯލެޑް މޮޑެލެއް ލިބިގެންދާނެ ކަމަށް އުރީދޫން ބުންޏެވެ.
ޖޫން މަހު އަތޮޅު ދުވުން ފެނިގެންދާނީ ތޮއްޑޫއެވެ. މިގޭމުގައި 12 ލެވެލް ހިމެނޭއިރު، ކޮންމެ މަހަކު އާލެވެލެއްގައި އާ ރަށަކަށް ދަތުރުކުރެވޭނެއެވެ. އަންލޮކް ވެގެންދާ ލެވެލް ކުޅެވޭނީ ހަމއެކަނި އެމަހަކުއެވެ.
ކަލަންޑަރުގައި ހިމެނޭ މަންޒަރުގައި ސިއްރު އާޓްވޯކެއް ހިމެނިފައިވާނެއެވެ. މި އާޓްވޯކް ގޭމްގެ ތެރެއިން ހޯދައިގެން ބޯނަސް ލެވެލްއެއް ކުޅުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މިއަހަރުގެ ކަލަންޑަރު އަދި ގޭމް ތައްޔާރުކުރައްވާފައިވަނީ ލޫޕްކްރާފްޓްގެ ހުނަރުވެރި ޓީމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!