އުރީދޫ އިން ސެމްސަންގެ ފަހުގެ ފޯނުތައް ޕްރީއޯޑަރަށް ހުޅުވާލައިފިއެވެ.

ސެމްސަންގ ސީރީޒް އެސް24ގެ ފޯނުތަކަށް ޕްރީ އޯޑަރު ކުރުމުގެ ފުރުސަތު ހުޅުވާލީ ރޭ 12:00 ޖެހިއިރުން ފެށިގެންނެވެ. މި ސީރީޒްގެ ފޯނުތަކަށް އޯޑަރު ކުރުމުގެ ފުރުސަތު އަންނަ މަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ އެވެ.

Ad
rt

މި ފޯނުތަކަށް ޕްރީ އޯޑާ ކުރެވޭނީ އުރީދޫގެ އީ-ކޮމާސް ޕްލެޓްފޯމް މޫލީ މެދުވެރިކޮށެވެ. އެގޮތުން ގެލެކްސީ އެސް24 ސީރީޒްގައި ހިމެނޭ ގެލެކްސީ S24، ސެމްސަންގް ގެލެކްސީ S24 ޕްލަސް އަދި ސެމްސަންގް ގެލެކްސީ S24 އަލްޓްރާއަށް މިހާރު ޕްރީ އޯޑަރު ކުރެވޭނެއެވެ.

އުރީދޫން ބުނިގޮތުގައި މޫލީ މެދުވެރިކޮށް ފޯނަށް ޕްރީ އޯޑަރުކުރާ ކޮންމެ ކަސްޓަމަރަކަށް ސެމްސަންގް ގެލެކްސީ ގަޑިއަކާއި 100ޖީބީގެ ބޯނަސް ޑޭޓާ ލިބޭނެ ކަމަށެވެ. އަދި އެޑޯބީ ފޮޓޯޝޮޕް ލައިޓްރޫމްގެ ދެ މަހުގެ ޕްރީމިއަމް އޮފާއެއް ވެސް ލިބޭނެއެވެ.

މޫލީ މެދުވެރިކޮށް ފޯނަށް ޕްރީ އޯޑަރު ކުރާ ފުރަތަމަ 4 ކަސްޓަމަރުންނަށް 1000ރ. ގެ މޫލީ ވައުޗަރެއް ވެސް ލިބޭނެއެވެ.

އުރީދޫން ބުނީ އެންމެ ފަހުގެ ޓެކްނޮލޮޖީ އަދި ޑިވައިސްތައް ދިވެހިންނަށް ފޯރުކޮށްދިނުމަށް ސެމްސަންގް ފަދަ ކުންފުނިތަކާއެކު ވަރަށް ގާތުން މަސައްކަތް ކުރަމުން ދާ ކަމަށެވެ.