ނ. ވެލިދޫ ޖޫނިއާ ކޮލެޖުގެ އިމާރާތް ކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެ ކުންފުނިން ބުނި ގޮތުގައި ވެލިދޫ ޖޫނިއަރ ކޮލެޖް އިމާރާތް ކުރުމުގެ މަޝްރޫޢުގެ ދަށުން، މިހާރު ކުރިއަށްދަނީ ކޮލަމް ކޮންކްރީޓް މަސައްކަތްތަކެވެ.

Ad
rt

މި މަޝްރޫއުގެ ދަށުން ލީން ކޮންކްރީޓާއި ޓައި ބީމް މަސައްކަތްތައް މިހާރު ވަނީ ނިމިފައިވާ ކަމަށް އެމްޓީސީސީން ވިދާޅުވިއެވެ.

މި މަޝްރޫއުގެ ދަށުން، 10,276 އަަކަ ފޫޓުގެ އެއް ފަންގިފިލާ ހިމެނޭ އިމާރާތެއް ހެދުމުގެ މަސައްކަތް ހިމެނެއެވެ. މި އިމާރާތުގެ ތެރޭގައި 2 ކްލާސް ރޫމާއި، 1 އައިސީޓީ ލެބާއި، 1 ލައިބްރަރީއާއި 2 ވޯރކްޝޮޕް އެޅުމުގެ މަސައްކަތް ހިމެނެއެވެ.

މިއީ 11.91 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.