ހދ. ނޮޅިވަރަމް ގައި ފަޔަރ އެވެއާނެސް ކުލާހެއް ކުރިއަށް ގެންގޮސްފި އެވެ.

މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑާއި، ހދ.ނޮޅިވަރަމް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ގުޅިގެން ނެވެ.

Ad
rt

އެ ރަށުން 22 މީހަކު ބައިވެރިވި މި ކުލާހުގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ހދ.ކުޅުދުއްފުށީ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުންނެވެ.

މިއަދު ކުރިއަށްގެންދިޔަ މި ކުލާހުގައި، އަލިފާން ރޯވާން މެދުވެރިވާ ސަބަބުތަކާއި، އަލިފާން ފެތުރޭ ގޮތްތަކާއި، އަލިފާން ނިއްވާނެ ގޮތުގެ އަސާސީ މަޢުލޫމާތާއި، އަލިފާންނިވިއާއި ފަޔަރ ބްލޭންކެޓް ބޭނުން ކުރާނެގޮތުގެ މުހިންމު މަޢުލޫމާތުތައް ކިޔައިދީފައިވެއެވެ.

މި ކުލާހުގައި ޢަމަލީ ގޮތުން އަލިފާން ނިއްވާނެ ގޮތް ދައްކައިދީ، އަލިފާން ނިއްވުމުގެ ހުނަރުތައް ވަނީ ދަސްކޮށްދީފައެވެ.