ކަސްޓަމަރުން ހުށަހަޅާ ޝަކުވާތަކަށް، ގިނަވެގެން 24 ގަޑިއިރުގެ ތެރޭގައި ޖަވާބު ދޭނެކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.

ސްޓެލްކޯއިން ބުނީ، ކަރަންޓް ބިލްތަކާ ގުޅޭ ޝަކުވާތައް ހުށަހަޅަން ހާއްސަކޮށްފައިވާ ހޮޓްލައިން ނަމްބަރު 7788438 މެދުވެރިކޮށް ވަޓްއެސްއެޕާއި ޓެލެގުރާގްމްގެ އިތުރުން މެއިލް މެދުވެރިކޮށް ވެސް ޝަކުވާ ފޮނުވޭނެ ކަމަށެވެ. އީމެއިލް އަކީ Billing@stelco.com.mv އެވެ.

Ad
rt

ސްޓެލްކޯއިން މިފަދައިން އެދިފައިވަނީ، އެ ކުންފުނިން އެންމެ ފަހުން ފޮނުވި ކަރަންޓު ބިލުތައް އާދަޔާ ޚިލާފަށް ބޮޑުވި މައްސަލައާއި ގުޅިގެން އާންމުންގެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރަމުންދަނިކޮށެވެ.

ކަރަންޓް ބިލް ކުޑަކުރުމަށްޓައި ކަރަންޓް އިގުތިސާދު ކުރަން ސްޓެލްކޯ އިން އަންނަނީ ތަކުރާރުކޮށް ނަސޭހަތްތެރިވަމުންނެވެ.