އެސްޓީއޯއިން މިދިޔަ ނޮވެމްބަރު މަހު ފެށި ހެއްޔާ މަކިޓާ މުބާރާތުގެ މުއްދަތު އެ ކުންފުނިން އިތުރުކޮށްފިއެވެ.
އެ މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑި ހަމަވީ މިދިޔަ ބުރާސްފަތި ދުވަހަށެވެ. ނަމަވެސް އެސްޓީއޯ އިން މިއަދު ވަނީ މުބާރާތުގެ މުއްދަތު އަންނަ ފެބްރުއަރީ މަހުގެ 15 އާ ހަމައަށް އިތުރުކޮށްފައެވެ.
އެސްޓީއޯ އިން ބުނި ގޮތުގައި މުބާރާތުގެ މުއްދަތު އިތުރުކުރީ ބައިވެރިވާން ބޭނުންވާ މީހުނަށް އިތުރު ފުރުސަތެއް ދިނުމުގެ ގޮތުންނެވެ.
މި މުބާރާތުގައި މަކިޓާ ޕަވާޓޫލް ބޭނުންކޮށްގެން ދިވެހިންގެ ފަންނުވެރިކަން ދައްކާލުމަށް ފުރުސަތު ލިބިގެންދެއެވެ. އެގޮތުން މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގެ ބައިވެރިންނަށް ތަކެތި ފަރުމާކުރުމަށާއި ހުށަހެޅުމަށް އެއް މަސް ދުވަހުގެ މުއްދަތެއް ލިބޭނެއެވެ.
މުބާރާތުގެ އިނާމުތައް:
* 1 ވަނަ އިނާމު: 50،000 ރުފިޔާގެ އަގުހުރި މަކިޓާ ޓޫލްސް ލިބޭ ވައުޗަރު
* 2 ވަނަ އިނާމު: 30،000 ރުފިޔާގެ އަގުހުރި މަކިޓާ ޓޫލްސް ލިބޭ ވައުޗަރު
* 3 ވަނަ އިނާމު: 20،000 ރުފިޔާގެ އަގުހުރި މަކިޓާ ޓޫލްސް ލިބޭ ވައުޗަރު
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!