އާބަންކޯއާ ގުޅިގެން އާއްމުންގެ ޝަކުވާތައް ސީދާ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދަށް ހުށަހެޅޭ ގޮތް ހަދައިފިއެވެ.

އާބަންކޯއިން އަންނަނީ ހުޅުމާލޭގެ ބެލެނިވެރި ފަރާތެއްގެ ގޮތުގައި އޮވެ ގިނަ ހިދުމަތްތަކެއް އާއްމުންނަށާއި ވިޔަފާރިތަކަށް ފޯރުކޮށްދެމުންނެވެ. އެހެންކަމުން އެ ކުފުންޏާ ގުޅޭ ގޮތުން އާއްމުންގެ މެދުގައި އުފެދިފައިވާ ސުވާލުތަކާއި ޝަކުވާތަކަށް އަވަސް ހައްލެއް ހޯދައިދީ، ހާމަކަން ބޮޑު ގޮތެއްގައި ހިދުމަތްތައް ދިނުމުގެ ގޮތުން، އާސްކް އެމްޑީ މެދުވެރިކޮށް ސުވާލާއި ހިޔާލު އަދި ޝަކުވާ ސީދާ މެނޭޖިން ޑިރެކްޓަރަށް ހުށަހެޅޭނެ ގޮތް ހަދާފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.

Ad
rt

ފަޒުލްއަށް ސީދާ ސުވާލާއި ހިޔާލު އަދި ޝަކުވާ ފޮނުވަން ބޭނުންވާ ފަރާތްތަކަށް އެކަމަށް ހާއްސަ އީމެއިލް އެޑްރެހެއް މިހާރު ވަނީ ހަމަޖައްސާފައެވެ.

އެގޮތުން،askmd@urbanco.mv އަށް ކުރާ މެއިލްތަކަށް ސީދާ ފަޒުލް ޖަވާބުދާރީވެވަޑައިގަންނަވާނެކަމަށާއި މައްސަލަތަކާއި ހިޔާލުތަކަށް ހެޔޮ ގޮތްތަކެއް އޭނާ ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ދޭ ކަމަށް އާބަންކޯއިން ބުނެއެވެ.

މިހާރުވެސް ރައްޔިތުންނާއި ގުޅުން ހުރި ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާ އާބަންކޯގެ ހިންގުމަށް ބަދަލުތައް ގެނެސް، ހާމަކަން ބޮޑު ގޮތެއްގައި ރައްޔިތުންނަށް ފެންވަރު ރަނގަޅު ހިދުމަތެއް ދިނުމަށް މެނޭޖްމަންޓުން މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.