ކޮވިޑް 19 އާ ގުޅިގެން އެސްޓްރާ ޒެނެކާއިން އުފެއްދި ވެކްސިން އެކި ގައުމުތަކުން އަނބުރާ ނަގަން ފަށައިފިއެވެ.

ސައުދީ ގެޒެޓްގައި ބުނެފައިވާ ގޮތުން އެސްޓްރާ ޒެނެކާ ވެކްސިން އެކި ގައުމުތަކުން ނަގަން ފަށާފައިވަނީ އެ ވެކްސިންގެ ސަބަބުން ނުރައްކާތެރި އަދި މަދުން ނޫނީ ނުފެންނަ ސައިޑް އިފެކްޓްތައް ފެންނަތީއެވެ.

Ad
rt

އެހެން ބައެއް ނޫސްތަކުގައި ބުނެފައިވާ ގޮތުގައި ވެކްސިން އަނބުރާ ނަގަން އެ ކުންފުނިން ނިންމީ ޑިމާންޑް ކުޑަވުމުންނެވެ.

ކޮވިޑާ ގުޅިގެން ދުނިޔޭގެ މަޝްހޫރު ފާމަސޫޓިކަލް ކުންފުނިތަކުން ވެކްސިން އުފެއްދިއެވެ. އޭގެ ތެރެއިން އެންމެ ކާމިޔާބު އެއް ވެކްސިންގެ ގޮތުގައި އެސްޓްރާ ޒެނެކާ ވެގެންދިޔައެވެ.

ކޮވިޑުގެ ބަލިމަޑުކަމުން އަރައިގަތުމަށް ދުނިޔޭގެ އެކި ގައުމުތަކުގައި ވެކްސިން މަޖުބޫރު ކުރުމުގެ ސަބަބުން އެތައް ބަޔަކު ވަނީ ވެކްސި ޖަހާފައެވެ. މީގެ ތެރޭގައި އެސްޓްރާ ޒެނެކާ ވެސް ހިމެނެއެވެ.