ފުރަތަމަ ފަހަރަށް އެއް މަސް ދުވަހުގެ ތެރޭގައި ރާއްޖެއަށް 2 ލައްކަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން ނެރެފައިވާ ރިޕޯޓުތައް ދައްކާގޮތުން މިމަހުގެ 26ވަނަ ދުވަހުގެ ނިޔަލަށް 200،004 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރިއެވެ. މިއީ މިދިޔަ އަހަރުގެ ފެބްރުއަރީމަހުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ 166،762 ފަތުރުވެރިންނާއި އަޅާ ބަލާއިރު، 19.9 އިންސައްތަ އިތުރު އަދަދެކެވެ.

Ad
rt

ތަފާސްހިސާބުތަކުން ދައްކާގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 392،389 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންނާ އަޅާ ބަލާއިރު، 15.7 އިންސައްތަ އިތުރު އަދަދެކެވެ.

ރާއްޖެއަށް ފަތުުރުވެރިން އިތުރުވެފައިވަނީ މިއަހަރު ޗައިނާގެ ފަތުރުވެެރިންގެ އަދަދު އިތުރުވުމުންނެވެ. އެގޮތުން، މިހާރު އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރަނީ ޗައިނާއިންނެވެ.

އެ ގައުމުން މިއަހަރުގެ މިހާތަނަށް 52،702 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު ރަޝިއާ އިން 37،877 ފަތުރުވެރިން އަދި އިޓަލީން 37،393 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ.

ރެކޯޑު އަދަދަކަށް މިމަހުގެތެރޭ ރާއްޖެއަށް ފަތުރުވެރިން އައިސްފައިވާއިރު، މިމަހުގެ 10 ވަނަ ދުވަހު ރާއްޖެއަށް 10213 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ ރާއްޖޭގެ ތާރީޚުގައިވެސް އެއް ދުވަހުގެތެރޭ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާ ދުވަހެވެ.

ސަރުކާރުން އަންދާޒާ ކުރާގޮތުގައި މިއަހަރު ރާއްޖެއަށް 2 މިލިއަން ފަތުރުވެރިން ޒިޔާރަތް ކުރާނެއެވެ.