ފުވައްމުލަކު ސިޓީގެ މަގުތައް ހެދުމުގެ ދެވަނަ ފިޔަވަހީގެ އަަމަލީ މަސައްކަތް ފަށައިފިއެވެ.
މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ. އެމަނިކުފާނުގެ އަރިހުގައި ފުވައްމުލަކުގެ މޭޔަރާއި ކޮންސްޓްރަކްޝަން މިނިސްޓަރު އަދި އެމްޓީސީސީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި މަސައްކަރް ފަށައިފައިވަނީ ދެކުނުގެ އަތޮޅުތަކަށް ރައީސް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު ފުވައްމުލަކަށް ވަޑައިގެންނެވެ.
ފުވައްމުލަކު ސިޓީގެ އެތެރޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކޮށްދެއްވާނެ ކަމަށް ރައީސް ވަނީ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ފުވައްމުލަކަށް ވަޑައިގެން ވައުދުވެވަޑައިގެންފައެވެ.
ފުވައްމުލަކު މަގުތައް ހެދުމުގެ މަސައްކަތް ކުރަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެންނެވެ. އެގޮތުން އެ ރަށުގެ މަގު ހެދުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމުނު ދައުރުގައި ވަނީ ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!