ގިނަ އަދަދެއްގެ ދިވެހިން ދަތުރު ކުރާ އިންޑިއާގެ ޓްރިވެންޑްރަމް އިންޓަނޭޝަނަލް އެއާޕޯޓުގައި “ ސައިލެންޓް އެއާޕޯޓް” ތައާރަފުކުރަން ނިންމައިފިއެވެ.

Ad
rt

އައިލެންޑް އޭވިއޭޝަނުން ބުނި ގޮތުގައި މި ގޮތަށް ބަދަލު ކުރަން ނިންމާފައިވަނީ 1 ޖެނުއަރީ 2024 އިން ފެށިގެން 31 މާޗު 2024 އާ ހަމައަށް ކަމަށެވެ.

ސައިލެންޓް އެއާޕޯޓު ތައާރަފު ކުރުމުން ބޯޑިން އެނައުންސްމަންޓް ފަދަ ބައެއް އެނައުންސްމަންޓް މުޅިން ހުއްޓާލާނެއެވެ. އަދި ދަތުރުވެރިންނަށް ހަމަހިމޭން މާހައުލެއް ގާއިމު ވެގެންދާނެއެވެ.

މިގޮތަށް ބަދަލު ގެނައި ނަމަވެސް ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ޕަބްލިކް އެޑްރެސް ސިސްޓަމްތަކުގެ ތެރެއިން ކުއްލި ހާލަތާ ގުޅުންހުރި ކޮންމެހެން ބޭނުންވާ މައުލޫމާތު ބްރޯޑްކާސްޓް ކުރާނެއެވެ.

މީގެ އިތުރުން ފަސިންޖަރުންނަށް މުހިންމު އަދި ބޯޑިންއާ ގުޅުންހުރި މައުލޫމާތު އެއާޕޯޓުގެ އެތެރެއާއި ބޭރުގައި ބަހައްޓާ ސްކްރީންތަކުގެ އެހީގައި ލިބޭނެއެވެ. އަދި ފަސިންޖަރުން ބޭނުންވާ އަޕްޑޭޓުތައް ފަސިންޖަރުންގެ ފޯނަށް ލިބޭނެއެވެ.